Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސް ސްޓޯރޭޖް ފެސިލިޓީގެ މަސައްކަތް

މަސް ސްޓޯރޭޖް ފެސިލިޓީގެ މަސައްކަތް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ނިމެނޭ: ފުވައްމުލަކުގެ މޭޔަރު

މަޝްރޫއު ނިމިގެން ދިޔުމާއެކު ރަށުގައި މަސް ގަނެ، ރައްކާކުރެވޭނެ ނިޒާމެއް ޤާއިމުކުރެވިގެންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 29 ޖުލައި 2023 | ހޮނިހިރު 08:42
ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރު އިސްމާއިލް ރަފީޤު

ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރު އިސްމާއިލް ރަފީޤު

މިފްކޯގެ މަސް ސްޓޯރޭޖް ފެސިލިޓީގެ މަސައްކަތް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ނިމެނޭ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރު އިސްމާއިލް ރަފީޤު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އިސްމާއިލް ވިދާޅުވީ މިފްކޯގެ މަސް ސްޓޯރޭޖް ފެސިލިޓީގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މަޝްރޫއުގެ މަސައްކަތް ނިމިގެންދާނެ ކަމަށެވެ. އޭރުން ރަށުގައި މަސް ގަނެ، ރައްކާކުރެވޭނެ ނިޒާމެއް ޤާއިމުކުރެވިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދަނީ މިފްކޯ އިންނެވެ. މަޝްރޫއު ނިމޭއިރު "ފިޝް ކަލެކްޝަން ސެންޓަރު" ގައި ޕެކިންގ ރޫމަކާއި ކޯލްޑް ރޫމެއްގެ އިތުރުން އޮފީހެއް ވެސް ހުންނާނެއެވެ.

މީގެ އިތުރުން ފުވައްމުލަކު ސިޓީގެ މަގުހެދުމުގެ މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން އިސްމާއިލް ވިދާޅުވީ ފޭސް 1 ގެ 90 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން، ފުވައްމުލަކުގެ އެތެރޭގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން 12.7 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާނެއެވެ. އަދި ފެން ހިންދާ ނިޒާމު ގާއިމްކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި އެއްބަސްވުމުގެ ދަށުން ކުރާނެއެވެ.

ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 730 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، 255،211،824.60 (ދުއިސައްތަ ފަންސާސް ފަސް މިލިއަން ދެ ލައްކަ އެގާރަ ހާސް އަށްސަތޭކަ ސައުވީސް ރުފިޔާ، ފަސްދޮޅަސް ލާރި)އަށެވެ

ފުވައްލައް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްވެސް ސަރުކާރުން ހަވާލުކުރީ އެމްޓީސީސީއާއެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން 35 މަގެއްގައި 18.5 ކިލޯމީޓަރުގެ ތާރު އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 331.05 މިލިއަން ރުފިޔާއަށެވެ. މީގެއިތުރުން ފުވައްމުލަކުގައި މިވަގުތު ދެ މިސްކިތް ބިނާކުރުމާއި ޤުރުއާނާއި ބެހޭ މަރުކަޒުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު