Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިލެއްފަހި ބަނދަރު އަޕްގްރޭޑް ކުރުން

ބިލެއްފަހި ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމިއްޖެ

29 ޖުލައި 2023 | ހޮނިހިރު 07:40

މި މަޝްރޫއަށް 28.42 މިލިއަން ރުފިޔާ ހޭދަވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 29 ޖުލައި 2023 | ހޮނިހިރު 07:40
ށ.ބިލެއްފަހި ބަނދަރު

ށ.ބިލެއްފަހި ބަނދަރު

ށ. ބިލެއްފަހި ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެރަށުގައި މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ ތެރެއިން، ކީވޯލް، ބްރޭކްވޯޓަރ، ޑްރިޖް، ޕޭމަންޓާއި، ބޮކި ޖެހުމުގެ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ.

މިހާރު ކުރެވެމުންދާ މަސައްކަތްތަކަށް އިޝާރަތްކުރައްވައި އާޒިމް ވިދާޅުވީ ބަނދަރުގެ ނެރު ހެދުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން އާޒިމް ވިދާޅުވީ ބަނދަރުގެ ބިއްދަށު ތޮށީގައި ޖެޓީ ހެދުމުގެ މަސައްކަތް ކުރުމަށް ހުއްދަ ލިބިފައިވާ ކަމަށާއި، ދާދި އަވަހަށް އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި ބޯޓު ބީޗް އޭރިއާ ފުންކުރުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައިވާއިރު، އެމަސައްކަތް ވެސް ކުރިއަށް އޮތްތަނުގައި ކުރާނެކަމަށް އާޒިމް ވިދާޅުވިއެވެ.

މިމަޝްރޫއުގެ ދަށުން 24،125 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށްފައިވާއިރު، 376 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލާފައިވެއެވެ. އަދި 98 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމުގެ އިތުރަށް 1،150 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދާފައިވެއެވެ.

އާޒިމް ވިދާޅުވީ އެމްޓީސީސީން ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދަނީ މުސްތަގުބަލަށް ނަފާ ލިބޭ ގޮތަށް ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ގޮތަށް މަޝްވަރާގެ ތެރެއިންކަން އާޒިމް ފާހަގަކުރެއްވިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 28.42 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް