Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކާލޯ އަންޗެލޮޓީ

އެމްބާޕޭއާ ގުޅޭ ގޮތުން ސުވާލު ކުރިޔަސް ހެޔޮ، ޖަވާބެއް ނުދޭނަން: އަންޗެލޮޓީ

އެހެން ކުލަބެއްގެ އެއްބަސްވުމެއްގައި ހުރި ކުޅުންތެރިޔެއްގެ ވާހަކަ ދެއްކުމަކީ މަސްލަހަތަށް ބަލާއިރު ވެސް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ބުނި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ޖުލައި 2023 | ހޮނިހިރު 02:47
ރެއާލްގެ ކޯޗު އަންޗެލޮޓީ އަދި އެމްބާޕޭ

ރެއާލްގެ ކޯޗު އަންޗެލޮޓީ އަދި އެމްބާޕޭ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭއާ ގުޅޭ ގޮތުން ސުވާލު ކުރި ނަމަވެސް، ޖަވާބު ނުދޭނެ ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

އެއްބަސްވުން އައު ކުރުމަށް ދެކޮޅު ހެދުމުން އެމްބާޕޭއާ ޕީއެސްޖީއާ ދެމެދު ވަނީ މައްސަލަ ޖެހިފަ އެވެ. އެކަމުގެ ތެރެއިން ޕީއެސްޖީގެ ރައީސް ނާސިރު އެލް ޚެއްލާފީ ވިދާޅުވީ، ކުރިއަށް އޮތް ސީޒަނުގައި އެ ކުލަބަށް ކުޅެން ބޭނުންވާނަމަ، އެމްބާޕޭ އަށް ޖެހޭނީ އެއްބަސްވުން އައު ކުރާށެވެ. އެހެން ނޫންނަމަ، މިހާރުގެ އެއްބަސްވުމުގެ މުއްދަތު ހަަމަވުމުގެ ކުރިން އެހެން ކުލަބެއް ހޯދުމަށް ވެސް ވަނީ އެދިފަ އެވެ. ޕީއެސްޖީ އާއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެެވެ. އެހެންކަމުން އޭނާ ބޭނުންވަނީ އެއްބަސްވުން ހަމަވުމުން ކުލަބު ދޫކޮށްލުމަށެވެ. ނަމަވެސް ހިލޭ ޓްރާންސްފާއެއްގައި އެމްބާޕޭ ދޫކޮށްލަން ޖެހުމަކީ ޕީއެސްޖީ އަށް ބޮޑު ގެއްލުމަކަށްވާއިރު، ކުލަބުން އެ ގޮތެއް ބޭނުމެއް ނުވެއެވެ.

އެމްބާޕޭ ރެއާލަށް ގުޅެން އުޅޭ ކަމުގެ އަޑުތައް ފެތުރެމުން ދަނިކޮށް ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެމުން އަންޗެލޮޓީ ބުނީ، އެމްބާޕޭގެ ސުވާލު ކުރިޔަސް އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް އޭގެ ސުވާލަކަށް ޖަވާބު ނުދޭނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަންޗެލޮޓީ ބުނީ އެހެން ކުލަބެއްގެ އެއްބަސްވުމެއްގައި ހުރި ކުޅުންތެރިޔެއްގެ ވާހަކަ ދެއްކުމަކީ މަސްލަހަތަށް ބަލާއިރު ވެސް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. މިވަގުތު އޮތް ސްކޮޑާމެދު ހިތްހަމަ ޖެހޭކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ، ހުރިހާ ވިސްނުމެއް ހުރީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމަށެވެ.

މީގެ ކުރިން ވެސް އެމްބާޕޭ ވަނީ ރެއާލަށް ބަދަލުވާން މަޝްވަރާތައް ކޮށްފަ އެވެ. ނަމަވެސް ފަހު ވަގުތު ޕީއެސްޖީން ލިބުނު ބޮޑު ހުށަހެޅުމާއެކު އޭނާ ވަނީ އެ ކުލަބުގެ އެއްބަސްވުން އައު ކޮށްފަ އެވެ. އެމްބާޕޭ ޕީއެސްޖީގައި ހުންނަން ބޭނުންނުވާ ކަމުގެ އަޑުތައް ގަދަވި ވަގުތެއްގައި ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވީ އެ ކުލަބުން އެމްބާޕޭ ގެންނާނެ ކަމަށެވެ. ނަމަވެސް އެއީ މިއަހަރުގައި ނޫން ކަމަށް އޭރު އޭނާ ވަނީ ވިދާޅުވެފަ އެވެ.

އިތުރަށް ކިޔާލަން

26 އެޕްރީލު 2017

ޔުނައިޓެޑް ޖޯޒީގައި އިބްރާހިމޮވިޗް ފެންނާނެކަމާ މެދު ސުވާލު އުފެދިއްޖެ

26 އެޕްރީލު 2017
ޔުނައިޓެޑް ޖޯޒީގައި އިބްރާހިމޮވިޗް ފެންނާނެކަމާ މެދު ސުވާލު އުފެދިއްޖެ
13 އެޕްރީލު 2017

އެލްކްލެސިކޯ މެޗަށް ބޭލް ފިޓްވާނެ ކަމާ މެދު ސުވާލު އުފެދިއްޖެ

13 އެޕްރީލު 2017
އެލްކްލެސިކޯ މެޗަށް ބޭލް ފިޓްވާނެ ކަމާ މެދު ސުވާލު އުފެދިއްޖެ
10 އެޕްރީލު 2017

އެލްކްލެސިކޯގައި ނޭމާއަށް ކުޅެވޭނެ ކަމާމެދު ސުވާލު އެފެދިފައި

10 އެޕްރީލު 2017
އެލްކްލެސިކޯގައި ނޭމާއަށް ކުޅެވޭނެ ކަމާމެދު ސުވާލު އެފެދިފައި
03 އެޕްރީލު 2017

ލޫކް ޝޯގެ ކޮމިޓްމެންޓާ މެދު މޮރީނިއޯ ސުވާލު އުފައްދައިފި

03 އެޕްރީލު 2017
ލޫކް ޝޯގެ ކޮމިޓްމެންޓާ މެދު މޮރީނިއޯ ސުވާލު އުފައްދައިފި
15 މާރިޗު 2017

ޗެމްޕިއަންސް ލީގު: ސެވިއްޔާ ސިއްސުވާލުމަށް ފަހު ލެސްޓާ ކުއާޓާ އަށް

15 މާރިޗު 2017
ޗެމްޕިއަންސް ލީގު: ސެވިއްޔާ ސިއްސުވާލުމަށް ފަހު ލެސްޓާ ކުއާޓާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު