Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއަރ ލީގު

ކޮންމެ މެޗަކަށްވެސް ނިކުންނާނީ އިދިކޮޅު ޓީމަކީ އެންމެ މޮޅު ޓީމު ކަމަށް ދެކިގެން: މިލޯ

ހޮނިހިރު ދުވަހު މާޒިޔާ ނިކުންނާނީ ތާވަލުގެ ފުލުގައި އޮތް ވެލެންސިއާ އާ ދެކޮޅަށް

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 28 ޖުލައި 2023 | ހުކުރު 12:45
މާޒިޔާ ކޯޗް

މާޒިޔާ ކޯޗް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކޮންމެ މެޗަކަށްވެސް ނިކުންނާނީ އިދިކޮޅު ޓީމަކީ އެންމެ މޮޅު ޓީމުކަމަށް ދެކިގެން ކަމަށް އެ ޓީމުގެ ކޯޗު މިލޮމީރް ސެސްލިޖާ (މިލޯ) ބުނެފިއެވެ.

ކްލަބް ވެލެންސިއާ އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މިލޯ ބުނީ، ތާވަލުގެ ފުލުގައި ވެލެންސިއާ އޮތްނަމަވެސް، އެ ޓީމާ ދެކޮޅަށް ކުޅޭނީ އެންމެ މޮޅު ޓިމުކަމަށް ދެކިގެން ކަމަށެވެ. އެފަދަ ޓީމަކާ ދެކޮޅަށް ފަސޭހަކޮށްފިނަމަ، ފަހުން އީގަލްސް ފަދަ ޓީމަކާ ދެކޮޅަށް ކުޅެން އުނދަގު ވާނެކަމަށް އޭނާ ބުންޏެވެ.

މިލޯ ވަނީ ވެލެންސިއާގެ ޒުވާން ޓީމަށްވެސް ތައުރީފްކޮށްފައެވެ. އޭނާ ބުނީ ވެލެންސިއާގައި ކުޅޭ ޒުވާން ކުޅުންތެރިންނަކީ ވަރަށް ހުނަރުވެރި ކުޅުންތެރިންތަކެއް ކަމަށެވެ. އަދި އެ ކުޅުންތެރިންނަކީ މި ގައުމުގެ މުސްތަގުބަލު ކަމަށްވެސް އޭނާ ބުންޏެވެ. މިލޯ އިތުރަށް ބުނީ، މިހާރު އެ ޓީމު ބަލިވިނަމަވެސް، ކުރިޔަށް އޮތްތަނުގައި ރަނގަޅުވާނެ ކަމަށެވެ.

މިލޯ ބުނީ މާޒިޔާ އަބަދުވެސް މަސައްކަތް ކުރާނީ މެޗަކަށްވުރެ މެޗެއް ރަނގަޅު ކުރުމަށް ކަމަށެވެ. ޓީމުގައި ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ތިބިނަމަވެސް، އަދިވެސް އެ ކުޅުންތެރިންގެ އެންމެ މޮޅު ކުޅުން ނުފެންނަ ކަމަށެވެ. އަދި ދަނޑުމަތީގައި ގިނައިން ވާހަކަ ދައްކައިގެން ބޮޑަށް އޯގަނައިޒް ކުރެވޭނެކަމަށް އޭނާ ބުންޏެވެ. މީގެއިތުރުން މިލޯ ބުނީ، މިހާރު ބޮޑަށް މަސައްކަތް ކުރަނީ ވަކިވަކި ކުޅުންތެރިންނަށް ހެދޭ ގޯސްތައް ރަނގަޅު ކުރުވަން ކަމަށެވެ. އަދި މިފަދަ ގޯސްތައް ގިނަވާވަރަކަށް، ޓީމަށް ލިބޭ ގެއްލުން ބޮޑުވާނެކަމަށް އޭނާ ބުންޏެވެ.

ދިވެހި ޕްރިމިއަރ ލީގުގައި ކޮންމެ ޓީމެއްވެސް ފަސް މެޗު ކުޅެފައިވާއިރު، މާޒިޔާ އެއްވަނައިގައި އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 15 ޕޮއިންޓާއެކުއެވެ. މި ސީޒަނުގައި މިހާތަނަށް ޕޮއިންޓެއް ނުލިބޭ ހަމައެކަނި ޓީމަކީ ވެލެންސިއާ އެވެ. މި ދެ ޓީމު ބައްދަލުކުރާ މެޗު ކުޅޭނީ ހޮނިހިރު ދުވަހު ހަވީރު 16:00 ގައެވެ.

އިތުރަށް ކިޔާލަން

20 ޖޫން 2017

ޕާކިސްތާން ކްރިކެޓް ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް އެއް ކަރޯޑް ރުޕީސް ދެއްވަން ބޮޑުވަޒީރު ނިންމަވައިފި

20 ޖޫން 2017
ޕާކިސްތާން ކްރިކެޓް ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް އެއް ކަރޯޑް ރުޕީސް ދެއްވަން ބޮޑުވަޒީރު ނިންމަވައިފި
18 މެއި 2017

އަހަރެން އަބަދުވެސް ނިކުންނާނީ މެޗުން މޮޅުވާން: ޓަވަރޭޒް

18 މެއި 2017
އަހަރެން އަބަދުވެސް ނިކުންނާނީ މެޗުން މޮޅުވާން: ޓަވަރޭޒް
16 މެއި 2017

އަބަހާނީ މެޗު ކޮންމެހެން ހަދާފަވެސް ކާމިޔާބުކުރުން ވަރަށް މުހިންމު: ސެކުލޮވްސްކީ

16 މެއި 2017
އަބަހާނީ މެޗު ކޮންމެހެން ހަދާފަވެސް ކާމިޔާބުކުރުން ވަރަށް މުހިންމު: ސެކުލޮވްސްކީ
24 އެޕްރީލު 2017

ފުޓުބޯޅަ އަކީ ފާޑެއްގެ އެއްޗެއް، ކޮންމެ ފަދަ ނަތީޖާއެއްވެސް ނިކުމެދާނެ: ސާންތި

24 އެޕްރީލު 2017
ފުޓުބޯޅަ އަކީ ފާޑެއްގެ އެއްޗެއް، ކޮންމެ ފަދަ ނަތީޖާއެއްވެސް ނިކުމެދާނެ: ސާންތި
22 އެޕްރީލު 2017

އީގަލްސް އާއި ދެކޮޅަށް ކުޅޭ މެޗަށް ނިކުންނާނީ ފައިނަލެއްގެ ގޮތުގައި ދެކިގެން: ސޮބާ

22 އެޕްރީލު 2017
އީގަލްސް އާއި ދެކޮޅަށް ކުޅޭ މެޗަށް ނިކުންނާނީ ފައިނަލެއްގެ ގޮތުގައި ދެކިގެން: ސޮބާ
11 އެޕްރީލު 2017

ރާއްޖޭގައި ކުޅެން އަދި ހުށައެއްނާޅާ، ކޮންމެ ކުޅުންތެރިޔަކުވެސް މިތާ ކުޅޭ ހިތްވާނެ: ޗެތްރީ

11 އެޕްރީލު 2017
  ރާއްޖޭގައި ކުޅެން އަދި ހުށައެއްނާޅާ، ކޮންމެ ކުޅުންތެރިޔަކުވެސް މިތާ ކުޅޭ ހިތްވާނެ: ޗެތްރީ
28 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން

28 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން
25 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

25 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް
15 ފެބުރުއަރީ 2017

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ
12 ފެބުރުއަރީ 2017

މުބާރާތެއް ކާމިޔާބުކުރަން ނުކުތް ހަމައެކަނި ޓީމަކީ އެމްޕީއެލް: ސޮފީ

12 ފެބުރުއަރީ 2017
މުބާރާތެއް ކާމިޔާބުކުރަން ނުކުތް ހަމައެކަނި ޓީމަކީ އެމްޕީއެލް: ސޮފީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު