Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭއެފްސީ ކަޕް

އަބަހާނީ މެޗު ކޮންމެހެން ހަދާފަވެސް ކާމިޔާބުކުރުން ވަރަށް މުހިންމު: ސެކުލޮވްސްކީ

މާޒިޔާ އޮތީ ނުވަ ޕޮއިންޓާއެކު ގްރޫޕް އީގެ ދެވަނައިގައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 16 މެއި 2017 | އަންގާރަ 17:34
މާޒިޔާގެ ކޯޗު ސެކުލޮވްސްކީ (ވ) އަދި މާޒިޔާ ކެޕްޓަން އަސަދުﷲ އަބްދުﷲ (ވ)

މާޒިޔާގެ ކޯޗު ސެކުލޮވްސްކީ (ވ) އަދި މާޒިޔާ ކެޕްޓަން އަސަދުﷲ އަބްދުﷲ (ވ)

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ޑާކާ އަބަހާނީއާ ދެކޮޅަށް މާޒިޔާ ކުޅޭ މެޗުން ކޮންމެހެން ހަދާފަވެސް މާޒިޔާ މޮޅުވުން މުހިންމުކަމަށް އެޓީމުގެ ކޯޗު ސެކުލޮވްސްކީ ބުނެފި އެވެ.

މެޗުގެ ކުރިން ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސެކުލޮވްސްކީ ބުނީ ބުދަ ދުވަހު އަބާނީއާ ދެކޮޅަށް މާޒިޔާ ނިކުންނަ މެޗަކީ އެޓީމު ވޭތުވެ ދިޔަ 30 ދުވަހު ތެރޭގައި ކުޅޭ 8 ވަނަ މެޗު ކަމަށާއި، އެހެންނަމަވެސް އަބާނީ މެޗު ހުރިހާ ގޮތަކުން ބަލާއިރުވެސް ވަރަށް މުހިންމު ކަމަށެވެ. އެގޮތުން ސެކުލޮވްސްކީ ބުނީ ހުރިހާ ކުޅުންތެރިންވެސް ތިބީ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށާއި، އެހެން އެއްވެސް މެޗެއްގައި ނުދައްކާ މޮޅު ކުޅުން އަބާނީ މެޗުގައި ދައްކާ މެޗު ކާމިޔާބުކުރަން އަމާޒު ހިފަންޖެހޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މީގެއިތުރުން ސެކުލޮވްސްކީ ބުނީ ދެވަނަ ބުރަށް ދިޔުމަށް މާޒިޔާ އިން ކުރަން ޖެހޭ މަސައްކަތް ހަގީގަތުގައި ފެށޭނީ އަބާނީއާ ދެކޮޅާށް ބުދަ ދުވަހު ކުޅޭ މެޗުން ކަމަށާއި، ކުޅުންތެރިންނަށް ފުރިހަމައަށް އިތުބާރު ކުރާ ކަމަށެވެ. އެގޮތުން އޭނާ ބުނީ ކައިރިކައިރީގައި މެޗުތައް ކުޅެން ޖެހުމުންވެސް ކުޅުންތެރިން ވަރަށް ހިތްވަރާއެކު މަސައްކަތްކޮށް މޮޅުވުމަށް އަބަދުވެސް މަސައްކަތްކުރާ ކަމަށާއި، އެގޮތުން ޓީމުގެ ހުރިހާ ކުޅުންތެރިންދެކެވެސް ފަހުރުވެރިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކައިރިކައިރީގައި މެޗުތައް ކުޅެން ޖެހުމުން ފައިދާތަކެއްވެސް ލިބޭކަން ފާހަގަކުރަމުން ސެކުލޮވްސްކީ ބުނީ އޭނާ ޓީމާ ހަވާލުވިއިރާ ބަލާއިރު، ޓީމުގެ ގިނަ ކުޅުންތެރިން އަންނަނީ ކުރިއެރުން ހޯދަމުން ކަމަށާއި، ޓީމްވޯކްވެސް ވަރަށް ރަނގަޅު ކަމަށެވެ.

އޭއެފްސީކަޕްގައި މާޒިޔާ ހިމެނޭ ގްރޫޕަށް ބަލާއިރު، އެޓީމު އޮތީ ނުވަ ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގަ އެވެ. އެޓީމު މުބާރާތުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ ބަލިވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު