Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާލޭ ލީގު

އީގަލްސް އާއި ދެކޮޅަށް ކުޅޭ މެޗަށް ނިކުންނާނީ ފައިނަލެއްގެ ގޮތުގައި ދެކިގެން: ސޮބާ

ލީގުގައި މި ދެޓީމުވެސް އޮތީ ޕޮއިންޓުގެ ގޮތުން ހަމަހަމަ ވެފައި

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 22 އެޕްރީލު 2017 | ހޮނިހިރު 16:39
މާލެ ލީގުގައި ގްރީން ސްޓްރީޓް ކުޅުނު މެޗެއްގެ ތެރެއިން

މާލެ ލީގުގައި ގްރީން ސްޓްރީޓް ކުޅުނު މެޗެއްގެ ތެރެއިން

އެސްޓީއޯ މާލެ ލީގުގައި އާދިއްތަ ދުވަހު އީގަލްސް އާއި ދެކޮޅަށް ކުޅޭ މެޗަށް ނިކުންނާނީ ފައިނަލެއްގެ ގޮތުގައި ދެކިގެން ކަމަށް ގްރީން ސްޓްރީޓުގެ ކޯޗް ސޮބާހް މުހަންމަދު (ސޮބާ) ބުނެފިއެވެ.

ހޮނިހިރު ދުވަހު އެފްއޭއެމް ހައުސްގައި ބޭއްވި ޕްރީ މެޗް ޕްރެސްގައި ވާހަކަ ދައްކަމުން ސޮބާ ބުނީ، އަމާޒަކީ އީގަލްސް އަތުން 3 ޕޮއިންޓު ހޯދުން ކަމަށާ، ލީގުގައި ކޮންމެ މެޗަކީވެސް ގްރީން ސްޓްރީޓަށް ފަސޭހަކޮށް ލެވޭނެ މެޗެއް ނޫން ކަމަށެވެ. އެގޮތުން ލީގުގައި އެޓީމުގެ އަމާޒު ކަމަށްވާ، ދަގަ 4 ގެ ޖާގަ ކަށަވަރު ކުރުމަށްޓަކައި އީގަލްސް އަދި ޓީސީ އަތުންވެސް މަދުވެގެން ޕޮއިންޓެއް ހޯދުން ވަރަށް މުހިންމު ކަމަށް ސޮބާ ބުންޏެވެ. އެގޮތުން އީގަލްސް އާއި ދެކޮޅަށް ކުޅޭ މެޗުގައި ފުރަތަމަ ސިކުންތުން ފަށައިގެން ފަހު ސިކުންތާ ޖެހެންދެންވެސް އެއްވެސް ވަރެއްގެ ދުލެއް ނުދޭނެ ކަމަށް ސޮބާ ވަނީ ބުނެފައެވެ.

ސޮބާ ވަނީ، އީގަލްސްގެ ކޮޗު ސާންތި އެޓީމާއެކު 5 އަހަރު ހޭދަކޮށްފައި ވުމުން އެއީ އެޓީމަށާއި އޭނާއަށް ލިބޭނެ ފައިދާއެއް ކަމަށް ފާހަގަ ކޮށްފައެވެ. އެއާ ހިލާފަށް ގްރީން ސްޓްރީޓާއެކު މާގިނަ ދުވަސްތަކެއް ސޮބާއަށް އޭދަ ކުރެވިފައި ނެތުމާއި، ޓީމުގައި އޮތީ ވަރަށް އާދައިގެ ސްކޮޑެއްކަމުން އީގަލްސް އާއި ދެކޮޅަށް ކުޅޭ މެޗު އެއްގޮތަކަށްވެސް ފަސޭހަ ނުވާނެ ކަމަށް ސޮބާ ވަނީ ބުނެފަ އެވެ.

އިތުރަށް ވާހަކަ ދައްކަމުން ސޮބާ ބުނީ މި މެޗަކީ ހުރިހާ ގޮތަކުންވެސް އޭނާއަށް ވަރަށް ހާއްސަ މެޗެއް ކަމަށާއި، އޭނާގެ ކޯޗިން ކެރިއަރުގައި ސާންތި އާއި ދެކޮޅަށް މުހިންމު މެޗެއްގައި ނިކުންނަން ޖެހުމުން އުފާކުރާ ކަމަށެވެ. ސޮބާ ބުނީ އޭނާގެ ފުޓުބޯޅަ ކެރިއަރުގައި އެންމެ ފުރަތަމަ ހާސިލު ކުރެވުނު ކާމިޔާބީތަކުގެ ފަހަތުގައިވެސް ސާންތި ކޯޗުގެ ހިއްސާ ވަރަށް ބޮޑު ކަމަށާ އެހެންކަމުން މި މެޗަކީ އޭނާއަށް ވަރަށް ހާއްސަ މެޗަކަށް ވެގެން ދާނެ ކަމަށެވެ.

ސޮބާ ބުނެފައިވަނީ އީގަލްސް އަކީ ހުރިހާ ގޮތަކުންވެސް އޭނައާ ގުޅިފައިވާ ޓީމެއް ކަމަށާއި، ޓޮޕް ލެވެލް ފުޓުބޯޅަ އަށް އޭނާ ނިކުތް ތަނަކީ އެއީ ކަމަށެވެ. އަދި އެހެން ޓީމުތަކަށް އޭނާ ފެނިގެން ދިޔަ ތަނަކީ އީގަލްސް ކަމާށާ އެހެންކަމުން އިދިކޮޅު ޓީމެއް ގޮތުގައި އީގަލްސް އޮތްކަމުގައި ވިޔަސް އަބަދުވެސް އޭނާ އީގަލްސްއަށް އިހުތިރާމު ކުރާނެ ކަމަށް ސޮބާ ބުންޏެވެ.

މާލެ ލީގު ތާވަލަށް ބަލާއިރު އީގަލްސް އާއި ގްރީން ސްޓްރީޓްވެސް އޮތީ ޕޮއިންޓުގެ ގޮތުން ހަމަހަމަ ކޮށެވެ. ލީގުގައި މިހާތަނަށް މި ދެޓީމުވެސް 4 މެޗު ކުޅެފައި ވާއިރު ދެޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ. ނަމަވެސް ފައިދާ ގޯލުގެ ތަފާތުން އީގަލްސް އޮތީ ތާވަލުގެ 4 ވަނައިގައެވެ. ގްރީން ސްޓްރީޓަށް ލިބެނީ 5 ވަނައެވެ. އެހެންކަމުން ގަދަ 4 ހޯދުމަށް މަސައްކަތް ކުރަމުން އަންނަ މި ދެޓީމަށްވެސް އާދިއްތަ ދުވަހުގެ މެޗު ވަރަށް މުހިންމު ވެގެން ދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު