Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޯމާ

ލޯނު އެއްބަސްވުމެއްގެ ދަށުން ރެނާޓޯ ސަންޗޭޒް ހޯދުމަށް ރޯމާ އިން މަސައްކަތް ކުރަނީ

އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ ހޯދުމަށް ރޯމާ އިން ބޭނުންވަނީ އެ ކުލަބުގެ ކޯޗު ހޯޒޭ މޮރީނިއޯގެ އެދުމުގެ މަތިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ޖުލައި 2023 | ބުރާސްފަތި 09:06
ޕީއެސްޖީ އަށް ކުޅެމުން އަންނަ ރެނާޓޯ ސަންޗޭޒް

ޕީއެސްޖީ އަށް ކުޅެމުން އަންނަ ރެނާޓޯ ސަންޗޭޒް

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ މިޑްފީލްޑަރު ރެނާޓޯ ސަންޗޭޒް، ލޯނު އެއްބަސްވުމެއްގެ ދަށުން ހޯދުމުގެ މަސައްކަތް ރޯމާ އިން ކުރަމުން އަންނަ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ ހޯދުމަށް ރޯމާ އިން ބޭނުންވަނީ އެ ކުލަބުގެ ކޯޗު ހޯޒޭ މޮރީނިއޯގެ އެދުމުގެ މަތިންނެވެ. ސަންޗޭޒް އަކީ މޮރީނިއޯ ވަރަށް ގަޔާވާ ކުޅުންތެރިޔަކަށްވާއިރު، އޭނާ ހޯދުމުގެ މަޝްވަރާތައް އެކުލަބުން އަންނަނީ ޕީއެސްޖީ އާއެކު ކުރަމުންނެވެ. މިދިޔަ ހަފްތާ އިން ފެށިގެން ޕީއެސްޖީ އާއެކު ކުރަމުން އަންނަ މަޝްވަރާތަކުން، ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާ ދޫކުރުމުގެ އުންމީދު ރޯމާ އަށް އޮތް ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ. ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި މަޝްވަރާތަކަށްފަހު ވަކި ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ.

ލީލް ދޫކޮށް ސަންޗޭޒް ޕީއެސްޖީ އަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ އެކުލަބަށް ކުޅެދިން 27 މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ. ބެންފީކާ އިން ސީނިއާ ކެރިއަރު ފެށި ސަންޗޭޒް ވަނީ މިހާތަނަށް ބަޔާން މިއުނިކް އަދި ސްވަންސިއާ ސިޓީ އަށް ވެސް ކުޅެފަ އެވެ. ޕޯޗުގަލް ޤައުމީ ޓީމުން އޭނާ އަށް ޖާގަ ލިބުނީ 2016 ވަނަ އަހަރު އެވެ. އެ އަހަރު އޮތް ޔޫރޯ މުބާރާތުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައި، މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑު ހޯދައިފަ އެވެ.

އިތުރަށް ކިޔާލަން

25 މެއި 2017

ރެނާޓޯ ސަންޗޭޒް ހޯދުމުގެ ރޭހުގައި ޔުވަންޓަސް ބައިވެރިވެއްޖެ

25 މެއި 2017
ރެނާޓޯ ސަންޗޭޒް ހޯދުމުގެ ރޭހުގައި ޔުވަންޓަސް ބައިވެރިވެއްޖެ
24 މެއި 2017

އެފްއޭކަޕް ފައިނަލް މެޗަށް ސަންޗޭޒް ފިޓްވާނެ: ވެންގާ

24 މެއި 2017
އެފްއޭކަޕް ފައިނަލް މެޗަށް ސަންޗޭޒް ފިޓްވާނެ: ވެންގާ
26 އެޕްރީލު 2017

ވާދަވެރި ކްލަބަކަށް ސަންޗޭޒް ވިއްކާލަންވީ ސަބަބެއް ނެތް: ވެންގާ

26 އެޕްރީލު 2017
ވާދަވެރި ކްލަބަކަށް ސަންޗޭޒް ވިއްކާލަންވީ ސަބަބެއް ނެތް: ވެންގާ
24 އެޕްރީލު 2017

އެފްއޭކަޕް: ސަންޗޭޒްގެ ލަނޑުން ސިޓީ ބަލިކޮށް އާސެނަލް ފައިނަލަށް

24 އެޕްރީލު 2017
އެފްއޭކަޕް: ސަންޗޭޒްގެ ލަނޑުން ސިޓީ ބަލިކޮށް އާސެނަލް ފައިނަލަށް
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު