Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޯލްޑިވްސް އޮލިމްޕިކް ކޮމެޓީ

ކޮމަންވެލްތު ޔޫތު ގޭމްސްގައި ބައިވެރިނުވާން ނިންމީ އެސޯސިއޭޝަންތަކާ މަޝްވަރާކުރުމަށްފަހު

27 ޖުލައި 2023 | ބުރާސްފަތި 04:37

ދެ ކުޅިވަރަކުން އެ ގޭމްސް އަށް ދިޔުމަށް ހަަމަޖެހިފައިވާ ހަ އެތުލީޓުންގެ ޓިކެޓަށް އެކަނި ވެސް 1.2 މިލިއަން ރުފިޔާ އަރައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ޖުލައި 2023 | ބުރާސްފަތި 04:37
މިދިޔަ އަހަރު އޮތް ކޮމަންވެލްތު ގޭމްސްގެ ތެރެއިން

މިދިޔަ އަހަރު އޮތް ކޮމަންވެލްތު ގޭމްސްގެ ތެރެއިން

ކޮމަަންވެލްތު ގޭމްސްގައި ބައިވެރިނުވާން ދިވެހިރާއްޖެ އިން ނިންމީ، އެސޯސިއޭޝަންތަކާ މަޝްވަރާކުރުމަށްފަހު ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ) އިން ބުނެފި އެވެ.

އަންނަ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ޓްރިނަޑާޑް އެންޑް ޓޮބޭގޯގައި ކުރިއަށްދާ ގޭމްސްގައި ބައިވެރިނުވަން ދިވެހިރާއްޖެ އިން ނިންމީ އެ ގޭމްސް އަށް ދާ ޚަރަދު ބޮޑުވުމުން ކަމަށް ވެސް އެމްއޯސީން ވަނީ ބުނެފަ އެވެ. އެގޮތުން ދެ ކުޅިވަރަކުން އެ ގޭމްސް އަށް ދިޔުމަށް ހަަމަޖެހިފައިވާ ހަ އެތުލީޓުންގެ ޓިކެޓަށް އެކަނި ވެސް 1.2 މިލިއަން ރުފިޔާ އަރާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެހެންކަމުން އެ ޚަރަދު ކުރުމުގެ ބަދަލުގައި އެ ފައިސާ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ދާ އެތުލީޓުންނަށް ޚަރަދުކޮށްފި ނަމަ، އެ ގޭމްސް އިން ލިބޭނެ ނަތީޖާ ބޮޑުތަނުން ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށް އެމްއޯސީން ވަނީ ބުނެފަ އެވެ. އަނެއްކޮޅުން ކޮމަންވެލްތު ޔޫތު ގޭމްސްގައި ބައިވެރިވާ އެތުލީޓުންނަކީ އައިއޯއައިޖީ ގައި ވެސް ބައިވެރިވާ އެތުލީޓުން ކަމަށް ވުމާއެކު، ދިގު ދަތުރެއްގެ ސަބަބުން ގެއްލޭ ވަގުތުގެ ފައިދާ ކުޅުންތެރިންނަށް ކުރާނެ ކަމަށް ވެސް އެ ކޮމެޓީން ބުނެ އެވެ.

އެކަމާ ގުޅިގެން ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް ބުދަ ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮމަންވެލްތު ގޭމްސް އަށް ނުދާން ނިންމީ ފައިސާ ނެތިގެން ނޫން ކަމަށެވެ. ނަމަވެސް އެ ގޭމްސް އަށް ދިޔުމަށް ކުރަން ޖެހޭ ޚަރަދު ބޮޑުވުމުން، އެފައިސާ އައިއޯއައިޖީ އަށް ޚަރަދު ކުރުމަށް އެސޯސިއޭޝަންތަކާއެކު މަޝްވަރާ ކުރުމަށްފަހު ނިންމީ ކަމަށް ވެސް ވިދާޅުވި އެވެ.

މެދު ކެނޑުމަކަށްފަހު ރާއްޖެ އިން ކޮމަންވެލްތު ގޭމްސްގައި ވާދަކޮށްފައި ވަނީ މިދިޔަ އަހަރު އެވެ. އޭގެ ކުރިން ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރު ކޮމަންވެލްތުން ވަކިވާން ނިންމުމާއެކު، ރާއްޖެ އަށް ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު ގެެއްލުނެވެ. އަލުން ރާއްޖެ އިން ކޮމަންވެލްތުގައި ބައިވެރިވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި 2020 ވަނަ އަހަރު އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

05 މެއި 2017

ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު ކުއްޓު ކުއްލި ގޮތަކަށް ނިޔާވެއްޖެ

05 މެއި 2017
ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު ކުއްޓު ކުއްލި ގޮތަކަށް ނިޔާވެއްޖެ
19 އެޕްރީލު 2017

ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއިން ފަސް ކުޅިވަރެއްގައި ވާދަކުރަނީ

19 އެޕްރީލު 2017
ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއިން ފަސް ކުޅިވަރެއްގައި ވާދަކުރަނީ
15 އެޕްރީލު 2017

ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ

15 އެޕްރީލު 2017
ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ
05 އެޕްރީލު 2017

ގްރީން ސްޓްރީޓްސްގެ ޔޫތު ޓީމުތަކުގެ ފަރިތަކުރުންތައް ފަށަނީ

05 އެޕްރީލު 2017
ގްރީން ސްޓްރީޓްސްގެ ޔޫތު ޓީމުތަކުގެ ފަރިތަކުރުންތައް ފަށަނީ
02 އެޕްރީލު 2017

ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް: މިއަހަރުގެ ޓާގެޓަކީ ލެވެލް މަތިކުރުން

02 އެޕްރީލު 2017
ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް: މިއަހަރުގެ ޓާގެޓަކީ ލެވެލް މަތިކުރުން
04 މާރިޗު 2017

ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

04 މާރިޗު 2017
ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި
09 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް

09 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް
03 ފެބުރުއަރީ 2017

ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި

03 ފެބުރުއަރީ 2017
ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި
03 ފެބުރުއަރީ 2017

ކޮމަންވެލްތު ގޭމްސްގައި ބޯލްޓް ބައިވެރިއެއް ނުވާނެ

03 ފެބުރުއަރީ 2017
ކޮމަންވެލްތު ގޭމްސްގައި ބޯލްޓް ބައިވެރިއެއް ނުވާނެ
22 ޖެނުއަރީ 2017

އެކޮމޮޑޭޝަން ބްލޮކުން 1268 މީހުންނަށް ޖާގަ ދީފައިވާނެ: ޔޫތު މިނިސްޓްރީ

22 ޖެނުއަރީ 2017
އެކޮމޮޑޭޝަން ބްލޮކުން 1268 މީހުންނަށް ޖާގަ ދީފައިވާނެ: ޔޫތު މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް