Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

އެމްބާޕޭއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޕޮޗެޓީނޯ ދިނީ ފިނި ޖަވާބެއް

މިހާރު ދިމާވެގެން އުޅޭ މައްސަލައިގައި ދެ ފަރާތަށް ވެސް އެންމެ ރަނގަޅު ހައްލެއް ހޯދުން އެދޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ޖުލައި 2023 | ބުދަ 09:17
ޕޮޗެޓީނޯ

ޕޮޗެޓީނޯ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ފިނި ޖަވާބެއް ދީފި އެވެ.

ޕީއެސްޖީގެ ކޯޗުކަމުން ވަކި ކުރި ފަހުން ރަސްމީ އެއްވެސް ވަޒީފާއެއް ނެތި ހުރި ޕޮޗެޓީނޯ ދާދި ފަހުން ވަނީ ޗެލްސީގެ ކޯޗުކަމާ ހަވާލުވެފަ އެވެ. ޕީއެސްޖީގެ އެއްބަސްވުން އައު ނުކުރަން އެމްބާޕޭ ނިންމުމާއެކު އެ ކުލަބުން އަންނަނީ އޭނާ ވިއްކާލުމުގެ މަސައްކަތް ކުރަމުންނެވެ. އެކަމުގައި ޗެލްސީން އެއްވެސް ވަރަކަށް އެމްބާޕޭ ހޯދުމަށް މަސައްކަތް ކުރާނެތޯ ކުރި ސުވާލަށް ޖަވާބު ދެމުން ޕޮޗެޓީނޯ ބުނީ، ޗެލްސީން މަސައްކަތް ކުރަމުން އަންނަނީ ހަގީގަތަށް ކަމަށެވެ. ނަމަވެސް އެކަމުގައި ކަން އޮތް ގިތް ތަފާތުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އޭނާ ބުނީ، އަމިއްލަ ހައިސިއްޔަތުން އެކަމުގައި ވަކި ޖަވާބެއް ދޭން ބޭނުންނުވާ ކަމަށެވެ. ނަމަވެސް މިހާރު ދިމާވެގެން އުޅޭ މައްސަލައިގައި ދެ ފަރާތަށް ވެސް އެންމެ ރަނގަޅު ހައްލެއް ހޯދުން އެދޭ ކަމަށް ވަނީ ބުނެފަ އެވެ. ޕޮޗެޓީނޯ ބުނީ ޕީއެސްޖީ އަކީ އޭނާ ވަރަށް ލޯބިވާ ކުލަބެއް ކަމަށާއި، ކުލަބުގެ ކެރިއަރު ފެށީ ކުޅުންތެރިޔެއްގެ ގޮތުގައި ކަމަށެވެ. ފަހުން ކޯޗުގެ ގޮތުގައި މަސައްކަތް ކުރުމަށް ފުރުސަތު ލިބުނު ކަމަށާއި، އެ ދުވަސްތަކުގައި އެމްބާޕޭ ވެގެން ދިޔައީ އޭނާ ވަރަށް ގަޔާވާ ކުޅުންތެރިޔެއް ކަމަށް ވެސް ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ.

ޕީއެސްޖީން އެމްބާޕޭ ވިއްކާލުމަށް މަސައްކަތް ކުރަމުން އަންނައިރު، ސައުދީ ޕްރޯ ލީގުގެ އަލް ހިލާލުން ވަނީ އޭނާ ހޯދުމަށް ރެކޯޑު ހުށަހެޅުމެއް ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް އެކަމުގައި އެމްބާޕޭ އަދި ޕީއެސްޖީން ވެސް ވަކި ގޮތެއް ނުނިންމާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

އެލްކްލެސިކޯގައި ނޭމާއަށް ކުޅެވޭނެ ކަމާމެދު ސުވާލު އެފެދިފައި

10 އެޕްރީލު 2017
އެލްކްލެސިކޯގައި ނޭމާއަށް ކުޅެވޭނެ ކަމާމެދު ސުވާލު އެފެދިފައި
04 އެޕްރީލު 2017

ތިން ޕޮއިންޓު ލިބުނީ އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރުމުން: ބެންގަލޫރު އެފްސީގެ އެސިސްޓަންޓް ކޯޗް

04 އެޕްރީލު 2017
ތިން ޕޮއިންޓު ލިބުނީ އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރުމުން: ބެންގަލޫރު އެފްސީގެ އެސިސްޓަންޓް ކޯޗް
03 އެޕްރީލު 2017

ލޫކް ޝޯގެ ކޮމިޓްމެންޓާ މެދު މޮރީނިއޯ ސުވާލު އުފައްދައިފި

03 އެޕްރީލު 2017
ލޫކް ޝޯގެ ކޮމިޓްމެންޓާ މެދު މޮރީނިއޯ ސުވާލު އުފައްދައިފި
29 މާރިޗު 2017

ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި

29 މާރިޗު 2017
ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި
15 މާރިޗު 2017

ޗެމްޕިއަންސް ލީގު: ސެވިއްޔާ ސިއްސުވާލުމަށް ފަހު ލެސްޓާ ކުއާޓާ އަށް

15 މާރިޗު 2017
ޗެމްޕިއަންސް ލީގު: ސެވިއްޔާ ސިއްސުވާލުމަށް ފަހު ލެސްޓާ ކުއާޓާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު