Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭސީ މިލާން

ވިލަރެއާލް ދޫކޮށް ސެމިއުލް ޗުކުވޭޒީ އޭސީ މިލާނަށް

25 ޖުލައި 2023 | އަންގާރަ 02:28

އޭނާ ހޯދުމަށް މިލާނުން ގާތްގަނޑަކަށް 28 މިލިއަން ޔޫރޯ ޚަރަދު ކުރާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޖުލައި 2023 | އަންގާރަ 02:28
ވިލަރެއާލަށް ކުޅެމުން އަންނަ ސެމިއުލް ޗުކުވޭޒީ

ވިލަރެއާލަށް ކުޅެމުން އަންނަ ސެމިއުލް ޗުކުވޭޒީ

ސްޕެއިންގެ ވިލަރެއާލަށް ކުޅެމުން އަންނަ ނައިޖީރިއާގެ ސެމިއުލް ޗުކުވޭޒީ އެކުލަބު ދޫކޮށް، އިޓާލިއަން ލީގުގެ އޭސީ މިލާނަށް ބަދަލުވާން ނިންމައިފަ އެވެ.

އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ ހޯދުމަށް މިލާނުން ވިލަރެއާލާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު، މިހާރު ވަނީ އެއްބަސްވުމަކަށް އާދެވިފަ އެވެ. ދެ ކުލަބުގެ ދެމެދުގައި މިހާރު އެކަމާ ގުޅޭ އެންމެހާ ލިޔެކިޔުންތައް ބަދަލުކޮށްފައިވާ ކަމަށާއި، މި ހަފްތާގެ ތެރޭގައި މިލާންގެ އެއްބަސްވުމުގައި ޗުކުވޭޒީ ސޮއި ކުރާނެ ކަމަށް މީޑިއާތަކުން ބުނެ އެވެ. މިލާނާއެކު އޭނާ ސޮއި ކުރާނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެހެންކަމުން އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އޭނާ ހޯދުމަށް މިލާނުން ގާތްގަނޑަކަށް 28 މިލިއަން ޔޫރޯ ޚަރަދު ކުރާނެ އެވެ. މިލާނަށް ބަދަލުވުމަށް ކުރިއަށް ގެންދަން ޖެހޭ މެޑިކަލްގެ ކަންކަން މި ހަފްތާގެ ތެރޭގައި ޗުކުވޭޒީ ފުރިހަމަ ކުރާނެ އެވެ.

ޗުކުވޭޒީ އޭނާގެ ސީނިއާ ކެރިއަރު ފެށީ 2018 ވަނަ އަހަރު ވިލަރެއާލުންނެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް އެ ކުލަބަށް 227 މެޗު ކުޅެދީ 41 ލަނޑު ޖަހައިފަ އެވެ. އެކުލަބާއެކު އޭނާ ވަނީ ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ. ނައިޖީރިއާގެ ޤައުމީ ޓީމުން އޭނާ އަށް ޖާގަ ލިބުނީ ވެސް 2018 ވަނަ އަހަރު އެވެ. ނައިޖީރިއާގެ ފުޓުބޯޅަ ފެޑެރޭޝަނުން ހޮވާ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑު އޭނާ ވަނީ 2018 ވަނަ އަހަރު ހާސިލްކޮށްފަ އެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

15 ފެބުރުއަރީ 2017
ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި
14 ފެބުރުއަރީ 2017

އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް

14 ފެބުރުއަރީ 2017
އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް
01 ފެބުރުއަރީ 2017

ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

01 ފެބުރުއަރީ 2017
 ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް