Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުފޮނިކާތަކެތީގެ ވިޔަފާރި

ވަޒީފާ ގެއްލުނު ނޫސްވެރިޔާއާއި ގްރެފިކް ޑިޒައިނަރުގެ މަސައްކަތުން ހުޅަނގު އައްސޭރިއަށް ތަފާތު ރަހައެއް!

24 ޖުލައި 2023 | ހޯމަ 08:48

ހާޔާއާއި އަހުމަދުގެ ފިހާރައިން ލިބެން ހުރި ފޮނިކާތަކެތީގައި ފޮނި ރަހަލައްވަން ބޭނުން ކުރަނީ ޤުދުރަތީ ތާސީރެއް ކަމަށްވާ ސްޓީވިއާ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 24 ޖުލައި 2023 | ހޯމަ 08:48
ހަޔާ އަލް-ޝައިޚް؛ ފޮނިކާތަކެތީގެ ވިޔަފާރި ކުރާ މީހެއް

ހަޔާ އަލް-ޝައިޚް؛ ފޮނިކާތަކެތީގެ ވިޔަފާރި ކުރާ މީހެއް

ފޮނި އެއްޗެއްގައި ވިއްޔާ ހަމަ ޔަޤީނުންވެސް ފޮނި ރަހަ ލުމަކީ އެ އެއްޗެއްގައި ފުރިހަމަވުން ލާޒިމު ޝަރުތެކެވެ. ނަމަވެސް ފޮނި ރަހަލާ ކޮންމެ އެއްޗެއްގައި ހަކުރު ހުންނާކަށް ލާޒިމެއް ނޫނެވެ. މަންތިގީ ބަޙުސަކަށް ފެށުމުގެ ކުރިން މާ ބޮޑަށް ސެހެރި ދިގު ނުކޮށް، ސީދާ ނުކުތާއަށް ޖެހިލަމާ ހިނގާށެވެ.

މިއަދުގެ މަންޒިލަކީ ހުޅަނގު އައްސޭރީގެ ސިޓީއެއް ކަމަށް ވާ ނާބުލުސްއެވެ. ނާބުލުސް މަޝްހޫރު ވެފައި ވަނީ ފަލަސްޠީނުގެ ޘަޤާފީ ފޮނިކާތަކެތީގެ މަރުކަޒުގެ ގޮތުގައެވެ. ހިއްސާކުރަން މިއުޅެނީ ނާބުލުސްގައި ހިންގާ ފިހާރައެއްގެ ވާހަކައެވެ. މި ފިހާރައަކީ ފަލަސްޠީނުގެ ޘަޤާފީ ފޮނި ކޭމުގެ ބާވަތްތައް، ހަކުރު ނާޅާ ތައްޔާރުކޮށްގެން ވިއްކާ ފިހާރައެކެވެ. ހަކުރި ބަލީގެ ޕޭޝަންޓުންނަށްވެސް އެ ރަހަތަށް ތަޖުރިބާކޮށްލެވޭ ގޮތަށެވެ.

މި ވިޔަފާރިއަކީ ޒަވާޖީ ޙަޔާތުގެ ގޮށް ޖަހައިގެން ތިބި ދެމަފިރިއެއްގެ ޢަޒުމުން ފުރިގެންވާ ދަތުރެކެވެ. ވިޔަފާރި ފުޅާ ކުރުމުގައި ދެމަފިރިންގެވެސް ޢުއްމީދަކަށް ވީ، ވީހާވެސް ޞިއްޙަތަށް ފައިދާ ކުރަނިވި ގޮތަކަށް، އަދި އެންމެނަށްވެސް ފަސޭހައިން ލިބޭނެ ފަދަ ގޮތަކަށް ޘަޤާފީ ފޮނިކާތަކެތީގެ ބާވަތްތައް ތައްޔާރު ކުރުމެވެ.

ވިޔަފާރި ފެށިގެން އައީ ނޫސްވެރިކަމާއި ގްރެފިކް ޑިޒައިނިންގެ ދާއިރާގައި މަސައްކަތް ކުރަމުން ދިޔަ ހާޔާއާއި އަހުމަދު އަލް-ޝައިޚުގެ ވަޒީފާ ގެއްލުނު ހިސާބުންނެވެ. ހާޔާއާއި އަހުމަދުގެ ފިހާރައިން ލިބެން ހުރި ފޮނިކާތަކެއްޗަކީ އޭގައި އެއްވެސް ވަރަކަށް ދޯބުރާލި ހަކުރު އެކުލެވިގެން ނުވާ، ޞިއްޙަތަށް ފައިދާ ކުރަނިވި ފޮނިކާތަކެއްޗެވެ. މި އުފެއްދުންތަކަކީ، ކެއިންބުއިމުގައި ވަކި ހަމަތަކެއް ގެންގުޅުމަށް މަޖުބޫރުވެފައި ވާ މީހުންނަށްވެސް އެއްވެސް ހާސްކަމެއް ނެތި ބޭނުން ކުރެވޭނެ އުފެއްދުންތަކެއް ކަމަށް އަހުމަދުގެ ދެމަފިރިން ބުނެއެވެ.

ހާޔާއާއި އަހުމަދުގެ ފިހާރައިން ލިބެން ހުރި ފޮނިކާތަކެތީގައި ފޮނި ރަހަލައްވަން ބޭނުން ކުރަނީ ޤުދުރަތީ ތާސީރެއް ކަމަށް ވާ ސްޓީވިއާއެވެ. ސްޓީވިއާއަކީ ސްޓީވިއާ ގަހުގެ ފަތުން ނަގާ ތާސީރެކެވެ.  ސްޓީވިއާ ގަހުގެ ފަތަށް ކޭންޑީލީފްގެ ނަމުންވެސް ކިޔާ އުޅެއެވެ. މި ތާސީރަކީ އާންމުކޮށް ބޭނުން ކުރާ ހަކުރަށް ވުރެ 100 އާއި 300 ގުނަ ފޮނިކަން ގަދަ ތާސީރެކެވެ. ނަމަވެސް ސްޓީވިއާއަކީ އޭގައި އެއްވެސް މިންވަރަކަށް ކާބޯހައިޑްރޭޓްސް، ކެލަރީޒް އަދި މަސްނޫޢީ އެއްވެސް މާއްދާއެއް އޭގައި ބޭނުން ކޮށްފައި ވާ އެއްޗެއް ނޫނެވެ. ބައެއް މީހުންނަށް ސްޓީވިއާގެ ރަހަ ކަމު ނުދާ ކަމަށްވެސް ބުނެއެވެ. އެއީ ކުޑަ ހިތިކަމެއް އޭގައި އެކުލެވޭތީ ކަމަށްވެސް ވެދާނެއެވެ.

ފޮނިރަހަ ހެޔޮވަރު ކުރުމަށް ސްޓީވިއާ ބޭނުން ކުރާ ކުރުމުގެ އިތުރުން، ހަޔާއާއި އަހުމަދުގެ ފިހާރައިން ލިބެން ހުރި ފޮނިކާތަކެއްޗަކީ ގްލޫޓަން ފްރީ ބާވަތްތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކާބޯތަކެއްޗެވެ.

އެވަރުން ނިމުނީއެއް ނޫނެވެ. ޞިއްޙަތާއި އެއްވަރަށް ދެމެހެއްޓެނިވި އުސޫލުތަކަށްވެސް މި ދެމަފިރިން ޚާއްޞަ ސަމާލުކަމެއް ދެއެވެ. ފޮނިކާތަކެތި ބަންދުކުރަން ބޭނުން ކުރަނީވެސް ޤުދުރަތީ މާއްދާތަކުން ތައްޔާރުކޮށްފައިވާ ޚާއްޞަ ޕެކޭޖިންގްއެކެވެ. މި ޕެކޭޖިންގްއަކީ ގިނަ ދުވަސްތަކެއް ވަންދެން ފޮނިކާތަކެތި ތާޒާކޮށް ބަހައްޓަން އެހީވެދިނުމުގެ އިތުރުން، ވެއްޓާވެސް ރައްޓެހި ޕެކޭޖިންގްއެކެވެ.

ހަޔާއާއި އަހުމަދުގެ ދެމަފިރިންނަކީ ފިސާރި ޢަޒުމު ވަރުގަދަ ދެމަފިރިންނެވެ. ފޮނިކާތަކެއްޗާއި މެޓާ ވިއްކުމުގެ ވިޔަފާރިއަކީ މެދުއިރުމަތީގައި ކިތަންމެ ފުޅާވެފައި އޮތް ވިޔަފާރިއަކަށް ވީ ނަމަވެސް، އެއީ އެ ދެމަފިރިންގެ ވިޔަފާރިއަށް އޮތް ހުރަހެއް ކަމުގައި ފަހަރެއްގައިވެސް ނުދެކެއެވެ. ނަތީޖާވެސް އެހާމެ ފޮންޏެވެ. މިއަދު އެ ފިހާރައިގެ އޮޕަރޭޝަންތައް ވަނީ ފުޅާ ކޮށްފައެވެ. ޚިދުމަތް ދޭ މީހުންގެ ޢަދަދުވެސް ގިނައެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2023

ފުރޮޅުލީ ގޮނޑީގައި އިންނަންޖެހުނެއްކަމަކު ޚަތީބު ފޫބައްދައިދެމުން އެ ދަނީ ކޮވިޑްގައި ގެއްލުނު 2 އަހަރު!

15 މާރިޗު 2023
ފުރޮޅުލީ ގޮނޑީގައި އިންނަންޖެހުނެއްކަމަކު ޚަތީބު ފޫބައްދައިދެމުން އެ ދަނީ ކޮވިޑްގައި ގެއްލުނު 2 އަހަރު!
09 ސެޕްޓެމްބަރު 2022

ފޯނެއް އޮތީވިއްޔާ ވަޒީފާވެސް ތިއޮތީ ލިބިފައެވެ!

09 ސެޕްޓެމްބަރު 2022
ފޯނެއް އޮތީވިއްޔާ ވަޒީފާވެސް ތިއޮތީ ލިބިފައެވެ!
18 އޯގަސްޓު 2022

އޮންލައިން ކްލާހެއްގައި، ގެންގުޅޭ ބުޅާދެއްކުމުން ވަޒީފާއިން ވަކިކުރި ޓީޗަރަކަށް ކޯޓުން ބަދަލުދީފި

18 އޯގަސްޓު 2022
އޮންލައިން ކްލާހެއްގައި، ގެންގުޅޭ ބުޅާދެއްކުމުން ވަޒީފާއިން ވަކިކުރި ޓީޗަރަކަށް ކޯޓުން ބަދަލުދީފި
02 ޖުލައި 2022

ދަރިން ގޮވައިގެން ވަޒީފާ އަދާކުރާ ބަފައިންނަށްވެސް ސެލިއުޓް ހައްގު!

02 ޖުލައި 2022
ދަރިން ގޮވައިގެން ވަޒީފާ އަދާކުރާ ބަފައިންނަށްވެސް ސެލިއުޓް ހައްގު!
19 އޯގަސްޓު 2019

ޕަސެންޖަރަކާ ދިމާލަށް ''ކަލޭ ހުތުރޭ'' ބުނެގެން އެއާޕޯޓްގެ ސެކިއުރިޓީއަކު ވަޒީފާއިން ވަކި ކޮށްފި

19 އޯގަސްޓު 2019
ޕަސެންޖަރަކާ ދިމާލަށް ''ކަލޭ ހުތުރޭ'' ބުނެގެން އެއާޕޯޓްގެ ސެކިއުރިޓީއަކު ވަޒީފާއިން ވަކި ކޮށްފި
23 ޖުލައި 2018

ވަޒީފާ އަދާކުރަން 32 ކިލޯމީޓަރަށް ހިނގި މުވައްޒަފަކަށް، ވެރިމީހާގެ ކާރު!!!

23 ޖުލައި 2018
ވަޒީފާ އަދާކުރަން 32 ކިލޯމީޓަރަށް ހިނގި މުވައްޒަފަކަށް، ވެރިމީހާގެ ކާރު!!!
27 ޖެނުއަރީ 2018

ފޭނުން ގެއްލުނުކަމުގައި ވިއަސް ޓްރަމްޕަށް ފާޑުކިޔުން ހުއްޓައެއް ނުލާނަން: އެމިނެމް

27 ޖެނުއަރީ 2018
ފޭނުން ގެއްލުނުކަމުގައި ވިއަސް ޓްރަމްޕަށް ފާޑުކިޔުން ހުއްޓައެއް ނުލާނަން: އެމިނެމް
12 ޖެނުއަރީ 2018

ބޮސްޓަން މިއުޒިއަމް އޮފް ފައިން އާޓްސްއިން ކުއްތާއަކަށް ވަޒީފާ ދީފި

12 ޖެނުއަރީ 2018
ބޮސްޓަން މިއުޒިއަމް އޮފް ފައިން އާޓްސްއިން ކުއްތާއަކަށް ވަޒީފާ ދީފި
11 މެއި 2017

"ބާހްބަލީ 2" ނުބެލުމުން ވަޒީފާއިން ވަކިކޮށްފި

11 މެއި 2017
"ބާހްބަލީ 2" ނުބެލުމުން ވަޒީފާއިން ވަކިކޮށްފި
20 އެޕްރީލު 2017

ރާބޮއެގެން ހުރީތީ އާލިއާގެ ބޮޑީގާޑު ވަޒީފާއިން ވަކިކޮށްފި

20 އެޕްރީލު 2017
ރާބޮއެގެން ހުރީތީ އާލިއާގެ ބޮޑީގާޑު ވަޒީފާއިން ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް