Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއޮންލައިން ކްލާސް

އޮންލައިން ކްލާހެއްގައި، ގެންގުޅޭ ބުޅާދެއްކުމުން ވަޒީފާއިން ވަކިކުރި ޓީޗަރަކަށް ކޯޓުން ބަދަލުދީފި

ކޮވިޑް 19އާ ގުޅިގެން އޮންލައިން ކްލާސްތައް ވަރަށް ބޮޑަށް އާންމުވެގެންދިޔަ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 18 އޯގަސްޓު 2022 | ބުރާސްފަތި 17:00
އޮޅު ބުޅަލެއް

އޮޅު ބުޅަލެއް

ޗައިނާގެ ގުއަންޒޫ ސިޓީގައި އޮންލައިން އާރޓް ކްލާހެއް ނަގައިދިންއިރު އޭނާގެންގުޅޭ ބުޅަލެއް ދެއްކުމުން ވަޒީފާއިން ވަކިކުރި ޓީޗަރަކަށް، ބަދަލެއްގެ ގޮތުގައި 40 ހާސް ޔުއާން (6 ހާސް ޑޮލަރު) ދިނުމަށް ކޯޓުން އަމުރުކޮށްފިއެވެ.

މިދިޔަ އަހަރުގެ ޖޫންމަހު ހިނގި މި ހާދިސާގައި ޓީޗަރު ލޫގެ ކްލާސް ހިނގަމުން ދިޔަވަގުތު އޭނާ ގެންގުޅޭ ބުލަލެއް ފަސް ފަހަރު ކެމެރާ ކުރިމައްޗަށް އެރި ކަމަށްވެއެވެ. އެއަށްފަހު ވަރޗުއަލް ކްލާސްތައް ހިންގި ޓެކް ކުންފުނިން ވަނީ އެކަމާ ޓީޗަރު ލޫ ވަޒީފާއިން ވަކިކޮށްފައެވެ.

ހިތްހަމަ ނުޖެހި، މައްސަލަ ކޯޓުން ބޭރުގައި ނިންމުމަށް ޓީޗަރު މަސައްކަތްކުރިނަމަވެސް ވަޒީފާ ދިން ކުންފުނިން ވަނީ އެގޮތަށް އެއްބަސްނުވެ ކޯޓަށް ގޮސްފައެވެ.

މައްސަލަ ނިންމަމުން ގުއަންޒޫގެ ކޯޓުން ބުނީ، މުވައްޒަފުން ލައްވައި ގޭގަތިބެގެން އޮންލައިންކޮށް ކިޔަވައިދޭން ބުނާނަމަ، އޮފީހެއްގައި (ނުވަތަ ސްކޫލެއްގައި) ހުރެގެން ކިޔަވައިދޭހެން ކިޔަވައިދެވިދާނެކަމަށް ހީކޮށްގެން ނުވާނެކަމަށެވެ. ވަޒީފާ ދޭ ފަރާތްތަކުން ބަލަންޖެހޭނީ ހަމައެކަނި ގާނޫނުތަކާއި ގަވާއިދުތަކަށް ނޫންކަމަށާއި އިންސާފުވެރި އަދި ހަމަޖެހޭ އުސޫލަކުން ޓީޗަރުންނާމެދު ކަންތައްކުރަން ޖެހޭނެ ކަމަށް ކޯޓުން ބުނެފައިވެއެވެ.

ދުނިޔެއަށް ކުރިމަތިވި ކޮވިޑް 19 ޕެންޑަމިކާ ގުޅިގެން އޮންލައިންކޮން ކިޔަވައިދިނުން އޮތީ މުޅި ދުނިޔޭގައިވެސް ވަރަށް ބޮޑަށް އާންމުވެފައެވެ. އަދި މިގޮތަށް ކްލާސް ކުރިޔަށްދާ ވަގުތު ދެފަރާތުންވެސް، ފެންނަން ނުޖެހޭ މަންޒަރުތައް ފެންނަކަމަށް ބައެއް ފަރާތްތަކުން ޝަކުވާކުރެއެވެ.

ޗައިނާ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
07 ޖުލައި 2025

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!
03 ޖުލައި 2025

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި
19 މާރިޗު 2025

މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

19 މާރިޗު 2025
މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު