Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކީލިންގެ ރޭޑިއޯ ލައިވް ރިޕޯޓު މެދުކަނޑާލުން

ދަރިން ގޮވައިގެން ވަޒީފާ އަދާކުރާ ބަފައިންނަށްވެސް ސެލިއުޓް ހައްގު!

ކީލިންގް، އޭނާގެ ކުޑަ ދަރިފުޅު އުރައިގެން ހުރެ، 2 ވަނަ ލައިވް ރިޕޯޓް ކުރިއަށް ގެންދަން މަސައްކަތް ކުރި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 2 ޖުލައި 2022 | ހޮނިހިރު 08:26
ބްރެޒީލްގެ ނޫސްވެރިޔާ ފިލީޕޭ ކީލިންގް ހުށަހަޅައިދެމުން ދިޔަ ލައިވް ރޭޑިއޯ ރިޕޯޓު މެދުކަނޑާލީ އޭނާގެ ކުޑަކުޑަ ދަރިފުޅު

ބްރެޒީލްގެ ނޫސްވެރިޔާ ފިލީޕޭ ކީލިންގް ހުށަހަޅައިދެމުން ދިޔަ ލައިވް ރޭޑިއޯ ރިޕޯޓު މެދުކަނޑާލީ އޭނާގެ ކުޑަކުޑަ ދަރިފުޅު

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ މަޑުޖެހުމަކަށް ގެނެސް، އެކަހެރި ވެށިތަކުގައި ތިބެގެންވެސް ވަޒީފާ އަދާ ކުރެވިދާނެ ކަން އެއް ބަޔަކު އަނެއް ބަޔަކަށް ސާބިތުކޮށްދިނެވެ. އެއީ އޭގެ ކުރިންވެސް ކޮންމެވެސް ވަރަކަށް އޮތް ކަމެއް ކަމުގައި ވީ ނަމަވެސް، ގޭގައި ނުވަތަ އެނޫންވެސް ތަނެއްގައި އާއިލާއާއި އެކުގައި ހުރެގެން ވަޒީފާ އަދާ ކުރެވިދާނެ ކަން، ގިނަ ބަޔަކަށް އޮތީ ގަބޫލު ނުކުރެވިއެވެ. ނަމަވެސް ކޮވިޑްއާއި އެކު ހުރިހާ އެންމެންގެ ދިރިއުޅުމަށް އައި ބޮޑު ބަދަލާއެކު، އެކަންވެސް ބަދަލުވީއެވެ. ދަރިން ބަލަމުން ވަޒީފާ އަދާ ކުރާ ބަޔަކީ ހަމައެކަނި މައިން ނޫން ކަމާއި، އެފަދަ ބަފައިންވެސް އެބަތިކަން ހާމަވިއެވެ. މިއީވެސް އެފަދަ ވާހަކައެކެވެ.

މިއީ މިދިޔަ ބުރާސްފަތި ދުވަހު ހިނގާދިޔަ ހާދިސާއެކެވެ. ބްރެޒީލްގެ ނޫސްވެރިޔާ ފިލީޕޭ ކީލިންގް ހުށަހަޅައިދެމުން ދިޔަ ލައިވް ރޭޑިއޯ ރިޕޯޓު މެދުކަނޑާލީ އޭނާގެ ކުޑަކުޑަ ދަރިފުޅެވެ.

ރޭޑިއޯ ބްރޭންޑް ނިއުސް އެފްއެމް އިން އޭރު ލައިވް ކުރަމުން ދިޔައީ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ، ނޭމާއާއި ބެހޭ ރިޕޯޓެކެވެ. ލައިވް ރިޕޯޓް ހުށަހަޅާ ދެމުން ދިޔަ ނޫސްވެރިޔާގެ ދަރިފުޅު، ލޫކަސް، އޭރު އޮތީ ނިދާފައެވެ. ނަމަވެސް ރިޕޯޓް ނުނިމި އުޅެނިކޮށް ލޫކަސް ހޭލިއެވެ. ލޫކަސް ހޭލިކަން، ސްޓޫޑިއޯގައި ތިބި އެންކަރުންނަށް އިވި، އެ ދަރިފުޅު އުރާލުމަށް ކީލިންގް ގާތު އެދުނެވެ.

އެހާ ހިސާބުން ކީލިންގް، އޭނާގެ ކުޑަ ދަރިފުޅު އުރައިގެން ހުރެ، 2 ވަނަ ލައިވް ރިޕޯޓް ކުރިއަށް ގެންދަން މަސައްކަތް ކުރާ މަންޒަރު، ސޯޝަލް މީޑިއާގައި ފެތުރިގެން ދިޔައެވެ. ކީލިންގް، ލައިވް ރިޕޯޓް ހުށަހަޅަމުން ދިޔައިރު، އޭނާގެ ދަރިފުޅު ދިޔައީ ބައްޕަގެ ހެޑްސެޓް އަތުލުވޭތޯ، ކުރެވެން އޮތްހާ މަސައްކަތެއް ކުރަމުންނެވެ.

އެ ދުވަހަކީ ލޫކަސް ބަލިވެ އުޅުނު ދުވަހެކެވެ. ބަނޑެއްގައި ރިއްސާތީ ޑޭ-ކެއާއަށް ނުގެންދެވުނީ ކަމަށާ، ދަރިފުޅުގެ މަންމަ އަދި ކީލިންގްގެ އަންހެނުން ވީ، އޭނާ ކޮންމެހެން ދާންޖެހޭ މުހިންމު ބައްދަލުވުމަކަށް ގޮސްފަ ކަމަށް ކީލިންގް ކިޔާދިނެވެ.

އެ ހާދިސާ ވެގެން ދިޔައީ، ވަޒީފާ އަދާ ކުރަމުން ދަރިން ބަލާ މައިންބަފައިންނާއި ވަކިން ހާއްސަކޮށް، ދަރިން ބަލަމުން ވަޒީފާ އަދާ ކުރާ ބަފައިންނާ މެދު މުޖުތަމައު އަށް އޮޅިފައި އޮތް އެތައް ކަމެއް ބަދަލު ކުރުމަށް ކީލިންގްއަށް ލިބުނު ފުރުސަތަކަށެވެ. ކީލިންގް ވަނީ އެ ފުރުސަތުގެ ބޭނުން، އޭނާއަށް ހިފުނު އެންމެ ފުރިހަމައަކަށް ހިފާފައެވެ.

މިއީވެސް ދަރިންގެ ޒިންމާތައް އުފުލުމާއި އާއިލާ ބެލެހެއްޓުމުގައި، ދެމަފިރިންގެ މުހިންމު ހިއްސާ އޮތް މިންވަރާ، އެކަމަކީ ކުރެވިދާނެ ކަމެއް ކަމާ، މުޖުތަމައުވެސް ބަލައިގަންނާނެ ކަމެއްކަން އަންގައިދޭ މިސާލެކެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2018

ބޮސްޓަން މިއުޒިއަމް އޮފް ފައިން އާޓްސްއިން ކުއްތާއަކަށް ވަޒީފާ ދީފި

12 ޖެނުއަރީ 2018
ބޮސްޓަން މިއުޒިއަމް އޮފް ފައިން އާޓްސްއިން ކުއްތާއަކަށް ވަޒީފާ ދީފި
30 ޖުލައި 2017

ދަރިންގެ ފޮޓޯ ނެގުމުން ޖޯޖު ކްލޫނީ ރަތަށް

30 ޖުލައި 2017
ދަރިންގެ ފޮޓޯ ނެގުމުން ޖޯޖު ކްލޫނީ ރަތަށް
11 މެއި 2017

"ބާހްބަލީ 2" ނުބެލުމުން ވަޒީފާއިން ވަކިކޮށްފި

11 މެއި 2017
"ބާހްބަލީ 2" ނުބެލުމުން ވަޒީފާއިން ވަކިކޮށްފި
20 އެޕްރީލު 2017

ރާބޮއެގެން ހުރީތީ އާލިއާގެ ބޮޑީގާޑު ވަޒީފާއިން ވަކިކޮށްފި

20 އެޕްރީލު 2017
ރާބޮއެގެން ހުރީތީ އާލިއާގެ ބޮޑީގާޑު ވަޒީފާއިން ވަކިކޮށްފި
05 އެޕްރީލު 2017

ކަރަންގެ ދަރިންނާ ބެހޭ ގޮތުން އެއްޗެއް ބުނަން ކާޖޮލް ބޭނުމެއް ނުވި

05 އެޕްރީލު 2017
ކަރަންގެ ދަރިންނާ ބެހޭ ގޮތުން އެއްޗެއް ބުނަން ކާޖޮލް ބޭނުމެއް ނުވި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު