Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކޮވިޑްގައި ގެއްލުނު ދުވަސްތައް

ފުރޮޅުލީ ގޮނޑީގައި އިންނަންޖެހުނެއްކަމަކު ޚަތީބު ފޫބައްދައިދެމުން އެ ދަނީ ކޮވިޑްގައި ގެއްލުނު 2 އަހަރު!

ލިބުނު އަނިޔާއަކާ ގުޅިގެން ޚަޠީބު ވާގިނެތުނީ 2003 ވަނަ އަހަރުގެ ތެރޭގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 15 މާރިޗު 2023 | ބުދަ 14:11
ޝިހާދީ އަލް-ޚަތީބު؛ ހިސާބު ޓީޗަރ

ޝިހާދީ އަލް-ޚަތީބު؛ ހިސާބު ޓީޗަރ

ޚާއްޞަ އެހީއަކަށް ބޭނުންވުމަކީ އެހާ ހިސާބުން ދިރިއުޅުން ހުއްޓާލައިގެން، މާޔޫސްކަންމަތީގައި ހަޔާތުގެ ބާކީ ދުވަސްތައް ގުނަން މަޖުބޫރުވާ ސަބަބެއް ނޫންކަން ސާބިތު ކޮށްދެމުންދާ އެކަކީ، ޣައްޒާގެ ހިސާބު ޓީޗަރު، ޝިހާދީ އަލް-ޚަތީބެވެ. ޚަތީބުގެ ޚިދުމަތްތައް ޚާއްޞަކޮށްފައި ވަނީ، މާލީ ގޮތުން މާ ބޮޑު ތަނަވަސްކަމެއް ނެތް ދަރިވަރުންނަށް ޕްރައިވެޓް ޓިއުޝަން ދިނުމަށެވެ.

ފުރޮޅުލީ ގޮނޑިއެއްގައި އިންނަ ޚަތީބު، އޭނާގެ ދަރިވަރުންނާ ބައްދަލުކޮށް، ޓިއުޝަން ނަގައިދެނޯ އޭނާގެ އަމިއްލަ ގޭގައެވެ. ހިސާބު ފިލާވަޅުތައް ކިޔަވައިދޭން ބޭނުންކުރަނީ ފުރިޖެއްގެ ދޮރުފަތުން ހަދާފައިވާ ޗޯކު ބޯޑެކެވެ. ޚަޠީބު އެ ބޯޑު ތައްޔާރުކުރީ، އޭނާގެ ފިރިހެން ދަރިފުޅުގެ އެހީތެރިކަމާއެކުގައެވެ.

ޚަޠީބު ކިޔައިދިންގޮތުގައި، ގޭގައި ޓިއުޝަން ދިނުމުގެ ޚިޔާލު އޭނާއަށް ލިބުނީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ދުވަސްވަރުގައެވެ.

އެއީ ކުލާސްތަކަށް ހާޒިރުވެގެން ކިޔެވުމުގެ ދޮރުތައް ބަންދުވެ، ތައުލީމީ ދާއިރާއަށް ނޭދެވޭ އަސަރުތަކެއް ފޯރަން ފެށި ދުވަސްވަރުކަން ޚަތީބު ފާހަގަކުރެއެވެ.

ޚަތީބު ޓިއުޝަން ނަގައިދެނީ ބޮޑު އަގުގައި ދޭ ޓިއުޝަންތަކަށް ފައިސާ ނުދެއްކި ތިބި ކުދިންނަށް ޚާއްޞަކޮށްގެންނެވެ. އެ ކުދިން އަތުން ޚަޠީބު ނަގަނީ ރަމްޒީ ފީއެއް ކަމުގައިވެސް ބުނވިދާނެއެވެ. އެވަރުވެސް ނުކުރެވޭ ބައެއް ދަރިވަރުންނަށް އޭނާ ކިޔަވައިދެނީ ހިލޭ ސާބަހަށެވެ.

މިއަދު ޚަތީބުގެ ކުލާސްތަކަށް ހާޒިރުވާ ދަރިވަރުންގެ އަދަދު 50އާ ގާތް ކުރެއެވެ. ލިބުނު އަނިޔާއަކާ ގުޅިގެން ޚަތީބު ވާގިނެތުނީ 2003 ވަނަ އަހަރުގެ ތެރޭގައެވެ.

ކޮވިޑް-19ޣައްޒާފަލަސްތީނު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު