Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޒުވާނެއްގެ ހިތްވަރު

ވަޒީފާ އަދާކުރަން 32 ކިލޯމީޓަރަށް ހިނގި މުވައްޒަފަކަށް، ވެރިމީހާގެ ކާރު!!!

23 ޖުލައި 2018 | ހޯމަ 14:54

ޒުވާނާގެ ހިތްވަރަށް ގިނަ ބަޔަކު ދަނީ ތައުރީފްކުރަމުން

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 23 ޖުލައި 2018 | ހޯމަ 14:54
ގޭގެ އާއި އޮފީސް ފަދަ ތަންތަން ބަދަލުވާ އިރު ތަކެތި އެއް ތަނުން އަނެއް ތަނަށް ގެންގޮސްދިނުމުގެ ޚިދުމަތް ދޭ ކުންފުންޏާ ގުޅުނު ޒުވާނާއަށް ސީއީއޯ ކާރު ދިނުމުން އުފަލުން ރޮނީ

ގޭގެ އާއި އޮފީސް ފަދަ ތަންތަން ބަދަލުވާ އިރު ތަކެތި އެއް ތަނުން އަނެއް ތަނަށް ގެންގޮސްދިނުމުގެ ޚިދުމަތް ދޭ ކުންފުންޏާ ގުޅުނު ޒުވާނާއަށް ސީއީއޯ ކާރު ދިނުމުން އުފަލުން ރޮނީ

އެއްތަނުން އަނެއް ތަނަށް މުދާ ގެންގޮސްދޭ ކުންފުންޏަކުން ލިބުނު ވަޒީފާ ފަށަން ތައްޔާރުވެފައި ވަނިކޮށް 'ވޯލްޓާ ކާރ'ގެ ކާރު ހަލާކުވިއެވެ. އެހެން ނަމަވެސް އެއީ އޭނާގެ ފުރަތަމަ ދުވަސް ކަމުން ވަޒީފާ އަދާ ކުރަން ހުރި ޝައުގުވެރިކަމެއްގެ ބޮޑުކަމުން ކޮންމެ ފަދަ ހުރަހެއް ކަޑައްތުކޮށްފައި ވެސް އެކަން ކުރަން އޭނާ ހުރީ ތައްޔާރަށެވެ. އޭނާ މަސައްކަތްކުރާ ތަން ހުންނަނީ ގެއާއި 32 ކިލޯމީޓަރު ދުރުގައެވެ. އެހެން ގޮތަކަށް ބުނާ ނަމަ އެއީ މަޖީދީ މަގުގެ އެއްކޮޅުން އަނެއް ކޮޅަށް 18 ބުރު ޖެހުން ފަދަ ކަމެކެވެ. ނުވަތަ މާލެ ވަށައި ހަ ބުރެވެ. އެއީ އެމެރިކާގެ ހޯމްވުޑާއި ޕެލްހާމްއާ ދެމެދެވެ.

އޭނާގެ އެ ނުރައްކާތެރި ދަތުރު ފެށީ މުޅި ދުވަސް އެއްކޮށް ހޭލާ އުޅުމަށް ފަހު ހަތަރު ގަޑިރުގެ ނިދި ނިދައިގެންނެވެ. މެންދަމުގެ ހަމަހިމޭން ބިރުވެރި ކަމުގެ ވަގުތުގައި ދަތުރު ފެށީ މަންމައަށް ވަދާއީ ސަލާމް ކޮށްފައެވެ. ދެމައިންގެ ދިރިއުޅުމަށް އާމްދަނީ ހޯދުމުގެ މަގްސަދުގައްޔާއި، އޭނާގެ މުސްތަގްބަލް ކުރި އެރުއްވުމަށްޓަކައެވެ. އެއްވެސް މެދުކެނޑުމެއް ނެތި އަވަސް ފިޔަވަޅުތަކާއެކު ކުރި ދިގު ދަތުރު ހުއްޓުވާލީ ކައިރިއަށް މަޑުކުރި ބައެކެވެ.

އޭނާގެ ނަސީބު ވެސް ރަނގަޅެވެ. އޭނާގެ ކައިރި އަށް މަޑުކުރީ ފޭރޭ ނުވަތަ އެފަދަ ނުބައި ބައެއް ނޫނެވެ. ފުލުހުންގެ ބައެކެވެ. ނަސްލީ އިމްތިޔާޒް ގެންގުޅޭ ކަމުގެ ގިނަ ރިޕޯޓްތައް ލިބެމުންދާ އެމެރިކާގެ ފުލުހުންގެ ތެރެއިން އެ ކާރުގައި ދަތުރު ކުރި ފުލުހަކީ ނަސީބަކުން އެ 'ނުބައި' ބަލި ވާރުތަ ވެފައި ހުރި މީހެއް ނޫނެވެ. އެހެންނޫން ނަމަ ކޮންމެފަދަ ކަމެއް ވެސް އޭނާ އަށް މެދުވެރިވުމުގެ ފުރުސަތު އޮތެވެ.

އެހާ ދިގު ރާސްތާއެއް ކަޑައްތުކޮށްފައި ވިއްސައްކަ އަހަރުގެ އެ ޒުވާނާ ދަނީ ކޮންތާކަށްތޯ އޮޅުން ފިލުވުމަށް ފަހު ފުލުސް ވަނީ އޭނާ އަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. ފުލުސް ވަނީ އޭނާގެ ކާރުގައި އެ ޒުވާނާ މަސައްކަތް ކުރަން ޖެހޭ ތަނަށް ގެންގޮސްދީފައެވެ. އަދި އޭގެ ކުރިން އެތަނާ ކައިރީގައި ހުރި ކެފޭއަކުން އޭނާ އަށް ހެނދުނުގެ ނާސްތާ ވެސް ދީފައި ވެއެވެ.

ގޭގެއާއި އޮފީސް ފަދަ އިމާރާތްތައް ބަދަލުވާ އިރު އެތަންތަނުގައި ހުންނަ މުދާތައް އެއްތަނުން އަނެއް ތަނަށް ގެންގޮސްދިނުމުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެއް ކަމުގައިވާ ބެލްހޮޕްސްގެ ޓްރެއިނީއެއްގެ ވަޒީފާ އަށް ކާރ ނިކުއި ފުރަތަމަ ދުވަހެވެ. އަދި އޭނާ މަސައްކަތްކުރަން ދާންޖެހުނީ ގެއަކަށެވެ. މިހެންކަމުން އެ ގެއަށް، އެ ފުލުސް ވަނީ ކާރ ގެންގޮސްދީފައެވެ. އަދި އެ ކުންފުނީގެ އެހެން މުވައްޒަފުން އެތަނަށް ދިއުމުގެ ކުރިން ކާރ އަށް އެ ގެއަށް ދެވުމުން، އެ ފުލުސް ވަނީ ކާރ އެ ގޭގެ މީހުންނަށް ތަޢާރަފް ކޮށްދީފައެވެ. އަދި ކާރގެ އެ ދަތުރުގެ ވާހަކަ އެ ގޭގެ މީހުންނާ ހިއްސާކޮށްފައެވެ. އަދި އެ ގޭގެ މީހުން ވަނީ ކާރގެ އެ ހައިރާންކުރަނިވި ވާހަކަ ކުންފުނީގެ މުއައްޒަފުން އެގެއަށް ދިޔުމުން އެ މުވައްޒަފުންނާ ވެސް ހިއްސާކޮށްފައެވެ.

އެ ގޭގެ މީހުންނާއި އެ ގެއަށް އެ ދުވަހު މަސައްކަތްކުރަން ދިޔަ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ވެސް ކާރ ގެ އެ ހިތްވަރަށް ތައުރީފު ލިބުނެވެ. ކާރގެ އެ ވާހަކަ އެ ގޭގެ މީހުން ވަނީ ފޭސްބުކް މެދުވެރިކޮށް އާންމުކޮށްފައެވެ. މި ސްޓޭޓަސްއަށް ކުޑަވަގުތު ކޮޅެއްގެ ތެރޭގައި އެތަށް ހާސް ލައިކް ލިބި އެތަކެއް ފަހަރު ޝެއާކޮށްފައި ވާއިރު، ވައިރަލް ވެފައިވާ އެ ސްޓޭޓަސްގެ ވާހަކަ ބެލްހޮޕްސް ކުންފުނީގެ ސީއީއޯއަށް ލިބުމުން އޭނާ ވަނީ، އޭނާގެ އަމަލުން މުޅި ދުނިޔެއަށް ނަމޫނާ ދައްކާފައެވެ.

އޭނާ ވަގުތުން ވަނީ އެ ކުންފުންޏާއި އަލަށް ގުޅުނު މުވައްޒަފުގެ ކައިރިއަށް ގޮސް، އޭނާގެ އަތުގައި އޮތް ކާރުގެ ތަޅުދަނޑި ހަވާލުކުރުމަށް ފަހު އެ ކާރަކީ އެ ވަގުތުން ފެށިގެން އެ ޒުވާނާގެ ކާރެއް ކަމަށް ބުނެފައެވެ. އެ ކުންފުނީގެ ސީއީއޯ ބުނީ އޭނާގެ އާއިލާއަށް އެ ކާރުން ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ކަމަށާއި ކާރ ގެ އާއިލާއަށް ވެސް ގިނަ ޚިދުމަތްތަކެއް އެ ކާރުން ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

ކެޓަރީނާ ހަރިކޭން ތޫފާނުގައި ކާރ އާއި އޭނާގެ މަންމަގެ ގެ ހަލާކުވެ ސުންނާފަތި ވެފައިވާއިރު، މިހާރު އުޅޭ ގެއަށް އެ މީހުން ބަދަލުވީ ރަނގަޅު ދިރިއުޅުމެއް ހޯދުމުގެ ނިޔަތުގައެވެ. އަދި އެ ކާރަކީ ރަގަޅު ފާލެއް ކަމަށާއި އެ ކާރު ވެގެން ދާނީ ކާރ އަށް އޭނާ ކުރި މަސައްކަތް އަބަދު ވެސް ރަމްޒު ކޮއްދޭނެ އެއްޗެކަށް ކަމަށް އުއްމީދު ކުރާ ކަމަށް ވެސް އެ ކުންފުނީގެ ސީއީއޯ ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

29 މެއި 2023

ސަރުކާރު ވަޒީފާއިން ލިބޭ މުސާރާއިން ނުފުދިގެން ޝަކުވާކޮށްލަކޮށްލާ ހުންނާނީތަ، ނޫނީ...؟

29 މެއި 2023
ސަރުކާރު ވަޒީފާއިން ލިބޭ މުސާރާއިން ނުފުދިގެން ޝަކުވާކޮށްލަކޮށްލާ ހުންނާނީތަ، ނޫނީ...؟
09 ސެޕްޓެމްބަރު 2022

ފޯނެއް އޮތީވިއްޔާ ވަޒީފާވެސް ތިއޮތީ ލިބިފައެވެ!

09 ސެޕްޓެމްބަރު 2022
ފޯނެއް އޮތީވިއްޔާ ވަޒީފާވެސް ތިއޮތީ ލިބިފައެވެ!
25 އޯގަސްޓު 2022

ސަތޭކަ އެތައް މިލިއަން އަހަރެއް ކުރިން ޑައިނަސޯ ހިނގިކަމަށް ބުނާ މަގެއް ފެނިއްޖެ

25 އޯގަސްޓު 2022
ސަތޭކަ އެތައް މިލިއަން އަހަރެއް ކުރިން ޑައިނަސޯ ހިނގިކަމަށް ބުނާ މަގެއް ފެނިއްޖެ
18 އޯގަސްޓު 2022

އޮންލައިން ކްލާހެއްގައި، ގެންގުޅޭ ބުޅާދެއްކުމުން ވަޒީފާއިން ވަކިކުރި ޓީޗަރަކަށް ކޯޓުން ބަދަލުދީފި

18 އޯގަސްޓު 2022
އޮންލައިން ކްލާހެއްގައި، ގެންގުޅޭ ބުޅާދެއްކުމުން ވަޒީފާއިން ވަކިކުރި ޓީޗަރަކަށް ކޯޓުން ބަދަލުދީފި
02 ޖުލައި 2022

ދަރިން ގޮވައިގެން ވަޒީފާ އަދާކުރާ ބަފައިންނަށްވެސް ސެލިއުޓް ހައްގު!

02 ޖުލައި 2022
ދަރިން ގޮވައިގެން ވަޒީފާ އަދާކުރާ ބަފައިންނަށްވެސް ސެލިއުޓް ހައްގު!
18 ސެޕްޓެމްބަރު 2019

ކޫލީގެ ސެޓްގައި ހިނގި އަލިފާނުގެ ހާދިސާގައި 2.5 ކްރޯޑްގެ ގެއްލުމެއް ލިބިފައިވޭ

18 ސެޕްޓެމްބަރު 2019
ކޫލީގެ ސެޓްގައި ހިނގި އަލިފާނުގެ ހާދިސާގައި 2.5 ކްރޯޑްގެ ގެއްލުމެއް ލިބިފައިވޭ
19 އޯގަސްޓު 2019

ޕަސެންޖަރަކާ ދިމާލަށް ''ކަލޭ ހުތުރޭ'' ބުނެގެން އެއާޕޯޓްގެ ސެކިއުރިޓީއަކު ވަޒީފާއިން ވަކި ކޮށްފި

19 އޯގަސްޓު 2019
ޕަސެންޖަރަކާ ދިމާލަށް ''ކަލޭ ހުތުރޭ'' ބުނެގެން އެއާޕޯޓްގެ ސެކިއުރިޓީއަކު ވަޒީފާއިން ވަކި ކޮށްފި
12 ޖެނުއަރީ 2018

ބޮސްޓަން މިއުޒިއަމް އޮފް ފައިން އާޓްސްއިން ކުއްތާއަކަށް ވަޒީފާ ދީފި

12 ޖެނުއަރީ 2018
ބޮސްޓަން މިއުޒިއަމް އޮފް ފައިން އާޓްސްއިން ކުއްތާއަކަށް ވަޒީފާ ދީފި
11 މެއި 2017

"ބާހްބަލީ 2" ނުބެލުމުން ވަޒީފާއިން ވަކިކޮށްފި

11 މެއި 2017
"ބާހްބަލީ 2" ނުބެލުމުން ވަޒީފާއިން ވަކިކޮށްފި
20 އެޕްރީލު 2017

ރާބޮއެގެން ހުރީތީ އާލިއާގެ ބޮޑީގާޑު ވަޒީފާއިން ވަކިކޮށްފި

20 އެޕްރީލު 2017
ރާބޮއެގެން ހުރީތީ އާލިއާގެ ބޮޑީގާޑު ވަޒީފާއިން ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް