Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއާލިއާ ބަޓް

ރާބޮއެގެން ހުރީތީ އާލިއާގެ ބޮޑީގާޑު ވަޒީފާއިން ވަކިކޮށްފި

މިކަމެއް ހިނގާފައި ވަނީ ދަންވަރުގެ ވަގުތެއްގައި ސިދާތު މަލޯތުރާ ގެއިން އެނބުރި ގެއަށް ދިޔަ ވަގުތު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 20 އެޕްރީލު 2017 | ބުރާސްފަތި 11:12
އާލިއާ ބަޓް

އާލިއާ ބަޓް

އާލިއާގެ ބޮޑީގާޑް ޑިއުޓީ ވަގުތު މަސްތުގެ ހާލަތުގައި ހުރި ކަމަށް ބުނެ ވަޒީފާ އިން ވަކިކޮށްފިއެވެ.

އާލިއާ ލޯބީގެ ގޮތުން ގުޅިގެން ކަމަށް ބުނާ އެކްޓަރު ސިދާތު މަލްހޯތުރާގެ ގޭގައި ހުރުމަށް ފަހު ދަންވަރު ތިނެއް ޖެހިއިރު އެނބުރި ދިއުމަށް އޭނާގެ ބޮޑީގާޑަށް ފުލުފުލުގައި އާލިއާ ގުޅިއެވެ. އެތައް ފަހަރަކު ގުޅިފަހުން ބޮޑީގާޑް ފޯނަށް ޖަވާބު ދިނުމަށްފަހު ވަނީ އޭނާ ބަލައި ސިދާތުގެ ގެއަށް ގޮސްފަ އެވެ.

ބޮޑީގާޑް އާލިއާ ބަލައި ކާރުގައި ދިއުމުން އޭނާއާ އެކު ގެއަށް ދަނިކޮށް އާލިއާ އަށް ވަނީ ބޮޑީގާޑް ރާބޮއެގެން ހުރި ކަމަށް ޝައްކުކުރެވިފަ އެވެ. ބޮޑީގާޑް ވާހަކަދެއްކުމުގައި އަޅައަޅައިގަންނަ ގޮތެއް ހުރުމުން އެއްވެސް އެއްޗެކޭ ނުބުނެ އިނނީ ގެއާ ހަމައަށް ފޯރަންދެންނެވެ. ގެއަށް ދެވުމުން އޭނާ ޑިއުޓީގައި މަސްތުވެގެން ހުރީތީ އޭނާއާ ސުވާލުކުރި އެވެ. އެހެން ނަމަވެސް ބޮޑީގާޑު އެކަމަށް އެއްބަސް ނުވުމުން ބޮޑީގާޑު ވަޒީފާއިން ވަކިކުރުމަށް އާލިއާގެ މަންމަ ސޯނީ ކައިރީގައި ބުނީ ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވެއެވެ. އަދި ބޮޑީގާޑް މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

އާލިއާ ބަޓްއާ އެކު "ސްޓޫޑަންޓް އޮފް ދަ އިޔާ" އާއި "ކަޕޫރު އެންޑް ސަންސް"ގައި މަސައްކަތްކޮށްފައިވާ އެކްޓަރު ސިދާތު މަލްހޯތުރާއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަބަދުވެސް އަޑުތައް ފެތުރެއެވެ. އެހެން ނަމަވެސް ދެ މީހުން ވެސް އެކަން ދޮގުކުރެއެވެ. މަޝްހޫރު ޓީވީ ޝޯއެއް ކަމަށްވާ "ކޮފީ ވިތު ކަރަން"ގައި، ދެ މީހުން އުޅެނީ ރައްޓެހިވެގެންތޯ އާލިއާ ކައިރީ އެހުމުން އޭނާ ބުނެފައި ވަނީ އެދެމީހުންގެ ދޭތެރޭގައި އޮންނަނީ ވަރަށް ހާއްސަ ގުޅުމެއް ކަމަށާއި ނަމަވެސް އެދެމީހުން ރައްޓެހި ނުވާ ކަމަށެވެ.

އެހެން ނަމަވެސް "ޑިއާ ޒިންދަގީ"ގެ ސްޕެޝަލް ސްކްރީނިން އަށް އާލިއާ ދައުވަތުދިން މެހެމާނުންގެ ތެރޭގައި ވެސް ސިދާރްތު ހިމެނެއެވެ. ފިލްމު ބެލުމަށް ފަހު ސިދާތު ވަނީ އެ ފިލްމުގައި އާލިއާގެ މޮޅުކަމަށް ތައުރީފުކޮށް ޓްވީޓްކޮށް އެ ފިލްމުގައި އާލިއާ ދީފައި ވަނީ އޭނާގެ ކެރިއަރުގެ އެންމެ މޮޅު ޕަފޯމަންސް ކަމަށް ބުނެފައި ވެއެވެ. ސިދާތުގެ ޓްވީޓަށްޖަވާބުދެމުން "ޝުކުރިއްޔާ ސިދް" އޭ ބުނުމަށް ފަހު ވަރަށް ލޯބިވާ ކަމަށް ވެސް އާލިއާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ދާދިފަހުން ބޭއްވި ފެޝަން ޝޯއަކަށް ވެސް އާލި އާއި ސިދާތު ވަނީ އަތާ އަތް ގުޅާލައިގެން ގޮސްފައެވެ. އެމަންޒަރުފެނި ވަރަށްގިނަ މީހުން ވަނީ އެދެމީހުން އުޅެނީ ރައްޓެހިވެގެން ކަމަށާއި މީހުންގެ ގުޅުން ދެން ސިއްރުކުރަން ބޭނުން ނުވާ ކަމަށް ބުނެ ސޯޝަލްމީޑިއާގައި ކޮމެންޓްކޮށްފައެވެ.

އިތުރަށް ކިޔާލަން

17 މެއި 2020

އާލިއާގެ އިސްތަށިގަނޑު ކޮށައިދިނީ 'ރަންބީރު' ތަ؟

17 މެއި 2020
އާލިއާގެ އިސްތަށިގަނޑު ކޮށައިދިނީ 'ރަންބީރު' ތަ؟
07 ފެބުރުއަރީ 2020

ރަންބީރާއި އާލިއާގެ ކައިވެނި ޑިސެމްބަރުގައި

07 ފެބުރުއަރީ 2020
ރަންބީރާއި އާލިއާގެ ކައިވެނި ޑިސެމްބަރުގައި
19 އޯގަސްޓު 2019

ޕަސެންޖަރަކާ ދިމާލަށް ''ކަލޭ ހުތުރޭ'' ބުނެގެން އެއާޕޯޓްގެ ސެކިއުރިޓީއަކު ވަޒީފާއިން ވަކި ކޮށްފި

19 އޯގަސްޓު 2019
ޕަސެންޖަރަކާ ދިމާލަށް ''ކަލޭ ހުތުރޭ'' ބުނެގެން އެއާޕޯޓްގެ ސެކިއުރިޓީއަކު ވަޒީފާއިން ވަކި ކޮށްފި
26 ޖުލައި 2019

"އިންޝާﷲ" ގައި ސަލްމާން އާއި އާލިއާގެ އިތުރުން އިތުރު ތަރިއެއް

26 ޖުލައި 2019
"އިންޝާﷲ" ގައި ސަލްމާން އާއި އާލިއާގެ އިތުރުން އިތުރު ތަރިއެއް
11 އޮކްޓޯބަރު 2018

އާލިއާގެ އަތުން ކެޓްރީނާ އަތުލަން ބޭނުންވަނީ ކޮން އެއްޗެއް؟

11 އޮކްޓޯބަރު 2018
އާލިއާގެ އަތުން ކެޓްރީނާ އަތުލަން ބޭނުންވަނީ ކޮން އެއްޗެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު