Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޭސްފަރުވާއަށް އަދީބު ފުރާވަޑައިގަތުން

ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދޭން އަދީބުގެ ފަރާތްޕުޅުން އެދިއްޖެ

ރާއްޖޭން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ އެ އިދާރާއިން އަދީބަށް ދީފައިވަނީ 10 ދުވަހުގެ މުއްދަތަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 ޖުލައި 2023 | ހޮނިހިރު 07:46
އަދީބު އެޑްމިޓުކޮށްފައި

އަދީބު އެޑްމިޓުކޮށްފައި

ކުރީގެ ނާއިބުރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ, ކަރެކްޝަނަލް ސަރވިސްއިން ދީފައިވާއިރު، ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް އޭނާގެ ފަރާތްޕުޅުން އެދިއްޖެއެވެ.

ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ރާއްޖޭން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ އެ އިދާރާއިން އަދީބަށް ދީފައިވަނީ 10 ދުވަހުގެ މުއްދަތަކަށެވެ. އެއީ މެޑިކަލް ބޯޑުގެ ލަފަޔާއެކުއެވެ.

Advertisement - newsAdvertisement

ކަރެކްޝަންސްގެ އޮފިޝަލަކު ރާއްޖެއެމްވީއަށް ވިދާޅުވީ، އާންމު އުސޫލުން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ ގައިދީންގެ ފަރުވާ ނުނިމޭނަމަ، އެކަމާގުޅޭ ލިޔެކިއުންތަކާއެކު އެ އިދާރާއަށް ހުށަހަޅަންޖެހޭ ޖެހޭ ކަމަށެވެ. އެގޮތުގެ މަތިން އަދީބުވެސް ލިއެކިއުންތައް ހުށައަޅުއްވާފައިވާއިރު، ކަރެކްޝަންސްއިން މިހާރު ގެންދަނީ އެކަމާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.

ކަރެކްޝަންސްއިން ބުނީ، އަދީބު ރާއްޖެއިން ބޭރުގައި ހުންނަވާ މުއްދަތުގައި އެ އިދާރާއިންނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މޮނީޓަރު ކުރަމުން ގެންދާނެ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލާގައި އަދީބަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކުރީ 2020 ވަނަ އަހަރުއެވެ. އެކަމަކު ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމާއެކު، އެ ހުކުމަށްފަހު އަދީބު ޖަލު ބަންދުން ގޭބަންދަށް ބަދަލުކުރީ ސިއްހީ ހާލުކޮޅު ހުރިގޮތުން ކަމަށް ބުނެއެވެ.

އޭގެ ފަހުން އަދީބުގެ ހާލުކޮޅު ސީރިއަސްވެ، އައިޖީއެމްއެޗްގައި ދާދި ފަހުން ވަނީ ފަރުވާ ދީފައެވެ. އަދީބު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ އެމްޓީޑީން މީގެ ކުރިން ބުނެފައިވަނީ އަދީބު ގެންދަވަނީ ފުރާނައަށް ނުރައްކާވާފަދަ ނާރުގެ ބައްޔެއް ތަހައްމަލުކުރައްވަމުން ކަމަށެވެ.

އެމްޓީޑީން ބުނީ އަދީބު ފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވީ އެކި ޑޮކްޓަރުން އެކަމަށް ލަފާދެއްވާފައިވާތީ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015އިން 2018އަށް އަދީބަށް ނުހައްގުން އަނިޔާދީ، ބޭސްފަރުވާއަށް ހުރަސްއަޅާފައި ވާކަމަށާއި، އަދީބުގެ ސިއްހީ ހާލުކޮޅު ގޯސްވެ، އެކި ބަލިތައް ޖެހިވަޑައިގަތީ އެ ދުވަސްވަރު ކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.

އެމްޓީޑީން ވަނީ ކުރީ ސަރުކާރުން އަދީބާމެެދު އެފަދަ ގޮތަކަށް އަމަލުކުރި ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ލިބުމަށް އިންސާފުވެރި މަގެއް ފަހިކޮށްދީފައި ވާކަމަށް ގަބޫލުކުރާ ކަމަށް ބުނެފައެވެ. ކޮންމެ މީހަކަށް ވެސް އެމީހެއްގެ ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ލިބުމަކީ އަސާސީ ހައްގެއްކަމަށް އެޕާޓީން ބުނެއެވެ.

އިތުރަށް ކިޔާލަން

31 މާރިޗު 2017

ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި

31 މާރިޗު 2017
ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި
23 މާރިޗު 2017

ބްރޯޑްކާސްޓަރުންގެ އަހަރީ ރިޕޯޓު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

23 މާރިޗު 2017
ބްރޯޑްކާސްޓަރުންގެ އަހަރީ ރިޕޯޓު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
21 މާރިޗު 2017

ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބަކަށް ވުމުގެ މުއްދަތު އިތުރުކޮށްފި

21 މާރިޗު 2017
ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބަކަށް ވުމުގެ މުއްދަތު އިތުރުކޮށްފި
03 މާރިޗު 2017

ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

03 މާރިޗު 2017
ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި
27 ފެބުރުއަރީ 2017

ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ

27 ފެބުރުއަރީ 2017
ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު