Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހަށިވިއްކުން

މާލޭގައި ހިންގާ ސެލޫނެއްގައި ހަށިވިއްކަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި، ދިވެހިންވެސް ހިމެނޭ

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުންވެސް ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 22 ޖުލައި 2023 | ހޮނިހިރު 07:18
ކުރިމިނަލް ކޯޓު

ކުރިމިނަލް ކޯޓު

ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ނެޓްވޯކެއް، ދިވެހި ފުލުހުންގެ ޚިދުމަތުން އަތުލައިގެންފިއެވެ.

ފުލުހުން ބުނީ، މާލޭގައި ހިންގަމުން ދިޔަ އެލޯރާ ސްޕާ އެންޑް ސެލޫންގައި ހަށިވިއްކަމުންދާކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސްއާއި، އެންޓި ހިއުމަން ޓްރެފިކިންގ ޑިޕާޓްމަންޓާއި، އިންޓެލިޖެންސް އަދި އިމިގްރޭޝަން ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ.

Advertisement - newsAdvertisement

އޭގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފައިވަނީ ނިވާކަން ކުޑަކޮށް ތިއްބައި ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި 2 ދިވެހިންވެސް ހިމެނެއެވެ.

އެއީ 39 އަހަރުގެ ދިވެހި ފިރިހެނަކާއި 38 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭގެ ތެރެއިން 39 އަހަރުގެ މީހާ 5 ދުވަހަށް ބަންދުކުރުމަށް ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި 38 އަހަރުގެ މީހާ 10 ދުވަހަށް ބަންދު ކުރުމަށްވެސް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލާގައި ދެން ހައްޔަރުކޮށްފައިވަނީ ތައިލެންޑަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ ދެ އަންހެނަކާއި، ލަންކާއަށް ނިސްބަތްވާ އުމުރުން 43 އަހަރުގެ އަންހެނެކެވެ. އެ ތިން މީހުންވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ކޯޓު އަމުރުގައި ބުނެފައިވާގޮތުގައި، އެމީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ކޮންމެވެސް ވަރެއްގެ ހެކި ހުށަހެޅިފައިވެއެވެ. އެމީހުން ބަންދު ކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާފައެވެ.

ކުރިމިނަލް ކޯޓުގައި މި އަމުރު ނެރުއްވީ ގާޒީ އަލީ އާދަމްއެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުންވެސް ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު