Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެޓޯލްސް އެފްސީ

އަޅުގަނޑަކީ ބަޔަކު ކަމެއް ދޭނެ ކަމަށް، ހަވާލު ކުރާނެ ކަމަށް މަޑު ކުރާނެ މީހެއް ނޫން: ބަލަކް

ބަޔަކާ ހަނގުރާމަކުރައްވައި، ހައިޖާނު ހައްދަވައިގެން އެފްއޭއެމްގެ ރައީސްކަމަށް ވަޑައިގަންނަވަން ބޭނުންފުޅެއްނުވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ޖުލައި 2023 | ހޮނިހިރު 03:44
އެޓޯލްސް އެފްސީގެ ހެޑް ކޯޗު އަލީ ވަހީދު (ބަލަކް)

އެޓޯލްސް އެފްސީގެ ހެޑް ކޯޗު އަލީ ވަހީދު (ބަލަކް)

ބަޔަކު ކަމެއް ދޭނެ ކަމަށް، ނުވަތަ ހަވާލު ކުރާނެ ކަމަށް ނުހުންނަވާނެ ކަމަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު (ބަލަކް) ވިދާޅުވެއްޖެއެވެ.

ބަލަކް މިހެން ވިދާޅުވީ އޭނާ އިސްކޮށް ހުންނަވައި، އުފެއްދެވި އެޓޯލްސް ފުޓުބޯޅަ ކުލަބު ރަސްމީކޮށް ލޯންޗު ކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަމުންނެވެ. އެގޮތުން ދިވެހި ފުޓުބޯޅަ އަޑިއަޅާލާފައިވާ ވަގުތެއްގައި، ފުޓުބޯޅައިގެ މައި އިދާރާ ހިންގުމުގެ ވިސްނުންފުޅު ނުގެންގުޅުއްވައި، ފުޓުބޯޅަ ކުލަބެއް އުފައްދަވަން ނިންމެވީ ކީއްވެތޯ ނޫސްވެރިން ވަނީ ސުވާލު ދަންނަވާފައެވެ. އެ ސުވާލުގެ ޖަވާބުގައި ބަލަކް ވިދާޅުވީ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަކީ ދިވެހި ފުޓުބޯޅަ ކޮމިއުނިޓީގެ އެއްޗެއް ކަމަށެވެ. އެ އިދާރާގެ ރައީސްކަމުގައި ހުންނަވާނީ ފުޓުބޯޅަ ކޮމިއުނިޓީން ބޭނުންވާ ބޭފުޅެއްކަން ފާހަގަކުރައްވައި ބަަލަކް ވިދާޅުވީ، ބަޔަކާ ހަނގުރާމަކުރައްވައި ހައިޖާނު ހައްދަވައިގެން އެފްއޭއެމްގެ ރައީސްކަމަށް ވަޑައިގަތުމަށް ބޭނުންފުޅު ނުވާކަމަށެވެ. ނަމަވެސް ފުޓުބޯޅަ ކޮމިއުނިޓީގައި އުޅުއްވާ ބޭޭފުޅުން ބޭނުންފުޅުވާނަމަ، ކިޓު މެނޭޖަރެއްގެ ގޮތުގައި ވިޔަސް މަސައްކަތް ކުރައްވާނެ ކަމަށް ބަލަކް ވަނީ ވިދާޅުވެފައެވެ.

އެޓޯލްސް ފުޓުބޯޅަ ކުލަބުގެ ހެޑް ކޯޗުގެ ގޮތުގައި ފެނިގެންދާނެ ބަލަކް ވިދާޅުވީ، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަކީވެސް ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށާއި، އޮންނަނީ ރަނގަޅު ގުޅުމެއް ކަމަށެވެ. ހަމައެއާއެކު ފުޓުބޯޅައިގެ ކަންކަން ރަނގަޅު ކުރުމަށް "ސޭވް އެފްއޭއެމް"ގެ ނަމުގައި ކެމްޕެއިނެއް ފަށައިގެން އުޅުއްވާ ބޭފުޅުންނާވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށް ވަނީ ވިދާޅުވެފައެވެ.

އެޓޯލްސް ފުޓުބޯޅަ ކުލަބާއެކު ބަލަކް ވަނީ ގިނަ ލަނޑު ދަނޑިތަކެއް ކަނޑައަޅުއްވައި، އެކަން ހާސިލް ކުރުމަށް ވަކި މުއްދަތުތަކެއް ކަނޑައަޅުއްވާފައެެވެ. އިނގިރޭސިވިލާތުގެ ސްޕޯޑިން ލަންޑަނުގެ ކޯޗަކަށް މަސައްކަތްކުރެއްވި ދުވަސްވަރު ލިބިވަޑައިގެން ތަޖުރިބާއާއެކު، ބަލަކްގެ އަމާޒަކީ ދިވެހި ފުޓުބޯޅައިގެވެސް އައު ޖީލެއް ބިނާކުރެއްވުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް

ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް

09 މާރިޗު 2017
ވެންގާ އާސެނަލް ދޫކޮށްފި ނަމަ ހަވާލުވުން އެންމެ ގާތީ ރެއާލްއާ: ރިޕޯޓް

ވެންގާ އާސެނަލް ދޫކޮށްފި ނަމަ ހަވާލުވުން އެންމެ ގާތީ ރެއާލްއާ: ރިޕޯޓް

28 ފެބުރުއަރީ 2017
އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު