Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނެޓްބޯލް

ނެޓްބޯލް އަމްޕަޔަރުންނަށް ޖާޒީ ހަވާލުކޮށްފި

މި ކޯހުން 8 ބައިވެރިޔަކު ވަނީ ފާސްވެފަ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 11 ފެބުރުއަރީ 2017 | ހޮނިހިރު 20:09
ނެޓްބޯލް އަމްޕަޔަރުންނަށް ޖާޒީ ހަވާލުކުރަނީ

ނެޓްބޯލް އަމްޕަޔަރުންނަށް ޖާޒީ ހަވާލުކުރަނީ

ނެޓްބޯލް އެސޯސިއޭޝަނުން ކުރިއަށްގެންދިޔަ ނެޓްބޯލް އަމްޕަޔަރިން ކޯސް ނިންމައި އެ ކޯހުން ފާސްވި ފަރާތްތަކަށް ޖާޒީ ހަވާލުކޮށްފި އެވެ.

ކޯހުން ފާސްވި އަމްޕަޔަރުންނަށް ޖާޒީ ހަވާލުކޮށްދެއްވީ ނެޓްބޯލް އެސޯސިއޭޝަންގެ ރައީސާ އައިމިނަތު ޝާޒްލީން އެވެ.

ޖާޒީ ހަވާލުކުރުމުގެ ހަފްލާއަށްފަހު ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ނެޓްބޯލް އެސޯސިއޭޝަންގެ ސީއޯއޯ އަހުމަދު އަދުހަމް ވިދާޅުވީ މިއަދު ޖާޒީ ހަވާލުކުރެވިގެންދިޔައީ އެންމެ ފަހުން ބޭއްވުނު ނެޓްބޯލް އަމްޕަޔަރިންގ ކޯހުން ފާސްވި ފަރާތްތަކަށް ކަމަށާއި އެގޮތުން އެފަރާތްތަކުން މިހާރު ކުރިއަށްދާ އޮފީސް ކޮމްޕެނީ ނެޓްބޯޅަ މުބާރާތުގައި އަމްޕަޔަރުކަން ކުރަމުންދާނެ ކަމަށެވެ.

އަދުހަމް ވިދާޅުވީ ކޯހުގެ ބައިވެރިން ވަނީ މީގެ ކުރިން އެސޯސިއޭޝަނުން އަތޮޅުތެރޭގައާއި މާލޭގައި ކުރިއަށްގެންދިޔަ ބައެއް މުބާރާތްތައް އަދި ޓްރެއިނިންގ ޝެޝަންތަކުގައި ބައިވެރިވެ އިތުރު އެކްސްޕީރިއެންސް ހޯދާފައި ކަމަށާއި އެހެން ކަމުން މިހާރު އެ ފަރާތްތަކުން ކުރަމުންދަ މަސައްކަތް އެތަށް ގުނައެއް ރަނގަޅު ވެގެންދާނެ ކަމަށެވެ.

މިހާރު ކުރިއަށްދާ އޮފީސް ކޮމްޕެނީ ނެޓްބޯޅަ މުބާރާތާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އަދުހަމް ވިދާޅުވީ މި އަހަރުގެ މުބާރާތުގައި ވަރަށް ވާދަވެރި ޓީމުތައް ހިމެނޭ ކަމަށާއި އަދި ކޮންމެ ޓީމެއްގެ ވެސް ސަޕޯޓަރުންގެ ފަރާތުން މުބާރާތަށް އިތުރު ކުރިއެރުމެއް ގެނެސްދީފައިވާ ކަމަށެވެ.

މި ކޯހުން ވަނީ 8 ފަރާތަކަށް މުބާރާތްތަކުގައި އަމްޕަޔަރުކަން ކުރުމުގެ ފާސް ލިބިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ރިލްވާން އާދަމާއި ޝާމިން އިބްރާހިމާއި ފާތިމަތު އަބްދުލް މަޖީދާއި ފާތިމަތު ޝިޒްލީންގެ އިތުރުން ރިފްގާ ރަޝީދާއި މިފްތާހް އިބްރާހިމާއި ސިރާޖް އާދަމް އަދި ބުންޔާމިން ޔޫސުފެވެ.

އިތުރަށް ކިޔާލަން

15 އެޕްރީލު 2017

ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ

15 އެޕްރީލު 2017
ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ
14 އެޕްރީލު 2017

ދެވަނަ ޑިވިޝަންގައި ވާދަކުރާ "ދަ ގްރާންޑޭ" ޓީމަށް ޖާޒީ ހަވާލުކޮށްފި

14 އެޕްރީލު 2017
ދެވަނަ ޑިވިޝަންގައި ވާދަކުރާ "ދަ ގްރާންޑޭ" ޓީމަށް ޖާޒީ ހަވާލުކޮށްފި
09 އެޕްރީލު 2017

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ދެ އަހަރު ދުވަހަށް ވަންލީއާ ހަވާލުކޮށްފި

09 އެޕްރީލު 2017
އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ދެ އަހަރު ދުވަހަށް ވަންލީއާ ހަވާލުކޮށްފި
02 އެޕްރީލު 2017

ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް: މިއަހަރުގެ ޓާގެޓަކީ ލެވެލް މަތިކުރުން

02 އެޕްރީލު 2017
ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް: މިއަހަރުގެ ޓާގެޓަކީ ލެވެލް މަތިކުރުން
01 އެޕްރީލު 2017

ނެޓްބޯލް ސީ ބެޖް ހަތަރު އަމްޕަޔަރުން ސިންގަޕޫރަށް

01 އެޕްރީލު 2017
ނެޓްބޯލް ސީ ބެޖް ހަތަރު އަމްޕަޔަރުން ސިންގަޕޫރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު