Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލް ނަސްރު

ބެންފީކާ މެޗަށްފަހު އަލް ނަސްރުން ޖަޕާނަށް

އަލް ނަސްރުގެ މައްޗަށް ބެންފީކާއިން ކުރިހޯދީ 4-1ން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ޖުލައި 2023 | ހޮނިހިރު 02:32
އަލް ނަސްރާއި ބެންފީކާ ކުޅުނު މެޗުގެ ތެރެއިން

އަލް ނަސްރާއި ބެންފީކާ ކުޅުނު މެޗުގެ ތެރެއިން

ކުލަބު ރަހުމަތްތެރިކަމުގެ މެޗުގައި ބެންފީކާ އަތުން ބަލިވި މެޗަށްފަހު، ސައޫދީ ޕްރޯ ލީގުގެ އަލް ނަސްރުން ޖަޕާނު ކޭމްޕަށް ފުރައިފިއެވެ.

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ އަލް ނަސްރުގެ މައްޗަށް ބެންފީކާއިން ކުރި ހޯދީ 4-1ންނެވެ. މެޗު ފަށައިގެން 23 ވަނަ މިނެޓުގައި ބެންފީކާއަށް ލީޑު ނަގައިދިނީ އާޖެންޓީނާގެ އެންހެން ޑި މާރިއާއެވެ. މިއީ ޔުވެންޓަސް ދޫކޮށްލުމަށްފަހު ބެންފީކާއަށް ބަދަލުވިފަހުން ޑި މާރިއާ އެ ކުލަބަށް ކުޅެދިން ފުރަތަމަ މެޗެވެ. ބެންފީކާގެ ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ޖެހީ ޕޯޗުގަލްގެ ގޮންޒާލޯ ރާމޯސްއެވެ. ދެވަނަ ލަނޑު އޭނާ 31 ވަނަ މިނެޓުގައި ޖެހިއިރު، ތިން ލވަނަ ލަނޑު ޖެހީ އޭގެ ހަތަރު މިނެޓު ފަހުންނެވެ. އަލް ނަސްރުގެ ހަމައެކަނި ލަނޑު މެޗުގެ 42 ވަނަ މިނެޓުގައި ޖެހީ ސުލްތާން އަލް ޣަންނަމްއެވެ. ބެންފީކާގެ ހަތަރުވަނަ ލަނޑު، ދެވަނަ ހާފުގައި ޖެހީ ނޯވޭގެ ޒުވާން ކުޅުންތެރިޔާ އަންދްރިއާސްއެވެ.

މިއީ އަލް ނަސްރުން ކުޅުނު ރަހުމަތްތެރިކަމުގެ ހަތަރުވަނަ މެޗެވެ. ފުރަތަމަ ދެ މެޗުގައި އެ ޓީމު ވަނީ މޮޅުވެފައެވެ. ތިންވަނަ މެޗުގައި ބަލިވީ ސްޕެއިންގެ ސެލްޓަ ވީގޯ އަތުންނެވެ. ޖަޕާނުގައި ކުރިއަށްގެންދާ ކޭމްޕުގައި މި މަހުގެ 25 ވަނަ ދުވަހު އަލް ނަސްރު ނިކުންނާނީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ދެކޮޅަށެވެ. މީގެ ކުރިންވެސް މި ދެ ކުލަބު ވަނީ ރަހުމަތްތެރިކަމުގެ މެޗެއް ކުޅެފައެވެ.

އިތުރަށް ކިޔާލަން

16 މެއި 2017

ބެންގަލޫރު މެޗަށްފަހު ޓީމު އޮތީ އިތުބާރާއެކު، މާޒިޔާ ބަލިކުރެވޭނެ: އަބަހާނީ ކޯޗު

16 މެއި 2017
ބެންގަލޫރު މެޗަށްފަހު ޓީމު އޮތީ އިތުބާރާއެކު، މާޒިޔާ ބަލިކުރެވޭނެ: އަބަހާނީ ކޯޗު
14 މެއި 2017

ބެންފީކާއިން ހަތަރުވަނަ ފަހަރަށް ލީގު ތަށި އުފުލާލައިފި

14 މެއި 2017
ބެންފީކާއިން ހަތަރުވަނަ ފަހަރަށް ލީގު ތަށި އުފުލާލައިފި
13 މެއި 2017

މާޒިޔާ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ހުރީ ހަނު!

13 މެއި 2017
މާޒިޔާ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ހުރީ ހަނު!
19 އެޕްރީލު 2017

މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް

19 އެޕްރީލު 2017
މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް
26 މާރިޗު 2017

ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި

26 މާރިޗު 2017
ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު