Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭއެފްސީކަޕް

ބެންގަލޫރު މެޗަށްފަހު ޓީމު އޮތީ އިތުބާރާއެކު، މާޒިޔާ ބަލިކުރެވޭނެ: އަބަހާނީ ކޯޗު

އޭއެފްސީ ކަޕްގައި އަބާނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން އެޓީމު ބަލިވެފައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 16 މެއި 2017 | އަންގާރަ 16:57
މެޗުގެ ކުރިން މަމިކް ޕްރެސް ކޮންފެރެންސްގައި ވާހަކަދައްކަނީ

މެޗުގެ ކުރިން މަމިކް ޕްރެސް ކޮންފެރެންސްގައި ވާހަކަދައްކަނީ

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ބެންގަލޫރު އެފްސީއަތުން ޑާކާ އަބަހާނީ މޮޅުވި މެޗަށްފަހު އެޓީމު އޮތީ އިތުބާރާއެކު ކަމަށާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކުރެވޭނެކަމަށް އަބަހާނީގެ ކޯޗު ޑްރެގޯ މަމިކް ބުނެފި އެވެ.

މެޗުގެ ކުރިން ގަލޮޅު ދަނޑުގައި ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި މަމިކް ބުނީ މިދިޔަ އަހަރު އޭއެފްސީ ކަޕްގެ ދެވަނަ ހޯދި ބެންގަލޫރް ޓީމު ބަލިކުރެވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ދެކޭ ކަމަށާއި، އެ މެޗަށްފަހު ޓީމު މިހާރު އޮތީ ވަރަށް އިތުބާރާ އެކުގައި ކަމަށެވެ.

މަމިކް ބުނީ މާޒިޔާ އާއި އަބާނީ ބަންގްލަދޭޝްގައި ކުޅުނު މެޗުގެ ކުރިން އޭނާ އަށް ޓީމު ތައްޔާރުކުރަން ލިބުނީ އެންމެ ހަތް ދުވަސް ކަމަށާއި، އެހެންނަމަވެސް މިހާރު ކުރީގެ ހާލަތާ އަޅާބަލާއިރު، ވަރަށް ގިނަ ކަންތައްތައް ރަނގަޅުކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން އޭނާ ބުނީ ޓީމުގައި އަނިޔާގެ މައްސަލަތައް އެބަހުރި ކަމަށާއި، އެހެންނަމަވެސް މެޗުން ރަނގަޅު ނަތީޖާއެއް ހޯދަން މަސައްކަތްކުރާނެ ކަމަށެވެ.

މާޒިޔާ އިން ކައިރި ކައިރީގައި މެޗުތައް ކުޅެފައިވާކަން ފާހަގަކުރަމުން މަމިކް ބުނި އަބާނީ އަށް އެ ފުރުސަތު ލިބިފައިނުވާ ކަމަށާއި، މާޒިޔާ މެޗުގެ ކުރިން އެޓީމަށް ކުޅެން ލިބުނީ އެފްއޭ ކަޕްގެ މެޗެއް ކަމަށެވެ. އޭނާ ބުނި ރާއްޖޭ ލީގުގެ ފުރަތަމަ ބުރު ނިމިފައިވާއިރު، ބަންގްލަދޭޝްގައި އަދި ލީގުގެ ކުޅުން ފަށާފައިވެސް ނުވާ ކަމަށެވެ. އެގޮތުން މިއީ މާޒިޔާއަށް ލިބޭނެ ފައިދާއެއްކަމަށްވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ގައުމީ ޓީމުގައި ހުރިއިރު ބައެއް ކްލަބްތަކުގެ ކުޅުންތެރިން ދަސްކޮށްފައިވާކަން ފާހަގަކުރަމުން މަމިކް ބުނީ އޭނާއާ މާޒިޔާގެ ޓީމާ ބެހޭގޮތުން ހިޔާލު ހޯދުމުން އެދުނީ އިސްކޮޅުން ދިގު ގޯލު ކީޕަރަކާއި، ބިދޭސީ ޑިފެންޑަރުން ހޯދުން ކަމަށާއި، އެގޮތުން މިހާރު އެކަން ފުރިހަމަކޮށް އޭއެފްސީކަޕްގައި އެޓީމު މޮޅު ކުޅުމެއް ދައްކަމުން އަންނަކަމަށެވެ.

މަމިކް ބުނީ މާޒިޔާގެ ކުރިޔަށް ކުޅޭ އަސަދުﷲ އަބްދުﷲ އާއި މުހައްމަދު އުމެއިރު އަކީ އޭޝިއާގައިވެސް ފާހަގަކޮށްލެވޭ ދެ ކުޅުންތެރިން ކަމަށާއި، އެ ދެ ކުޅުންތެރިންގެ ސަބަބުން ކްލަބަށް އަދި ގައުމީ ޓީމަށްވެސް ފައިދާކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭއެފްސީ ކަޕްގައި އަބާނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން އެޓީމު ބަލިވެފައިވާއިރު، އެއް މެޗުން އެޓީމު ވަނީ މޮޅުވެފައެވެ. އެގޮތުން އެޓީމު އޮތީ ތިން ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ގްރޫޕްގެ ފުލުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު