Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕޯޗުގީޒް ލީގު

ބެންފީކާއިން ހަތަރުވަނަ ފަހަރަށް ލީގު ތަށި އުފުލާލައިފި

ބެންފީކާ އަށް މިހާތަނަށް ވަނީ 81 ޕޮއިންޓް ލިބިފަ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 14 މެއި 2017 | އާދީއްތަ 13:08
ހަތަރުވަނަ ފަހަރަށް ޕޯޗު ގީޒް ލީގު ކާމިޔާބުކޮށް އެޓީމުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ހަތަރުވަނަ ފަހަރަށް ޕޯޗު ގީޒް ލީގު ކާމިޔާބުކޮށް އެޓީމުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ވިދިވިދިގެން ހަތަރުވަނަ ފަހަރަށް ޕޯޗުގީޒް ލީގުގެ ތަށި ބެންފީކާއިން އުފުލާލައިފިއެވެ.

ބެންފީކާއިން ލީގު ކާމިޔާބުކުރީ ވިޓޯރިއާ ގޫމަރޭސް އާއި ބައްދަލުކުރި މެޗު 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

ބެންފީކާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި އެޓީމުން ހަތަރު ގޯލު ކާމިޔާބުކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ފްރާންކޯ ސޭވީ ލަނޑެއް ކާމިޔާބުކުރި އިރު، އޭގެ ފަސް މިނެޓު ފަހުން ރައުލް ހިމެނޭޒް ވަނީ އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ބެންފީކާއިން ކާމިޔާބުކުރި ތިންވަނަ ލަނޑު 37 ވަނަ މިނެޓުގައި ޕިޒީ ކާމިޔާބުކޮށްދިން އިރު، އެޓީމުގެ ހަތަރުވަނަ ލަނޑު 44 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޖޮނަސް އޮލިވެއިރާއެވެ.

މި ނަތީޖާގައި އޮވެ ފުރަތަމަ ހާފު ނިމުނު އިރު ދެވަނަ ހާފު ފެށިގެން 67 ވަނަ މިނެޓްގައި ބެންފީކާއަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ އޮލިވެއިރާއެވެ.

ބެންފީކާއިން ޕޯޗުގީޒް ލީގު ކާމިޔާބުކުރިއިރު އެޓީމަށް ވަނީ މިހާތަނަށް 81 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ޕޯޓޯއަށް 73 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި 68 ޕޮއިންޓާއެކީ އޮތީ ސްޕޯޓިން ލިސްބަންއެވެ.

ލީގުގައި ބާކީ އަދި އެއް މެޗު ބެންފީކާއަށް އޮތްއިރު، ލީގުގައި އެޓީމު މިހާތަނަށް ބަލިވެފައިވަނީ އެންމެ ދެ މެޗުންނެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު