Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޕާކިސްތާނުގެ ސިޔާސީ މަސްރަޙު

ގައުމުގެ ރަސްމީ ސިއްރުތައް ހާމަކުރެއްވުމުގެ ތުހުމަތުގައި އިމްރާން ޚާނަށް ދައުވާކުރަނީ

މަޤާމުން ވަކިކުރެވުނު ދުވަހުން ފެށިގެން ވެސް އިމްރާން ޚާން ގެންދަވަނީ އަވަސް އިންތިޚާބަކަށް ގޮވާލައްވައި ކެމްޕެއިން ކުރައްވަމުން

މަރްޔަމް ދާނިޝް ނަޝީދު
މަރްޔަމް ދާނިޝް ނަޝީދު, ރާއްޖެ އެމްވީ | 19 ޖުލައި 2023 | ބުދަ 18:19
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ރޮއިޓާސްއަށް އިންޓަވިއުއެއް ދެއްވަނީ

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ރޮއިޓާސްއަށް އިންޓަވިއުއެއް ދެއްވަނީ

ރަސްމީ ސިއްރުތައް ހާމަކުރެއްވިކަމުގެ ތުހުމަތުގައި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް ޖިނާއީ ދައުވާ އުފުއްލަވާނެކަމަށް އެޤައުމުގެ އިންޓީރިއާ މިނިސްޓަރު ރަނާ ސަނާއުﷲ ވިދާޅުވެއްޖެއެވެ.

މި މައްސަލައިގައި އިމްރާން ޚާން ހާމަކުރެއްވި ކަމަށް ތުހުމަތުކުރެވިފައިވަނީ އެމެރިކާއާއި އިސްލާމްއާބާދުގެ ދެމެދުގައި ހިނގާފައިވާ ޚާރިޖީ ސިއްރު ލިޔެކިޔުންތަކެކެވެ. މިއީ އިމްރާން ޚާންގެ ވެރިކަން ބަދަލުކުރުމަށް އެމެރިކާއިން ރޭވިކަމަށް މިދިޔަ އަހަރުގެ ފަހުކޮޅު ޚާން ކުރެއްވި ތުހުމަތާއި ގުޅޭ މައްސަލައެކެވެ. ނަމަވެސް އެމެރިކާއިން ވަނީ ޚާންގެ ވެރިކަން ބަދަލުކުރުމުގައި އެ ޤައުމުން އެއްވެސް ރޯލެއް އަދާކޮށްފައިނުވާނެ ކަމަށް ބުނެ، ޚާންގެ އެ ތުހުމަތު ދޮގުކޮށްފައެވެ.

ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރު ރަނާ ސަނާއުﷲ ބުދަ ދުވަހު ވިދާޅުވީ، ޚާންގެ މައްޗަށް ޖިނާއީ ދައުވާ އުފުއްލެވުމަށް ނިންމެވީ، ޚާންގެ ކުރީގެ ޕްރިންސިޕަލް ސެކްރެޓަރީ އަޒަމް ޚާން ކޯޓަށް އޯޑިއޯ ބަޔާނެއް ދިނުމަށް ފަހުގައި ކަމަށެވެ. އެގޮތުން، އެ ބަޔާނުގައި 2022 ވަނަ އަހަރުގެ މާރޗު މަހު އެމެރިކާއިން އެންކްރިޕްޓު ކޮށްފައިވާ ރަސްމީ ސިއްރު ލިޔުމަކަށް އިމްރާން ޚާން ބަދަލުތައް ގެންނެވިކަމަށް އަޒަމް ޚާން ބުނެފައިވާކަމަށް ސަނާއުﷲ ވިދާޅުވިއެވެ. އަދި ޚާން އެކަން ކުރެއްވީ ސިޔާސީ މަންފާއެއް ޙާސިލްކުރެއްވުމުގެ މަޤްސަދުގައިކަމަށް ވެސް އަޒަމް ޚާންގެ ބަޔާނުގައި ބުނެފައިވާކަމަށް ސަނާއުﷲ ވިދާޅުވިއެވެ.

އުމުރުފުޅުން 70 އަހަރުގެ ޚާން މަޤާމުން ވަކިކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޭޕްރިލްމަހު މަޖިލީހުގައި ނެގި އިތުބާރުނެތް ކަމުގެ ވޯޓަކުންނެވެ. ޚާން ވަނީ މި ވޯޓުން އެގޮތަށް ނިމުނީ، ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމަ ފެށި ދުވަހު އޭނާ ރަޝިޔާއަށް ކުރެއްވި ދަތުރުފުޅަށް ފަހު، އެމެރިކާއިން ޕާކިސްތާނުގެ ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވުމުންނެވެ.

މަޤާމުން ވަކިކުރެވުނު ދުވަހުން ފެށިގެން ވެސް އޭނާ ގެންދަވަނީ އަވަސް އިންތިޚާބަކަށް ގޮވާލައްވައި ކެމްޕެއިން ކުރައްވަމުންނެވެ. ނަމަވެސް ޚާން މަޤާމުން ވަކިކުރުމަށްފަހު، ޕާކިސްތާނުގެ ސަރުކާރުން ގެންދަނީ އޭނާގެ މައްޗަށް ތަފާތު އެކި ތުހުމަތުކޮށް ގިނަ ދައުވާތަކެއް އުފުލަމުންނެވެ. އަދި ޕާކިސްތާނުގެ ކޯޓުތަކުގެ އެ މައްސަލަތައް ދަނީ ހިނގަމުންނެވެ.

ބޮޑުވަޒީރުކަމުގެ މަޤާމުން ޚާން ވަކިކުރުމުން ބޭއްވެވި އާންމު ބައްދަލުވުމެއްގައި އޭނާ ވަނީ އަތްޕުޅުގައި ވަނީ ރަޝިޔާއާ ގުޅުން ބާއްވައިފިނަމަ، ހަރުކަށި ފިޔަވަޅުތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެކަމަށް ލިޔެފައިވާ ރަސްމީ ސިއްރު ލިޔުމެއްގެ ކޮޕީއެއް ކަމަށް ވިދާޅުވެ، ކަރުދާހެއް ހޫރުވަވާފައެވެ. ނަމަވެސް، އެ ލިޔުން އަނބުރާ ރައްދުކުރެއްވުމަށް އެދުމުން، އެ ކޮޕީ ގެއްލިފައިވާކަމަށް އޭނާ ގާތު ޚާން ވިދާޅުވިކަމަށް އަޒަމް ޚާން ކޯޓަށް ދިން ބަޔާނުގައި ބުނެފައިވާކަމަށް ސަނާއުﷲ އިތުރަށް ވިދާޅުވިއެވެ.

ސަނާއުﷲ ވިދާޅުވީ، ރަސްމީ ސިއްރެއް ލީކުކުރުމަކީ ކުށެއްކަމަށެވެ. އެހެންކަމުން، ދައުލަތުން އިމްރާން ޚާންގެ މައްޗަށް ޖިނާއީ ދައުވާ އުފުއްލަވާނެކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، އެ ލިޔުން ގެއްލުނުކަމަށް ޤަބޫލުނުކުރައްވާކަމަށާއި، އެ ލިޔުން އަދިވެސް އިމްރާން ޚާންގެ އަތްޕުޅުގައި އޮތުން އެކަށީގެންވާކަމަށެވެ. އަދި އެ ލިޔުން އަނބުރާ ހޯދުން މުހިންމުކަމަށް ދެކިވަޑައިގަންނަވާކަމަށް ވެސް ސަނާއުﷲ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވީ، އެ މަނިކުފާނުގެ ކުރީގެ ޕްރިންސިޕަލް ސެކްރެޓަރީ އެފަދަ ބަޔާނެއް ކޯޓަށް ދެއްވާނެކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ. އަދި އެކަން ޤަބޫލުކުރައްވާނީ އަމިއްލަފުޅަށް އެ ބަޔާން އަޑުއެއްސެވުމަށް ފަހު ކަމަށެވެ.

އިމްރާން ޚާންގެ މައްޗަށް މިހާތަނަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަަމަ އޭނާއަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލޭނެއެވެ. ޚާން ވިދާޅުވީ، އޭނާގެ މައްޗަށް އެކި ތުހުމަތުކުރަނީ އޭނާ ޖަލަށްލައި، އަބުރު ކަތިލައި، އިންތިޚާބުގައި ވާދަކުރިޔަ ނުދިނުމަށެވެ. ނަމަވެސް، މި ރޭވުން ފެއިލްކޮށްލައްވާނެކަމަށާއި މުހިންމު މައުލޫމާތުތަކެއް ވަރަށް އަވަހަށް ހާމަކުރައްވާ، މި ރޭވުން ރާވާ އިސް ފަރާތްތައް ބޭޒާރުކޮށްލައްވާނެ ކަމަށް ވެސް ބުދަ ދުވަހު ޚާން ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފައެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާންގެ ސަޕޯޓަރުންނަށް ހުރަސް އަޅަން ޕާކިސްތާނުގެ ވެރިރަށް ބަންދުކޮށްފި

ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާންގެ ސަޕޯޓަރުންނަށް ހުރަސް އަޅަން ޕާކިސްތާނުގެ ވެރިރަށް ބަންދުކޮށްފި

24 ނޮވެމްބަރު 2024
އިމްރާން ޚާން އޭއައި ބޭނުންކުރައްވައިގެން ޖަލުން ސަޕޯޓަރުންނާ މުޚާތަބުކުރައްވައިފި

އިމްރާން ޚާން އޭއައި ބޭނުންކުރައްވައިގެން ޖަލުން ސަޕޯޓަރުންނާ މުޚާތަބުކުރައްވައިފި

20 ޑިސެމްބަރު 2023
އިމްރާން ޚާނަށް ފަސް އަހަރު ވަންދެން ސިޔާސީ އެއްވެސް ކަމެއްގައި ބައިވެރިވެވަޑަނުގެންނެވޭ ގޮތަށް ކަނޑައަޅައިފި

އިމްރާން ޚާނަށް ފަސް އަހަރު ވަންދެން ސިޔާސީ އެއްވެސް ކަމެއްގައި ބައިވެރިވެވަޑަނުގެންނެވޭ ގޮތަށް ކަނޑައަޅައިފި

09 އޯގަސްޓު 2023
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރުކޮށްފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރުކޮށްފި

05 އޯގަސްޓު 2023
އިމްރާން ޚާންގެ ގެކޮޅުގައި 40ށްވުރެ ގިނަ ޓެރެރިސްޓުން ފިލައި ތިބިކަމުގެ މަޢުލޫމާތު ލިބިފައިވޭ: ޕުންޖާބު ޕުރޮވިންސުގެ އިންފޮމޭޝަން މިނިސްޓަރު

އިމްރާން ޚާންގެ ގެކޮޅުގައި 40ށްވުރެ ގިނަ ޓެރެރިސްޓުން ފިލައި ތިބިކަމުގެ މަޢުލޫމާތު ލިބިފައިވޭ: ޕުންޖާބު ޕުރޮވިންސުގެ އިންފޮމޭޝަން މިނިސްޓަރު

21 މެއި 2023

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު