Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޕާކިސްތާނުގެ ހަމަނުޖެހުން

އިމްރާން ޚާންގެ ސަޕޯޓަރުން އޭނާ މިނިވަން ކުރުމަށް ގޮވާލާ އަންގާރަ ދުވަހު ފެށި މުޒާހަރާ ހޫނުވެ، މަދުވެގެން 6 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ ސިޔާސީ މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކުރީގެ ކްރިކެޓް ތަރި ޖަލުގައި ބަންދުގައި ހުންނެވި ނަމަވެސް އޭނާ ގެންދަވަނީ އޭނާ އަކީ ޕާކިސްތާނުގެ ސިޔާސީ މަސްރަހްގައި އަދިވެސް ނުފޫޒް ގަދަ ފަރާތެއްކަން ސާބިތު ކޮށްދެއްވަމުންނެވެ.

ރާއްޖެ އެމްވީ | 26 ނޮވެމްބަރު 2024 | އަންގާރަ 16:50
ޕާކިސްތާނުގެ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ އިހްތިޖާޖުގެ ތެރެއިން

ޕާކިސްތާނުގެ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ އިހްތިޖާޖުގެ ތެރެއިން

ޖަލުގައި ހައްޔަރުކޮށްފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސަޕޯޓަރުން އޭނާ މިނިވަން ކުރުމަށް ގޮވާލާ އަންގާރަ ދުވަހު ކުރީކޮޅު ފެށި މުޒާހަރާ ހޫނުވެ، މަދުވެގެން 6 މީހުން މަރުވެއްޖެ އެވެ.

މުޒާހަރާ ކުރާ ފަރާތްތަކަށް ހުރަސް އެޅުމުގެ ގޮތުން ވެރިރަށުގެ ބޮޑެތި މަގުތަކުގައި ވަނީ ކާގޯ ކޮންޓޭނަރުތައް ބަރިބަރިއަށް ޖަހާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިދިކޮޅު އިހުތިޖާޖުކުރާ ފަރާތްތަކުގެ އަމާޒަކަށް ވެފައި އޮތީ އިސްލާމާބާދުގެ ޑީ ޗައުކް - ނުވަތަ ޑިމޮކްރަސީ ސްކުއެއަރއަށް ޖަމާވުމެވެ.

މުޒާހަރާގެ ބައިވެރިން އިސްލާމްއާބާދުގެ މަގުތަކުގައި ކުރިއަށް ދިޔައިރު ސަލާމަތީ ބާރުތަކާ މުޒާހަރާ ކުރާ މީހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި މަދުވެގެން 6 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރޭގައި ހިމެނެނީ، 4 ޕެރާމިލިޓަރީ ސިފައިންނާއި، މުޒާހަރާގެ 2 ބައިވެރިންނެވެ.

ސަލާމަތީ ކަންކަން ވަރަށް ވަރުގަދަ ކޮށްފައި އޮތް އިރުވެސް ބައެއް މީހުން ވަނީ ޑީ ޗައުކަށް ވަދެފައެވެ. އެމީހުން އެ ސަރަހައްދަށް ވަދެފައިވަނީ ހުރަސް އެޅުމުގެ ގޮތުން ތިން ބަރިއަށް ބަހައްޓާފައި ހުރި ކޮންޓެއިނަރު ތަކުގެ މައްޗަށް އަރާ ހުރަސްކޮށްގެންނެވެ.

ނަމަވެސް އިހުތިޖާޖުކުރާ މީހުން މައިދާނަށް ވަތްތާ ގަޑީއިރު ތަކެއްގެ ތެރޭގައި، ސަލާމަތީ ބާރުތަކުން އެސަރަހައްދު ސާފުކޮށްލިއެވެ. އިރު އޮއްސުމާއެކު މުޅި ސަރަހައްދު ނިއްވާލިއިރު އެތަނުގައި ތިބީ މަދު ބައެއް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ނަމަވެސް، ހާހުން ގުނާލެވޭ ވަރަށް އިމްރާން ޚާން އަށް ތާއީދުކުރާ މީހުން މައިދާނާ މާ ދުރުނޫން ހިސާބުގައި ތިބި ކަމަށާއި ރޭގަނޑުގެ ގަދަ ފިނިން ސަލާމަތްވުމަށް، އިހުތިޖާޖުކުރާ މީހުން ވަނީ މަގުމަތީގައި ކަރުދާހާއި އެހެނިހެން ތަކެތި އަންދަން ފަށާފައެވެ.

ޕާކިސްތާނުގެ ސިޔާސީ މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކުރީގެ ކްރިކެޓް ތަރި ޖަލުގައި ބަންދުގައި ހުންނެވި ނަމަވެސް އޭނާ ގެންދަވަނީ އޭނާ އަކީ ޕާކިސްތާނުގެ ސިޔާސީ މަސްރަހްގައި އަދިވެސް ނުފޫޒް ގަދަ ފަރާތެއްކަން ސާބިތު ކޮށްދެއްވަމުންނެވެ. އެންމެ ފަހުން އޮތް އިންތިޚާބުގައި އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކް-އެ-އިންސާފް (ޕީޓީއައި) ޕާޓީ، ވާދަކުރުން މަނާކޮށް، މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް މަޖުބޫރުކުރެވުނު ނަމަވެސް، އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ އެ ޕާޓީ އަށް ނިސްބަތްވާ މެންބަރުން ކަން ފާހަގަ ކުރެވެއެވެ.

އެހެން ނަމަވެސް މެޖޯރިޓީ ލިބޭ ވަރަށް ގޮނޑި ކާމިޔާބު ނުކުރެވުމާއެކު އިދިކޮޅު ފަރާތްތަކުން އިއްތިހާދުވެ އައު ސަރުކާރެއް ވަނީ އުފައްދާފައެވެ.

އިހުތިޖާޖުކުރާ މީހުން ބުނާ ގޮތުގައި ސަރުކާރުން ވަނީ އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައެވެ. އެހެން ކަމުން ގޮވާލަމުން ދަނީ ސަރުކާރު އިސްތިއުފާ ދީ އައު އިންތިޚާބެއް ބޭއްވުމަށެވެ. ސަރުކާރުން ވަނީ އެއީ ދޮގު ތުހުމަތެއް ކަމަށް ބުނެފައެވެ.

ޕާކިސްތާނުގެ ވެރިރަށުގެ މަގުމައްޗަށް ގައުމުގެ އެކި ކަންކޮޅުތަކުން އައިސް އިހުތިޖާޖު ފެށީ އިމްރާން ޚާންގެ ގޮވާލެއްވުމަކަށެވެ. އޭނާ ވަނީ ޑިމާންޑްތައް ފުރިހަމަ ނުވަނީސް އިހްތިޖާޖު ހުއްޓާ ނުލުމަށްވެސް ގޮވާލައްވާފައެވެ.

މި އިހްތިޖާޖުގެ ކުރިން ވެސް ސަރުކާރުން ވަނީ އާންމު އެއްވުންތައް މަނާކޮށްފައެވެ. އަދި މި އެއްވުން ނުބޭއްވުމަށާއި އެއީ ޣައިރު ގާނޫނީ އެއްވުމެއް ކަމަށް ފުލުހުން ވަނީ އިއުލާން ކޮށްފައެވެ.

ސަރުކާރުން ވަނީ އިހްތިޖާޖަށް ހުރަސް އެޅުމަށް އިންޓަރނެޓް ޚިދުމަތްތަކަށް ހުރަސްތައް ކުރިމަތިކޮށްފައެވެ. އޭގެ އިތުރުން ސްކޫލުތަކާއި ކޮލެޖުތައް ވެސް ވަނީ ބަންދުކޮށްފައެވެ.

އަންގާރަ ދުވަހުގެ ހަމަނުޖެހުންތަކުގައި 4 ސިފައިން މަރުވުމުގެ ޒިންމާ އިހުތިޖާޖުކުރާ މީހުންގެ ބޮލުގައި ބޮޑުވަޒީރު ޝަހްބާޒް ޝަރީފް، ވަނީ އަޅުވާފައެވެ. އޭނާ މި އިހްތިޖާޖު ސިފަކުރެއްވީ "ހައްދުފަހަނައަޅާފައިވާ" ކަމެއްގެ ގޮތުގައެވެ.

"މި ފިތުނަވެރި ބަޔަކު ބޭނުންވަނީ އިންޤިލާބެއް ގެންނާކަށް ނޫން. އެމީހުން ބޭނުން ވަނީ ލޭއޮހޮރުވުން،" އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.

އަންގާރަ ދުވަހުގެ ހަމަނުޖެހުން ތަކުގައި މަދުވެގެން 50 މީހުންނަށް އަނިޔާވެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

31 މާރިޗު 2017
ހުސްނީ މުބާރަކް މިނިވަން ކޮށްފި

ހުސްނީ މުބާރަކް މިނިވަން ކޮށްފި

24 މާރިޗު 2017
ކުށެއް ނެތް ކަމަށް ނިމި ހުސްނީ މުބާރަކް މިނިވަން ވަނީ

ކުށެއް ނެތް ކަމަށް ނިމި ހުސްނީ މުބާރަކް މިނިވަން ވަނީ

14 މާރިޗު 2017
ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

12 މާރިޗު 2017

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު