Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާނުގެ ހަމަނުޖެހުން

ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާންގެ ސަޕޯޓަރުންނަށް ހުރަސް އަޅަން ޕާކިސްތާނުގެ ވެރިރަށް ބަންދުކޮށްފި

ކުރީގެ ބޮޑުވަޒީރަށް ތާއީދުކުރާ ފަރާތްތަކުން އޭނާ ދޫކޮށްލުމަށް ގޮވާލާ ރާވަމުންދާ އެއްވުމަށް ހުރަސްއެޅުމަށް އިސްލާމާބާދު ބަންދުކޮށް، މޯބައިލް އަދި އިންޓަރނެޓް ޚިދުމަތްތަކަށް ސަރުކާރުން ވަނީ ހުރަސް އަޅާފައެވެ.

ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2024 | އާދީއްތަ 16:27
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ދޫކޮށްލުމަށް ގޮވާލުމަށް ބާއްވާން އުޅޭ އިހްތިޖާޖަށް ހުރަސް އަޅަން ވެރިރަށަށް ވަންނަން އޮންނަ މަގެއް ބަންދުކޮށްފައި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ދޫކޮށްލުމަށް ގޮވާލުމަށް ބާއްވާން އުޅޭ އިހްތިޖާޖަށް ހުރަސް އަޅަން ވެރިރަށަށް ވަންނަން އޮންނަ މަގެއް ބަންދުކޮށްފައި

ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާނު ދޫކޮށްލުމަށް ސަރުކާރަށް ޕްރެޝަރ ކުރުމުގެ ގޮތުން ބާއްވާ ޤައުމީ ފެންވަރުގެ އިހުތިޖާޖުގެ ބައިވެރިންނަށް އިސްލާމާބާދަށް ދިއުމަށް ހުރަސް އެޅުމަށްޓަކައި ޕާކިސްތާނުގެ ވެރިރަށުގެ ސަލާމަތީ ކަންކަން ވަރުގަދަ ކޮށް ލޮކްޑައުން ކޮށްފިއެވެ.

"ފައިނަލް ކޯލް" ގެ ނަމުގައި އިދިކޮޅު ޕާކިސްތާން ތަހްރީކް-އެ-އިންސާފް (ޕީޓީއައި) ޕާޓީން އިންތިޒާމު ކޮށްގެން ބާއްވާ ޤައުމީ އިހްތިޖާޖަށް ހުރަސް އެޅުމަށް ސަލާމަތީ ގޮތުން ޚާއްސަ ކަމެއް ދެވޭ ސަރަހައްދުތަކުގައި މޯބައިލް އަދި އިންޓަރނެޓް ޚިދުމަތްތައް ބްލޮކް ކޮށް އިސްލާމާބާދަށް ދާ މަގުތައް ވެސް ސަރުކާރުން ވަނީ ބަންދުކޮށްފައެވެ.

އިސްލާމާބާދުގެ މައި މަގުތަކުގައިވެސް ސަރުކާރުން ވަނީ ޝިޕިންގ ކޮންޓެއިނަރުތައް ޖަހާ ބަންދުކޮށްފައެވެ. އިހްތިޖާޖުގެ ބައިވެރިން ޕާލިމަންޓާ ހަމައަށް ދިއުން ހުއްޓުވުމަށް ގިނަ އަދަދެއްގެ ފުލުހުންނާއި ޕެރަމިލިޓަރީ އޮފިސަރުން ވަނީ ރައިޓް ގިއަރ އާއެކު މަގުތަކަށް ނުކުމެފައެވެ.

މި ފިޔަވަޅުތައް އެޅުމާއެކު، އެއްވެސް ބާވަތެއްގެ އެއްވުމެއް ބޭއްވުން ޤާނޫނީ ގޮތުން މަނާކުރެވިފައި ކަމަށް އިސްލާމާބާދުގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ޕީޓީއައި އިން ޑިމާންޑް ކުރަނީ ޢިމްރާން ޚާނު ހިމެނޭ ގޮތަށް އެ ޕާޓީގެ ހުރިހާ ލީޑަރުން ޖަލުން ދޫކޮށްލުމާއި، މިއަހަރުގެ ކުރީކޮޅު ބޭއްވުނު އިންތިޚާބު "އޮޅުވާލާފައިވާތީ" މިހާރުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްގެ ސަރުކާރު އިސްތިއުފާ ދިނުމަށެވެ.

"އަޅުގަނޑުމެންގެ ހުރިހާ ޑިމާންޑްތަކެއް ފުރިހަމަ ވަންދެން ތިބުމަށް ޚާން ވަނީ ގޮވާލައްވާފައި،" އިމްރާން ޚާންގެ ގާތް ބޭފުޅެއް ކަމަށްވާ ޚައިބަރ ޕަޚްތުންޚުވާ ޕްރޮވިންސްގެ ޗީފް މިނިސްޓަރު ޢަލީ އަމީން ގަންދަޕޫރު ހޮނިހިރު ދުވަހު ވީޑިއޯ މެސެޖެއްގައި ވިދާޅުވިއެވެ.

އޭނާ ވަނީ އިސްލާމްއާބާދުގެ ރެޑް ޒޯން އަށް ވަންނަން އޮންނަ، "ޑީ ޗައުކް" ގެ ނަމުން މަޝްހޫރު ސަރަޙައްދަށް މީހުން ޖަމާވުމަށް ގޮވާލައްވާފައެވެ.

އިސްލާމާބާދުގެ ރެޑް ޒޯންގައި ހިމެނެނީ ޤައުމުގެ ޕާލިމަންޓް އިމާރާތާއި، މުހިންމު ސަރުކާރުގެ އިމާރާތްތަކާއި، އެމްބަސީތަކާއި ބޭރުގެ މުއައްސަސާތަކުގެ އޮފީސްތަކެވެ.

އިސްލާމާބާދުގައި ތިބި ބައިނަލް އަގްވާމީ ބައެއް މީޑިއާ ތަކުގެ ނޫސްވެރިން ބުނެފައިވަނީ އެ ސިޓީގެ ހުރިހާ މައި ހައިވޭތަކާއި މޯޓަރވޭތައް ބަންދުކޮށްފައިވާ ކަމަށާއި އެއީ މިހާތަނަށް ދުވަހަކުވެސް ނުވާ ކަމެއް ކަމަށެވެ.

އިހުތިޖާޖުކުރާ ފަރާތްތައް ހުއްޓުވުމަށް މިހާރުވެސް ފިޔަވަޅުތައް އަޅަމުން ދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ބައެއް މީހުން މިހާރުވެސް ވަނީ ހައްޔަރުކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިހްތިޖާޖު އިންތިޒާމު ކުރާ ފަރާތްތަކުން ބުނެފައިވަނީ ގިނަ އަދަދެއްގެ ބަޔަކު ގައުމުގެ އެކި ކަންކޮޅުތަކުން އިހްތިޖާޖުގައި ބައިވެރިވުމަށް އަންނާނެ ކަމަށެވެ.

ޕާކިސްތާންޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
21 ނޮވެމްބަރު 2025

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ
11 ނޮވެމްބަރު 2025

ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025
ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު