Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިމްރާން ޚާން އޮކްސްފޯޑުގެ ޗާންސެލަރ ކަމަށް

ޖަލުގައި ހުންނެވި އިމްރާން ޚާން އޮކްސްފޯޑް ޔުނިވަރސިޓީގެ ޗާންސެލަރ ކަމަށް އެޕްލައި ކުރައްވައިފި

އިމްރާން ޚާން، މި މަޤާމަށް އެދިވަޑައިގަތުމުގެ ރަސްމީ ހުށަހެޅުން ހުށަހަޅުއްވާފައިވަނީ ޕީޓީއައިގެ ލަންޑަނުގައި ހުންނަ ތަރުޖަމާނު ސައްޔިދު ޒުލްފިކާރު ބުޚާރީ މެދުވެރިކޮށެވެ.

ރާއްޖެ އެމްވީ | 19 އޯގަސްޓު 2024 | ހޯމަ 18:35
ކުރީގެ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން

ކުރީގެ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން

ޖަލުގައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން، އިނގިރޭސިވިލާތުގެ ޝަރަފްވެރި އޮކްސްފޯޑް ޔުނިވަރސިޓީގެ ޗާންސެލަރ ކަމަށް އެޕްލައިކުރައްވައިފި ކަމަށް އޭނާގެ ޕާޓީ، ޕާކިސްތާން ތަހްރީކް-އޭ-އިންސާފް (ޕީޓީއައި) އިން ހާމަކޮށްފިއެވެ.

އޮކްސްފޯޑް ޔުނިވަރސިޓީން ތަޢުލީމު ހާސިލުކުރެއްވި އިމްރާން ޚާން، މި މަޤާމަށް އެދިވަޑައިގަތުމުގެ ރަސްމީ ހުށަހެޅުން ހުށަހަޅުއްވާފައިވަނީ ޕީޓީއައިގެ ލަންޑަނުގައި ހުންނަ ތަރުޖަމާނު ސައްޔިދު ޒުލްފިކާރު ބުޚާރީ މެދުވެރިކޮށް ކަމަށް، އެކްސް ގައި ޕާޓީން ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

އާދިއްތަ ދުވަހު ޕީޓީއައި އިން ކުރި ޕޯސްޓުގައި ބުނެފައިވަނީ، އެއް އަހަރަށްވުރެ ގިނަ ދުވަހު ޤާނޫނާ ޚިލާފަށް ބަންދުކޮށްފައި ހުންނެވި ނަމަވެސް، އިމްރާން ޚާން އަދިވެސް އޭނާ ގަބޫލުކުރައްވާ އުސޫލުތަކާއި ހަމަތަކުގައި ސާބިތުވެ ހުންނެވި ކަމަށެވެ.

އޭއެފްޕީ ނޫސް އޭޖެންސީއަށް ވާހަކަދައްކަމުން ބުޚާރީ ވިދާޅުވީ، އިމްރާން ޚާން އިރުޝާދު ދެއްވާފައިވަނީ އޭނާ ގެ ނަންފުޅުގައި އެޕްލިކޭޝަން ހުށަހެޅުމަށެވެ.

"މިއީ ރަމްޒީ މަޤާމެއް، އެކަމަކު ވަރަށް ބޮޑު ޤަދަރާއި މުހިންމުކަމެއް އޮތް މަޤާމެއް. އަދި އިމްރާން ޚާނަކީ އޮކްސްފޯޑުން ނުކުތް އެންމެ މަޝްހޫރު ނުވަތަ މަޤްބޫލު ނަންތަކުގެ ތެރެއިން އެކަކު ކަމަށްވާތީ، އޭނާ ޗާންސެލަރަކަށް ވެއްޖެނަމަ އެކަން ވާނީ ވަރަށް ފުރިހަމަ،" ކަމަށް ބުޚާރީ ވިދާޅުވިއެވެ.

އިތުރަށް ބުޚާރީ ވިދާޅުވީ، އިމްރާން ޚާން ޗާންސެލަރަކަށް ހޮވިއްޖެނަމަ، އޭޝިއާ މީހެއްގެ ގޮތުގައި އެ މަޤާމަށް ހޮވިވަޑައިގަތް ފުރަތަމަ ފަރާތައް އިމްރާން ވެގެން ދާނެއެވެ. އެހެން ކަމުން އެއީ މުޅި އޭޝިއާ އަށާއި ދުނިޔެއަށް ވެސް ލިބޭ ކާމިޔާބެއް ކަމަށް ބުޚާރީ ވިދާޅުވިއެވެ.

ޔުނިވަރސިޓީގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން، 10 އަހަރުގެ މުއްދަތެއް އޮންނަ މި މަގާމަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ލިސްޓު އާންމު ކުރާނީ އޮކްޓޯބަރު މަހާއި ހަމައިންނެވެ. އަދި ވޯޓުލުން އޮންނާނީ އެ މަހުގެ ފަހު ކޮޅުގައެވެ.

ޚާން އޮކްސްފޯޑް ޔުނިވަރސިޓީން ގްރެޖުއޭޓްވީ 1975 ގައި ފިލޯސަފީއާއި، ސިޔާސަތާއި އިޤްތިޞާދު ގެ ރޮނގުން ތައުލީމް ހާސިލް ކުރައްވައިގެންނެވެ.

ޚާންގެ ކެރިއަރުގައި ޕާކިސްތާނުގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިންގެ ތެރެއިން އެކަކުގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައެވެ. އިމްރާން ޚާން ގެ ޒުވާން ދުވަސް ވަރު އޭނާއާ ބެހޭ ވާހަކަތައް އިނގިރޭސިވިލާތުގެ ގޮސިޕް މަޖައްލާތަކުގައި ވަރަށް ގިނައިން ޖަހާފައި ހުރިކަން ފާހަގަ ކުރެވެއެވެ.

ޚާން ވަނީ ތިން ފަހަރު ކައިވެނި ކުރައްވާފައެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތުގެ ފިލްމް ހަދާ މީހެއް ކަމަށްވާ ޖެމީމާ ގޯލްޑްސްމިތް ވެސް ހިމެނެއެވެ. ޚާން ވަނީ 2005 އިން 2014 އަށް ބްރެޑްފޯޑް ޔުނިވަރސިޓީގެ ޗާންސެލަރުގެ މަޤާމުވެސް ފުރާފައިވެއެވެ.

ސިޔާސީ މައިދާނަށް ނުކުންނަވާ، 2018 އިން 2022 އަށް ޕާކިސްތާނުގެ ބޮޑުވަޒީރުކަން އޭނާ ވަނީ ކުރައްވާފައެވެ.

ޚާން މަޤާމުން ވައްޓާލީ 2022 ގައި، ގާނޫނު ހަދާ މަޖިލީހުގައި އިތުބާރު އޮތްތޯ ބެލުމަށް ނެގި ވޯޓަކުން ބަލިވުމާ ގުޅިގެންނެވެ. އޭގެ ފަހުން އޭނާ އެނބުރި ބޮޑު ވަޒީރު ކަމަށް ވަޑައިގަތުމުގެ ކެމްޕޭނެއް ފެއްޓެވިއެވެ. މި ކެމްޕޭނުގައި ޕާކިސްތާނުގެ ބާރުގަދަ އަސްކަރީ ވެރިންނަށް ފާޑު ވިދާޅުވެ، މަގުތަކަށް ގިނަ އަދަދެއްގެ މީހުން ޚާން ވަނީ ނެރުއްވާފައެވެ.

ނަމަވެސް، އަލުން ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް ކުރެއްވި މަސައްކަތް ނާކާމިޔާބުވެ މިދިޔަ އަހަރުގެ އޯގަސްޓް މަހު ޖަލުހުކުމަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އަދި މިހާރު ވަނީ ކޮރަޕްޝަނާއި އަނިޔާވެރިކަމަށް ހިތްވަރުދިނުން ފަދަ އެކި ދަޢުވާތަކުގެ ދަށުން ޖަލުގައި އެއް އަހަރު ފުރިހަމަ ކުރައްވާފައެވެ.

ޚާން ވިދާޅުވަމުން ގެންދަވަނީ މި ދަޢުވާތަކަކީ ސިޔާސީ މަޤްޞަދުތަކެއް އޮވެގެން ކުރެވޭ ދަޢުވާތަކެއް ކަމަށާއި، އޭނާ ވެރިކަމަށް ވަޑައިގަތުމަށް ހުރަސް އަޅަން ރޭވިގެން ކުރެވޭ ކަމެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާގެ ބޮޑު ވަޒީރު މޯދީ ހިމެނޭގޮތުން ސާކް ގައުމުތަކުގެ ލީޑަރުންނަށް އިމްރާން ޚާން ގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު ދިނުމަށް ވިސްނަނީ

އިންޑިއާގެ ބޮޑު ވަޒީރު މޯދީ ހިމެނޭގޮތުން ސާކް ގައުމުތަކުގެ ލީޑަރުންނަށް އިމްރާން ޚާން ގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު ދިނުމަށް ވިސްނަނީ

31 ޖުލައި 2018
ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ ހުވާ އިމްރާން ޚާން އޯގަސްޓް 11 ގައި ކުރައްވަނީ

ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ ހުވާ އިމްރާން ޚާން އޯގަސްޓް 11 ގައި ކުރައްވަނީ

30 ޖުލައި 2018
އިމްރާން ޚާން، ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށްޓަކައި ހޮނިހިރު ދުވަހު ޕާޓީތަކާ މަޝްވަރާ ކުރަނީ

އިމްރާން ޚާން، ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށްޓަކައި ހޮނިހިރު ދުވަހު ޕާޓީތަކާ މަޝްވަރާ ކުރަނީ

30 ޖުލައި 2018
ޕާކިސްތާނުގެ އާއްމު އިންތިޚާބު އިމްރާން ޚާން ކާމިޔާބު ކުރައްވައިފި

ޕާކިސްތާނުގެ އާއްމު އިންތިޚާބު އިމްރާން ޚާން ކާމިޔާބު ކުރައްވައިފި

26 ޖުލައި 2018
ޕާކިސްތާނުގެ އާއްމު އިންތިޚާބު: ކުރީގައި އުޅުއްވަނީ އިމްރާން ޚާން

ޕާކިސްތާނުގެ އާއްމު އިންތިޚާބު: ކުރީގައި އުޅުއްވަނީ އިމްރާން ޚާން

25 ޖުލައި 2018

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު