Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޮޅަދޫގެ ބަނދަރު، އިންޖީނުގެ ހުޅުއްވައިދެއްވުން

ރައީސް މޮޅަދޫއަށް ވަޑައިގެން ބަނދަރާއި، އިންޖީނުގެ އަދި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވައިފި

19 ޖުލައި 2023 | ބުދަ 13:47

ބަނދަރުގެ ދިގުމިނުގައި 645 ފޫޓު އަދި ފުޅާ މިނުގައި 250 ފޫޓު ހުރޭ

އަމްނާ އިމާދު
އަމްނާ އިމާދު | 19 ޖުލައި 2023 | ބުދަ 13:47
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު، މޮޅަދޫގެ ބަނދަރު ހުޅުއްވައިދެއްވަނީ

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު، މޮޅަދޫގެ ބަނދަރު ހުޅުއްވައިދެއްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު، ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މޮޅަދުއަށް ވަޑައިގެން އެރަށުގެ ބަނދަރާއި، އިންޖީނުގެ އަދި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވައިފިއެވެ.

މޮޅަދޫގައި ފުރަތަމަ ފަހަރަށް ތަރައްގީކުރި ބަނދަރު ރައީސް ހުޅުއްވައިދެއްވާފައިވަނީ ބުދަ ދުވަހުގެ ހަވީރު އެރަށުގެ ބަނދަރު ސަރަޙައްދުގައި އެކަމަށްޓަކައި ޚާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތުގައެވެ.

ރައީސް މިއަދު ހުޅުއްވައިދެއްވި ބަނދަރުގެ ދިގުމިނުގައި 645 ފޫޓު އަދި ފުޅާ މިނުގައި 250 ފޫޓު ހުރެއެވެ.

ބަނދަރު ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތްވެސް ހުޅުއްވައިދެއްވާފައެވެ. އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވާފައި ވަނީ އެކަމަށްޓަކައި އިންޖީނުގޭގައި ބޭއްވި ރަސްމިއްޔާތުގައެވެ.

މި އިންޖީނުގެއަކީ މޮޅަދޫގައި ކުރިން ހުރި އިންޖީނުގެއަށްވުރެ ގާތްގަނޑަކަށް ތިންގުނަ ބޮޑުކޮށް ހަދާފައިވާ އިންޖީނުގެއެކެވެ. އަދި އޮފީސް އިމާރާތުގައި ކުރިން މަސައްކަތް ކުރުމަށް 4 މުވައްޒަފުންނަށް ތިބެވޭއިރު މިހާރު 30 މުވައްޒަފުންނަށް އެއްފަހަރާ މަސައްކަތް ކުރެވޭނެއެވެ.

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރައީސް ސާލިހު ރައީސް ހއ. އަށް

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2025

ވައުދު ވަނީ ޕްލޭން ކުރެވި ބަޖެޓް ވެސް ކުރެވިފައިވާ ކަންކަމަށް: ރައީސް

28 ޖެނުއަރީ 2025
ވައުދު ވަނީ ޕްލޭން ކުރެވި ބަޖެޓް ވެސް ކުރެވިފައިވާ ކަންކަމަށް: ރައީސް
05 އޮކްޓޯބަރު 2023

ރައީސް ސާލިހު "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ގާއިމުކުރައްވައިފި

05 އޮކްޓޯބަރު 2023
ރައީސް ސާލިހު "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ގާއިމުކުރައްވައިފި
02 އޮކްޓޯބަރު 2023

އައު ސަރުކާރުގެ ކިބައިން ރައީސް ސާލިހު ދެ ކަމަކަށް އެދިވަޑައިގެންފި

02 އޮކްޓޯބަރު 2023
އައު ސަރުކާރުގެ ކިބައިން ރައީސް ސާލިހު ދެ ކަމަކަށް އެދިވަޑައިގެންފި
02 އޮކްޓޯބަރު 2023

''ތިލަމާލެ ބުރިޖް ނިންމަން އޮތް މުއްދަތަކަށް ނުނިމުނު، އެއީ އަޅުގަނޑު ދެރަވާ ކަމެއް''

02 އޮކްޓޯބަރު 2023
''ތިލަމާލެ ބުރިޖް ނިންމަން އޮތް މުއްދަތަކަށް ނުނިމުނު، އެއީ އަޅުގަނޑު ދެރަވާ ކަމެއް''
14 ސެޕްޓެމްބަރު 2023

ސޯޝަލް ހެލްތު އަދި ސޯޝަލް ސާވިސް ސެކްޓަރުގެ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ދެއްވަން ރައީސް ނިންމަވައިފި

14 ސެޕްޓެމްބަރު 2023
ސޯޝަލް ހެލްތު އަދި ސޯޝަލް ސާވިސް ސެކްޓަރުގެ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ދެއްވަން ރައީސް ނިންމަވައިފި
11 ސެޕްޓެމްބަރު 2023

ރައީސް ސާލިޙުގެ އިލްތިމާސް ދިވެހި ރައްޔިތުންނަށް؛ ޤައުމު އަނދަވަޅަކަށް ވެއްޓުނަ ނެދޭތި!

11 ސެޕްޓެމްބަރު 2023
ރައީސް ސާލިޙުގެ އިލްތިމާސް ދިވެހި ރައްޔިތުންނަށް؛ ޤައުމު އަނދަވަޅަކަށް ވެއްޓުނަ ނެދޭތި!
11 ސެޕްޓެމްބަރު 2023

އިންތިޚާބުގެ ކެންޕޭނާއި ގުޅިގެން އިދާރީ ގޮތުން ކުރަންޖެހުނު ބައެއް ކަންތައްތަކަށް ފަރުވާ ކުޑަކުރެވިފައިވޭ: ރައީސް ސާލިހު

11 ސެޕްޓެމްބަރު 2023
އިންތިޚާބުގެ ކެންޕޭނާއި ގުޅިގެން އިދާރީ ގޮތުން ކުރަންޖެހުނު ބައެއް ކަންތައްތަކަށް ފަރުވާ ކުޑަކުރެވިފައިވޭ: ރައީސް ސާލިހު
11 ސެޕްޓެމްބަރު 2023

ބޭރުގެ ސިފައިންނާއި ގުޅުވައިގެން ދައްކަނީ ދޮގުވާހަކަ، މިފަހަރުގެ ކެންޕޭންގައި މިކަންކަން ރައްޔިތުންނަށް ސާފުކޮށްދޭނަން: ރައީސް ސާލިހު

11 ސެޕްޓެމްބަރު 2023
ބޭރުގެ ސިފައިންނާއި ގުޅުވައިގެން ދައްކަނީ ދޮގުވާހަކަ، މިފަހަރުގެ ކެންޕޭންގައި މިކަންކަން ރައްޔިތުންނަށް ސާފުކޮށްދޭނަން: ރައީސް ސާލިހު
01 ސެޕްޓެމްބަރު 2023

އިންތިޚާބުގައި ވޯޓުލާއިރު އަންހެނުން ބާރުވެރިކުރުވައި ތައުލީމަށް ޚިދުމަތް ކުރެއްވުމުގެ ރިކޯޑު އޮތް ވެރިއެއް އިޚުތިޔާރު ކުރަންޖެހޭ: ދިޔާނާ

01 ސެޕްޓެމްބަރު 2023
އިންތިޚާބުގައި ވޯޓުލާއިރު އަންހެނުން ބާރުވެރިކުރުވައި ތައުލީމަށް ޚިދުމަތް ކުރެއްވުމުގެ ރިކޯޑު އޮތް ވެރިއެއް އިޚުތިޔާރު ކުރަންޖެހޭ: ދިޔާނާ
01 ސެޕްޓެމްބަރު 2023

ރައީސް ސާލިހަކީ ފޮޓޯ ނަންގަވާ ކަންކަން ދައްކަވަން އުޅުއްވާ ރައީސެއް ނޫން، އެއީ ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވާ ރައީސެއް: އަސްލަމް

01 ސެޕްޓެމްބަރު 2023
ރައީސް ސާލިހަކީ ފޮޓޯ ނަންގަވާ ކަންކަން ދައްކަވަން އުޅުއްވާ ރައީސެއް ނޫން، އެއީ ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވާ ރައީސެއް: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް