Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ހއ، އަތޮޅަށް ވަޑައިގަތުން

ވައުދު ވަނީ ޕްލޭން ކުރެވި ބަޖެޓް ވެސް ކުރެވިފައިވާ ކަންކަމަށް: ރައީސް

ވައުދު ވަނީ ރަށްރަށަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ގާތުން ބަލައި މަޝްވަރާކުރުރމަށް ފަހު

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 28 ޖެނުއަރީ 2025 | އަންގާރަ 10:19
ރައީސް މުއިއްޒު މުރައިދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ތެރެއިން

ރައީސް މުއިއްޒު މުރައިދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ތެރެއިން

އަތޮޅު ތެރެއަށް ކުރައްވާ ދަތުރުތަކުގައި ރަށްރަށަށް ވަޑައިގެން ކުރައްވަން ވައުދުވަނީ ޕްލޭން ކުރެވި ބަޖެޓް ކުރެވިފައިވާ ކަންކަން ކަމަށާއި ބަޖެޓު ނުކޮށް އެއްވެސް ކަމެއް ކުރައްވަން ވައުދު ނުވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ، ބަޖެޓު ނުކޮށް މަޝްރޫޢުތައް ހިންގުމަށް ވައުދުވެވަޑައިގަންނަވަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަވަމުންދާ ވާހަކަތަކަށް ރައްދުދެއްވައެވެ.

ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެ އަތޮޅުގެ މުރައިދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ ޙާލަތު ގާތުން ދެނެގަނެ، މަޝްވަރާކުރައްވައި، ވަޢުދުވެވަޑައިގެންފައިވާ ކަންކަން އަވަސް ދުވެއްޔެއްގައި ކުރިއަށް ގެންދެވުމަށް މަޝްވަރާކުރައްވަމުން ގެންދަވާ ކަމުގައެވެ. އަދި އެމަނިކުފާނު ރައްޔިތުންނާ ޙިއްޞާކުރައްވާ ހުރިހާ ވާހަކަތަކަކީ ވެސް ރޭވި، ބަޖެޓުކުރެވިފައިވާ ކަންކަން ކަމުގައިވެސް ރައީސް އިތުރަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އެމަނިކުފާނު ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގެން ރައްޔިތުންނަށް ވަމުންގެންދަވާ ވަޢުދުތަކަކީ އެއްވެސް ޕްލޭނެއް ނެތި، އަދި ބަޖެޓުގައި ހިމެނިފައިނުވާ ކަންކަން ކަމަށް ބުނަމުންދާ ކަމަށާއި، ނަމަވެސް، އެއީ ހަގީގަތެއް ނޫން ކަމަށެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ސަރުކާރުގެ ހުރިހާ މަޝްރޫޢުތަކެއް ކުރިއަށް ގެންދަނީ ފުރިހަމަ ޕްލޭނަކާއެކު، ބަޖެޓު ކުރެވިގެންނެވެ. އަދި މި މަޝްރޫޢުތައް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރަމުން ގެންދާނެކަމަށާއި، ސަރުކާރުން ވެފައިވާ ހުރިހާ ވަޢުދުތަކަކީވެސް ފުއްދާނެ ވަޢުދުތަކެއްކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވަމުން ގެންދެވި ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދަނީ ރައީސް މުއިއްޒު ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދުތަކަކީ ހޮޅި ވައުދުތަކެއް ކަމަށާއި އަދި އެއީ އެއްވެސް ޕްލޭނެއް ނެތި އަދި ބަޖެޓް ވެސް ނުކޮށް ވެވަޑައިގަންނަވާ ވައުދުތަކެއް ކަމަށެވެ. އިދިކޮޅު ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ރައީސް މުއިއްޒު އަންނަނީ ކަނޑައެޅިފައި އޮންނަ އުސޫލުތަކުން ބޭރުން ވެސް ކަންކަން ކުރައްވާނެ ކަމަށް ވައުދުވަމުން ކަމަށެވެ.

އަދި މިހާރު ރައީސް ރަށްރަށަށް އެ ކުރައްވާ ދަތުރުފުލުތަކަކީ 2028 ވަނަ އަހަރުގައި އޮންނަ ރިޔާސީ އިންތިޚާބަށް ދުރާލާ ކުރައްވަމުން ގެންދަވާ ކެމްޕޭނެއްގެ ގޮތުގައި ވެސް އިދިކޮޅު ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތުކުރައްވަމުންނެވެ.

ވެރިކަމުގެ ފަސް އަހަރުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދެ ފަހަރެއްގެ މަތިން ދަތުރު ކުރެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ޑރ. މުހައްމަދު މުއިއްޒުމުރައިދޫރައީސް ހއ. އަށް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު