Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަ މިއާމީ

އަލްބާ އިންޓަ މިއާމީ އަށް ސޮއިކޮށްފި

ސޮއި ކުރިކަން ޔަގީންކޮށްދިން ނަމަވެސް، އިތުރު މައުލޫމާތެއް މާޝް ނުދެއްވާ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޖުލައި 2023 | ބުދަ 08:15
ބާސެލޯނާ އަށް ކުޅުނު ޖޯޑީ އަލްބާ

ބާސެލޯނާ އަށް ކުޅުނު ޖޯޑީ އަލްބާ

ސްޕެއިންގެ ތަޖުރިބާކާރު ޑިފެންޑަރު ޖޯޑީ އަލްބާ، އެމެރިކާ ލީގުގެ އިންޓަ މިއާމީ އަށް ސޮއިކޮށްފައިވާ ކަމަށް އެކުލަބުގެ ރައީސް ޖޯޖް މާޝް ވިދާޅުވެއްޖެ އެވެ.

މާޝް މިހެން ވިދާޅުވީ ބާސެލޯނާގެ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ ލިއޮނަލް މެސީ އާއި ސާޖިއޯ ބުސްކެޓްސް އެ ކުލަބަށް ގެނައުމަށް ފަހު، މީޑިއާއަކަށް ދެއްވި އިންޓަވިޔުއެއްގަ އެވެ. އޭނާ ވިދާޅުވީ އަލްބާ މިހާރު ވަނީ މިއާމީ އާއެކު އެއްބަސްވުމުގައި ސޮއިކޮށްފައި ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އޭނާ ކުލަބާ ގުޅޭނެ ކަމަށެވެ. އަދި މިއާމީގެ އައު ކޯޗު ޖެރާޑޯ މާޓިނޯ އަންނަނީ އޭނާގެ ޕްލޭންގައި އަލްބާ ހިމަނައިގެން މަސައްކަތްތައް ރާވަމުން ކަމަށާއި، އެހެންކަމުން އަލްބާ އަކީ ވެސް މުހިންމު ކުޅުންތެރިޔަކަށް ވާނެ ކަމަށެވެ. އަލްބާ އަށް ފަހު މިއާމީން ބާސެލޯނާގެ ކުރީގެ ތަރި ލުއިސް ސުއަރޭޒް ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް ވެސް އޭނާ ވަނީ ކޮމެންޓެއް ކުރައްވާފައި އެވެ. އެގޮތުން މާޝް ވިދާޅުވީ ކޮންމެ ބައެއް ވެސް މަސައްކަތް ކުރާނީ ޓީމު ވަރުގަދަ ކުރުމަށް ކަމަށާއި، ނަމަވެސް ރަސްމީކޮށް ސުއަރޭޒް ކަންތަކުގައި އެއްޗެއް ވިދާޅުވާން ބޭނުންނުވާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ ސުއަރޭޒް އަކީ އެހެން ޓީމެއްގައި ހުރި ކުޅުންތެރިޔަކަށް ވުމުންނެވެ.

އަލްބާ ބާސެލޯނާ ދޫކޮށްލަން ނިންމީ އެކުލަބާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވަ އެވެ. ނަމަވެސް އެއްބަސްވުން އުވާލަން އޭނާ ނިންމީ ކުލަބުގެ ވެރިންނާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު އެވެ. ހަމައެއާއެކު އެއްބަސްވުމުގައި ބަކީ އޮތް އެއް އަހަރަށް ލިބެން ޖެހޭ ބަދަލު ވެސް އަލްބާ ވަނީ ދޫކޮށްލަން ނިންމައިފަ އެވެ. މެސީ، ބުސްކެޓްސް އަދި އަލްބާ ވަނީ މި އަހަރުގެ ކުރީ ކޮޅު ބާސެލޯނާގައި ބައްދަލު ވެސް ކޮށްފަ އެވެ. އެއާއެކު ތިން ކުޅުންތެރިން އެއް ޓީމަކަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

އިންޓަ މިއާމީޖޯޑީ އަލްބާ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
18 އޮކްޓޯބަރު 2025

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ
08 އޮކްޓޯބަރު 2025

ޖޯޑީ އަލްބާ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި

08 އޮކްޓޯބަރު 2025
ޖޯޑީ އަލްބާ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި
27 ސެޕްޓެމްބަރު 2025

ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ބުސްކެޓްސް އިއުލާން ކޮށްފި

27 ސެޕްޓެމްބަރު 2025
ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ބުސްކެޓްސް އިއުލާން ކޮށްފި
20 ސެޕްޓެމްބަރު 2025

މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

20 ސެޕްޓެމްބަރު 2025
މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު