Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއަރ ލީގު

ފުޓުބޯޅައިގައި ފިލާވަޅު ލިބޭނީ ބަލިވުމުން: މިލޯ

މާޒިޔާ އާއި ބުރު ބައްދަލުކުރާ މެޗު ކުޅޭނީ ބުރާސްފަތި ދުވަހު ހަވީރު 16:00 ގައި

ހުސެއިން ޒައިދް
ހުސެއިން ޒައިދް, ރާއްޖެ އެމްވީ | 19 ޖުލައި 2023 | ބުދަ 08:44
މާޒިޔާ ކޯޗް

މާޒިޔާ ކޯޗް

ފުޓުބޯޅައިގައި ރަނގަޅު ފިލާވަޅެއް ލިބި ކަންކަން ދަސްކުރެވޭނީ މެޗުން ބަލިވުމުން ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު މިލޮމީރް ސެސްލިޖާ (މިލޯ) ބުނެފިއެވެ.

މާޒިޔާ ވަނީ އޭޕްރިލް މަހު ޕްރެޒިޑެންޓްސް ކަޕުގައި ބުރު ސްޕޯޓްސް ކުލަބު ކައިރިން 2-1 ން ބަލިވެފައެވެ. ބުރާސްފަތި ދުވަހު ބުރާ ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިލޯ ބުނީ ކުރިން ބުރު ކައިރިން ބަލިވިގޮތް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އަދި އެއީ ޓީމުގެ ކުޅުންތެރިންނަށް ލިބުނު ބޮޑު ފިލާވަޅަކަށް ވާނެކަމަށެވެ. މިލޯ ބުނީ އެ މެޗުން ބަލިވުމުން، މިހާރު ކުޅުންތެރިން ތިބީ ކުރިޔަށްވުރެވެސް ސީރިއަސްކޮށް ކަމަށެވެ. އެހެންކަމުން، މި މެޗަކީ ކުރީ މެޗަށްވުރެ މާބޮޑަށް ވެސް ރަނގަޅު ވާނެ މެޗަކަށް ވާނެކަމަށް އޭނާ ބުންޏެވެ.

ބުރު ޓީމާ ގުޅޭގޮތުން ސުވާލުކުރުމުން މިލޯ އެ ޓީމު ސިފަކުރީ ނުރައްކާ ޓީމެއްގެ ގޮތުގައެވެ. އޭނާ ބުނީ، ބުރުގެ ޓީމަކީ ހަލުވި ކުޅުންތެރިންތަކެއް އުޅޭ ޓީމެއް ކަމަށެވެ. އަދި ނަތީޖާތަކަށް ބަލާއިރު، އެ ޓީމު ކޮޅަށް ލަނޑު ޖަހަން އުނދަގޫކަން އޭނާ ފާހަގަކުރިއެވެ. ހަމައެއާއެކު، ނިސްބަތުން ބަލާއިރު އެ ޓީމު ލަނޑު ޖަހާ ރޭޓު ދަށްކަމަށް ވެސް މިލޯ ބުންޏެވެ.

މިލޯގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުން ބުރު ވަނީ 6-0 ން ޓީސީ ބަލިކޮށްފައެވެ. މި މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމަށް މިލޯ ވަނީ ތައުރީފްކޮށްފައެވެ. އޭނާ ބުނީ، ހަ ދުވަސް ޕްރެކްޓިސް ކޮށްގެން އެވަރުގެ ނަތީޖާއެއް ނެރެވުނީމަ ހިތްހަމަ ޖެހޭކަމަށެވެ. އޭނާ އިތުރަށް ބުނީ އެ މެޗުގައި ފެނުނީ ވަރަށް އޯގަނައިސްޑް އެޓޭކިން ފުޓުބޯޅައެއް ކަމަށެވެ. މީގެއިތުރުން ފަރިތަކުރުންތަކުގައި ކުޅުންތެރިން ކުރާ މަސައްކަތް ވެސް އޭނާ ފާހަގަކުރިއެވެ. ޕްރެކްޓިސް ގަޑީގެ 30 މިނެޓު ކުރިން ދިއުމާ، އަމިއްލަ އަށް ކަންކަން އަހާ، އޮޅުންފިލުވައިގެން ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާކަމަށް މިލޯ ބުންޏެވެ.

ކޮންމެ ޓީމެއް ހަތަރު މެޗު ކުޅެފައިވާއިރު، ބަލިނުވާ ހަމައެކަނި ޓީމަކީ މާޒިޔާއެވެ. މާޒިޔާ އާއި ބުރު ބައްދަލުކުރާ މެޗު ކުޅޭނީ ބުރާސްފަތި ދުވަހު ހަވީރު 16:00 ގައެވެ.

ދިވެހި ޕްރިމިއާ ލީގު 2023މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންމިލޮމީރް ސެސްލިޖާ (މިލޯ)

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

20 އޮކްޓޯބަރު 2025
ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު

ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު

01 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު