Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުހައްމަދު އަސްލަމް

ހުރިހާ ބާރަކާއެކު ވެސް ރައީސް ޔާމިނަށް ވެރިކަން ކުރައްވަން އެނގިވަޑައިނުގެންނެވި: އަސްލަމް

މާޒީން އިބްރަތް ލިބިގެން މުސްތަގްބަލް ބިނާކުރަން ޖެހޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 15 ޖުލައި 2017 | ހޮނިހިރު 04:49
ކުރީގެ ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް

ކުރީގެ ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް

ވެރިކަމުގެ ހުރިހާ އާރާއި ބާރެއް ލިބިވަޑައިގެންނެވި ނަމަވެސް ރައީސް އަބްދުﷲ ޔާމީނަށް ވެރިކަން ކުރައްވަން އެނގިވަޑައިނުގެންނެވި ކަމަށް ކުރީގެ ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ހަމަ ޔަޤީންނުންވެސް ވެއްޓެނީ ކަމަށާއި ހުރިހާ އާރާއި ބާރެއް ލިބިވަޑައިގެންނެވި ނަމަވެސް ވެރިކަން ކުރަން އެނގިވަޑައިނުގެންނެވުމުގެ ސަބަބުން ވެރިކަން ވެއްޓޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

މިހެން ކަންތައް ދިމާވީ ވެސް ރައީސް ޔާމީން އަމިއްލަފުޅަށް ކުރެއްވި ކަންތައްތަކެއް ސަބަބުން ކަމަށާއި އެމަނިކުފާނު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކުން ފަހަރަކު މީހަކު މިދަނީ ބީވެގެން ކަމަށް އަސްލަމް ވިދާޅުވިއެވެ.

"ސިޔާސީ ގިނަ ލީޑަރުން އިސްލާޙަށް މަސައްކަތް ކުރަން ފަށައިފި. ރައީސް ޔާމިންގެ ވެރިކަން ވެއްޓެނީ ކަމާއިމެދު ޝައްކަތެއް ނެތް. ސުޕްރީމް ކޯޓުން ޤާނޫނު އަސާސީ މުގުރާލައިފި" އަސްލަމް ވިދާޅުވިއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްއާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ޖަލަށް ލެއްވުމަކީ އިދިކޮޅު ފަރާތްތަކުން ބޭނުން ވެގެން ކުރި ކަމެއް ނޫން ކަމަށެވެ. އަދި ރައީސް ޔާމީނަށް ވެރިކަން ހޯއްދަވައި ދެއްވުމަށްފަހު ރައީސް މައުމޫން އަބްދުލްގައްޔޫމް އެ ތާއީދު އަނބުރާ ގެންދެވީ އިދިކޮޅު ފަރާތްތަކުން ކުރި ކަމަކުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އެއިރުގެ މާޒީއިން އިބްރަތް ލިބިގެން މުސްތަގްބަލް ބިނާކުރަން މިއަދު ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއްވެސް މީހަކީ ދުޝްމަނެއް ނޫން ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ފިކުރު ބަދަލުވުމުން އެމީހަކީ ބަލައިގަންނާނެ މީހެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު