Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއާ ލީގު

އީގަލްސްއާ ދެކޮޅަށް ނުކުންނައިރު ޔޫވީ އޮތީ އުނދަގޫ ހާލަތެއްގައި

އެންމެ ފަހުން ޔޫވީން ކުޅުނު މެޗުގައި ޓީމުގެ ބެންޗުން ވެސް އެކަން ފެންނާނެ، އީގަލްސް ކަހަލަ ޓީމަކާ ދެކޮޅަށް ނުކުންނައިރު ސްކޮޑު އޮތީ "ވަރަށް ހާލުގައި"

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 ޖުލައި 2023 | ބުދަ 02:35
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޝާކިއްޓެ

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޝާކިއްޓެ

ދިވެހި ޕްރިމިއާ ލީގުގައި ކުލަބް އީގަލްސްއާ ދެެކޮޅަށް ނުކުންނައިރު ޔުނައިޓެޑު ވިކްޓަރީ (ޔޫވީ) އޮތީ އުނދަގޫ ހާލަތެއްގައި ކަމަށް އެ ޓީމުގެ ކޯޗު އަޙުމަދު ޝާކިރު (ޝާކިއްޓޭ) ބުނެފި އެވެ.

އީގަލްސް މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ޝާކިއްޓޭ ބުނީ، ޔޫވީ ޓީމުގައި އޮތީ ވެސް ވަރަށް ލިމިޓެޑު ސްކޮޑެއް ކަމަށެވެ. ސްކޮޑުގައި ގިނައީ ސްކޫލްތަކުގައި ކިޔަވަމުން އަންނަ ކުޅުންތެރިން ކަމަށާއި، ސީނިއާ ކުޅުންތެރިން މަދު ވާނެ ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން މިއީ ސްކޫލްތައް ބަންދު ދުވަސްކޮޅަށް ވުމާއެކު، ގިނަ ކުޅުންތެރިން ރަށްރަށަށް ގޮސްފައިވާ ކަމަށާއި އެއާއެކު މިހާރު ޓީމު ހަމަކުރުމަށް ވެސް ވަރަށް ގިނަ އުނދަގޫތަކެއް ކުރިމަތިވަމުން އަންނަ ކަމަށް ޝާކިއްޓޭ ފާހަގަކުރި އެވެ. އެންމެ ފަހުން ޔޫވީން ކުޅުނު މެޗުގައި ޓީމުގެ ބެންޗުން ވެސް އެކަން ފެންނާނެ ކަމަށާއި، އެހެންކަމުން އީގަލްސް ކަހަލަ ޓީމަކާ ދެކޮޅަށް ނިކުންނައިރު ސްކޮޑު އޮތީ "ވަރަށް ހާލުގައި" ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން އޭނާ ވަނީ ޓީމުގެ ފަރިތަކުރުންތަކުގައި ވެސް ކުޅުންތެރިން ބައިވެރިވާ މިންވަރު މަދުވުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ފަރިތަކުރުންތަކަށް ނުކުންނަނީ 10 ވަރަކަށް ކުޅުންތެރިން ކަމަށާއި، ފަރިތަކުރުމެއް ނެތި މެޗުތައް ކުޅެން ޖެހޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އީގަލްސްއާ ދެކޮޅަށް ނުކުންނައިރު، އެކަމަކީ ޔޫވީ އަށް އޮތް ބޮޑު ޗެލެންޖެއް ކަމަށް ޝާކިއްޓޭ ދެކެ އެވެ. ދިގު ސީޒަނެއް ކުރިއަށްދާއިރު، ރަނގަޅު ނަތީޖާއެއް ބޭނުންވާނަމަ ޔޫވީގައި އޮތް ސްކޮޑު ވަރުގަދަ ކުރަން ޖެހޭ ކަމަށް އޭނާ ވަނީ ބުންޏެވެ. އެހެންކަމުން އެކަމުގެ މަޝްވަރާތައް ޓީމުގެ އިސްވެރިންނާއެކު މިހާރު ވެސް ކުރިއަށްގެންދާ ކަމަށާއި ޚާއްސަކޮށް މިހާރު ބަލަމުން އަންނަނީ ބިދޭސީ ކުޅުންތެރިން ހޯދުމަށްވުރެ، ރާއްޖެ އިން ޒުވާން ކުޅުންތެރިން ހޯދުން ކަމަށް އޭނާ ވަނީ ބުނަފެ އެވެ.

އީގަލްސް އާއި ޔޫވީ ބައްދަލު ކުރާ މެޗު އޮންނާނީ ބުދަ ދުވަހުގެ ހަވީރު އެވެ.

ދިވެހި ޕްރިމިއާ ލީގު 2023ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ކުލަބު އީގަލްސްއަހުމަދު ޝާކިރު (ޝާކިއްޓޭ)

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

13 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ބުރުން ޔޫވީ ބަލިކޮށްފި

ބުރުން ޔޫވީ ބަލިކޮށްފި

25 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު