Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދެކުނު ކޮރެޔާ ގައި ންބޮޑުވުން

ދެކުނު ކޮރެޔާ ގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދު 40ށް، ރައީސްގެ ނުރުހުން އިދާރާތަކަށް

17 ޖުލައި 2023 | ހޯމަ 14:00

ހާއްސަ ސަމާލުކަން ދޭންޖެހޭ ތަންތަނަށް، ދޭންޖެހޭ ވަރަށް ސަމާލުކަން ދެވިފައި ނުވާތީ މައްސަލަތައް އިތުރަށް ގޯސްވެފައިވާކަމަށް ޔޫން ވިދާޅުވޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 17 ޖުލައި 2023 | ހޯމަ 14:00
ދެކުނު ކޮރެއާގެ ޓަނަލެއްގައި ފެންބޮޑުވެ އެތައްބަޔަކު ވަނީ މަރުވެފައި

ދެކުނު ކޮރެއާގެ ޓަނަލެއްގައި ފެންބޮޑުވެ އެތައްބަޔަކު ވަނީ މަރުވެފައި

ދެކުނު ކޮރިއާއަށް ވެހެމުންދާ ބޯ ވާރޭގެ ސަބަބުން ދިމާވަމުންދާ ފެންބޮޑުވުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 40ށް އަރައިފިއެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން، ފެންބޮޑުވުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ ތެރޭގައި މިފަހުން ފެންބޮޑުވި ޓަނަލްގެ ތެރޭގައި ތާށިވެ މަރުވި މީހުންވެސް ހިމެނެއެވެ.

ފެންބޮޑުވުމުގެ ހާދިސާތަކުގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާތީ އެކަމުގެ ކަންބޮޑުވުން އެގައުމުގެ ރައީސް ޔޫން ސުކް ޔޮލް ވަނީ ފާޅުކުރައްވާފައެވެ. އަދި މިއީ ކާރިސާތަކާ ގުޅިގެން އަމަލުކުރަން އެކުލަވާލާފައިވާ ގަވާއިދުތަކާ އެއްގޮތަށް އިދާރާތަކުން އަމަލުކުރަމުން ނުދާތީ ދިމާވާ ކަމެއް ކަމަށް ވިދާޅުވެ، ޔޫން ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

އިންޓީރިއަރ މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން، މިހާރުވެސް ނުވަ މީހަކު ގެއްލިގެން ރިޕޯޓުކޮށްފައިވެއެވެ. އަދި ގައުމުގެ އެކި ހިސާބުތަކުން 34 މީހަކަށް އެކިވަރުގެ އަނިޔާތަށް ލިބިގެން ރިޕޯޓުކޮށްފައިވާކަަމަށް މިނިސްޓްރީން ބުނެއެވެ.

ދެކުނު ކޮރެޔާގެ ވެރިރަށް ސޯލްގެ ދެކުނުގައި އޮންނަ ޗޮންގޖޫ ސިޓީގެ ޓަނަލެއްގައި ފެންބޮޑުވުމުގެ ސަބަބުން 12 މީހަކު ވަނީ މަރުވެފައެވެ. މިހާދިސާގައި އެޓަނަލުން ދަތުރުކުރަމުން ދިޔަ 16 ވެހިކަލް އެތަނުގައި ތާށިވިއެވެ.

މިހާދިސާއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވެގެންދިޔައެވެ. އަދި ފެންބޮޑުވާނެ ކަމަށް ލަފާކޮށްފައި އޮތް ނަމަވެސް، އެޓަނަލުން ދަތުކުރުން މަނާކޮށްފައި ނުވާތީވެސް މީހުން ވަނީ ފާޑުކިޔާފައެވެ.

ރައީސް ޔޫން ވަނީ ޑިޒާސްޓަރ ރެސްޕޮންސް މީޓިންގ އެއް ބާއްވަވާ، އިދާރާތަކުން އަމަލުކުރަމުންދާ ގޮތާމެދު ހިތްހަމަ ނުޖެހުން ފާޅުކުރައްވާފައެވެ. ހާއްސަ ސަމާލުކަން ދޭންޖެހޭ ތަންތަނަށް، ދޭންޖެހޭ ވަރަށް ސަމާލުކަން ދެވިފައި ނުވާތީ މައްސަލަތައް އިތުރަށް ގޯސްވެފައިވާކަމަށްވެސް ޔޫން ވަނީ ވިދާޅުވެފައެވެ. މިދިޔަ އަހަރުން ފެށިގެން، މިފަދަ ތަންތަން ރަނގަޅަށް މޮނިޓަރ ކޮށް، އެތަންތަނުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ތަކުރާރުކޮށް ގޮވާލަމުންދާކަމަށާއި، އެހެން ނަމަވެސް، ކާރިސާތަކާ ގުޅިގެން އަމަލުކުރަން އެކުލަވާލާފައިވާ ގަވާއިދުތަކާ އެއްގޮތަށް އިދާރާތަކުން އަމަލުކުރަމުން ނުދާނަމަ، އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރަން އުނދަގޫވާނެކަމަށް ޔޫން ވަނީ ވިދާޅުވެފައެވެ.

ދެކުނު ކޮރެއާ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

26 ސެޕްޓެމްބަރު 2025

ދިވެހިރާއްޖެ އދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ހޮވިއްޖެ

26 ސެޕްޓެމްބަރު 2025
ދިވެހިރާއްޖެ އދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ހޮވިއްޖެ
27 ފެބުރުއަރީ 2025

އުތުރު ކޮރެއާ އިން ރަޝިއާ އަށް އަލުން ސިފައިން ފޮނުވައިފި

27 ފެބުރުއަރީ 2025
އުތުރު ކޮރެއާ އިން ރަޝިއާ އަށް އަލުން ސިފައިން ފޮނުވައިފި
18 ޑިސެމްބަރު 2024

ކޮރެއާ ގެ ރައީސް ގެ ނާކާމިޔާބުގެ ފަހަތުގައި ހުންނެވީ މެޑަމް ފަސްޓް ލޭޑީ

18 ޑިސެމްބަރު 2024
ކޮރެއާ ގެ ރައީސް ގެ ނާކާމިޔާބުގެ ފަހަތުގައި ހުންނެވީ މެޑަމް ފަސްޓް ލޭޑީ
14 ޑިސެމްބަރު 2024

ކޮރެއާގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި

14 ޑިސެމްބަރު 2024
ކޮރެއާގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި
11 ޑިސެމްބަރު 2024

މާޝަލް ލޯ އިއުލާނުކުރި މައްސަލައިގައި ދެކުނު ކޮރެއާގެ ފުލުހުން ރައީސް އޮފީސް ރެއިޑްކޮށްފި

11 ޑިސެމްބަރު 2024
މާޝަލް ލޯ އިއުލާނުކުރި މައްސަލައިގައި ދެކުނު ކޮރެއާގެ ފުލުހުން ރައީސް އޮފީސް ރެއިޑްކޮށްފި
08 ޑިސެމްބަރު 2024

މާޝަލް ލޯ އިއުލާނު ކުރި މައްސަލައިގައި ކޮރެއާގެ ކުރީގެ ދިފާއީ ވަޒީރު ހައްޔަރުކޮށްފި

08 ޑިސެމްބަރު 2024
މާޝަލް ލޯ އިއުލާނު ކުރި މައްސަލައިގައި ކޮރެއާގެ ކުރީގެ ދިފާއީ ވަޒީރު ހައްޔަރުކޮށްފި
06 ޑިސެމްބަރު 2024

ދެކުނު ކޮރެއާގެ ރައީސްގެ ބާރުތައް ހިފެހެއްޓުމަށް ވެރިކަން ކުރާ ޕާޓީގެ ލީޑަރު ގޮވާލައިފި

06 ޑިސެމްބަރު 2024
ދެކުނު ކޮރެއާގެ ރައީސްގެ ބާރުތައް ހިފެހެއްޓުމަށް ވެރިކަން ކުރާ ޕާޓީގެ ލީޑަރު ގޮވާލައިފި
04 ޑިސެމްބަރު 2024

ދެކުނު ކޮރެޔާގައި ކުއްލި ގޮތަކަށް އިއުލާނު ކުރި މާޝަލް ލޯ އާއެކު ރައީސް ގެ އިސްތިއުފާ އަށް ޕްރެޝަރ ބޮޑުވެއްޖެ!

04 ޑިސެމްބަރު 2024
ދެކުނު ކޮރެޔާގައި ކުއްލި ގޮތަކަށް އިއުލާނު ކުރި މާޝަލް ލޯ އާއެކު ރައީސް ގެ އިސްތިއުފާ އަށް ޕްރެޝަރ ބޮޑުވެއްޖެ!
24 ޖުލައި 2024

އުތުރު ކޮރެއާ އިން ފޮނުވި ކުނި އަޅާފައިވާ ފުއްޕާހަން ތަކެއް ދެކުނު ކޮރެއާގެ ރައީސް އޮފީހުގެ ގޯތި ތެރެއަށް

24 ޖުލައި 2024
އުތުރު ކޮރެއާ އިން ފޮނުވި ކުނި އަޅާފައިވާ ފުއްޕާހަން ތަކެއް ދެކުނު ކޮރެއާގެ ރައީސް އޮފީހުގެ ގޯތި ތެރެއަށް
12 އެޕްރީލު 2024

ދެކުނު ކޮރެއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕާކް ބޯ ރާމް މަރުވެއްޖެ

12 އެޕްރީލު 2024
ދެކުނު ކޮރެއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕާކް ބޯ ރާމް މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް