Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔޫން ސުކް ޔިއޯލް

ގާނޫނު އަސާސީގެ ބާރު ކަނޑުވާލި ދެކުނު ކޮރެއާގެ ރައީސް ރަސްމީ ގަބުރުސްތާނުގައި ވަޅުވެސް ނުލާނެ!

މަގާމުން ވަކި ކުރި ރައީސް ރަސްމީ ގަނޑުވަރުން ނުކުތުމަށާއި، މުވައްޒަފުންނާއި ޕެންޝަންވެސް ހަމަ ނުޖެއްސޭނެ ކަމަށް ވަނީ އަންގާފައެވެ.

ރާއްޖެ އެމްވީ | 4 އެޕްރީލު 2025 | ހުކުރު 09:57
ދެކުނު ކޮރެއާގެ ރައީސް ޔޫން ސޫކް ޔެއޯލް އާ އިދިކޮޅު ފަރާތެއް ޕޯސްޓަރެއް ހިފައިގެން ދުސްތޫރީ ކޯޓުން ހުކުމް ކުރަމުން ދިޔައިރު ކޯޓުގެ ބޭރުގައި، 4 އޭޕްރީލް 2025

ދެކުނު ކޮރެއާގެ ރައީސް ޔޫން ސޫކް ޔެއޯލް އާ އިދިކޮޅު ފަރާތެއް ޕޯސްޓަރެއް ހިފައިގެން ދުސްތޫރީ ކޯޓުން ހުކުމް ކުރަމުން ދިޔައިރު ކޯޓުގެ ބޭރުގައި، 4 އޭޕްރީލް 2025

ގާނޫނު އަސާސީގެ ބާރު ކަނޑުވާލި ކަމުގެ މައްސަލައިގައި ދެކުނު ކޮރެއާގެ ރައީސްގެ މައްޗަށް ހުކުރު ދުވަހު އެ ގައުމުގެ ދުސްތޫރީ ކޯޓުން ހުކުމް ކޮށް ރައީސް ޔޫން ސުކް-ޔެއޯލް މަޤާމުން ވަކިކުރުމުގެ އިތުރުން އޭނާ އަށް ލިބެމުން އައި އެތައް އިނާޔާތަކާއި އިމްތިޔާޒުތަކެއް ވެސް ނުލިބޭނެ ގޮތައް ވަނީ ނިންމާފައެވެ.

ރައީސް ޔޫންގެ މަގާމު ގެއްލިއްޖެ ކަމަށް ހުކުމް ކުރީ ކޮންސްޓިޓިއުޝަނަލް ކޯޓުގެ އިއްތިފާގުންނެވެ.

ރައީސް ކަމުގެ މަގާމު ގެއްލުމުގެ އިތުރުން ޔޫން އަށް ލިބިވަޑައިގަންނަވަމުން ދިޔަ ހުރިހާ އިމްތިޔާޒުތަކާއި އިނާޔާތްތައްވެސް އަތުލުމަށް ވަނީ ނިންމާފައެވެ. އެ ގޮތުން އިދާރީ މުވައްޒަފުންނާއި، ޑްރައިވަރުން ހަމަޖައްސައި ނުދިނުމާއި، ޕެންޝަންގެ ގޮތުގައި ލިބޭނެ ކަމަށް ބެލެވިފައިވާ ރައީސް ކަމުގެ މުސާރައިގެ 95 އިންސައްތަ ނުދިނުމަށް ވެސް ވަނީ ނިންމާފައެވެ.

މަގާމު ގެއްލުމާއެކު ރިޔާސީ ގަނޑުވަރު ހުސްކުރުމަށް ޔޫން އަށް ވަނީ އަންގާފައެވެ. އަދި އޭނާ އަވަހާރަ ވުމުން ރަސްމީ ގަބުރުސްތާނުގައި ފަސްދާނުނުލުމަށް ވެސް ވަނީ ނިންމާފައެވެ.

މައްސަލަ ފެންމަތިވީ، ޔޫން ވޭތުވެދިޔަ އަހަރުގެ ފަހުކޮޅު މާޝަލް ލޯ އިއުލާން ކުރުމާ ގުޅިގެންނެވެ.

ހުކުރު ދުވަހު ހެނދުނު ކޯޓުގައި ޙުކުމް އިއްވަމުން، އެކްޓިންގ ޗީފް ޖަސްޓިސް މޫން ހިޔުންގް-ބޭ ވިދާޅުވީ ރައީސް ޔޫން މާޝަލް ލޯ އިއުލާން ކުރެއްވި ސަބަބުތައް ކަމަށް ހުށަހެޅި ހުރިހާ ސަބަބުތަކެއް ބާތިލު ކަމަށެވެ. އަދި ޑިސެމްބަރު މަހު ވެރިރަށުގެ މަގުތަކަށް ސިފައިން ނެރުއްވީ އޭނާ އަށް ލިބިވަޑައިގެންފައިވާ ބާރުގެ ބޭރުން ކަމަށް ހުކުމުގައި ވެއެވެ.

އަސްކަރިއްޔާ އާއި ފުލުހުން ނެރުނީ ގާނޫނޫ އަސާސީން ބާރު ލިބިދީފައިވާ މުއައްސަސާތަކުގެ ބާރު ކަނޑުވާލުމަށް ކަމަށާއި، އެއާއެކު ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތަކަށް އަރައިގަނެފައިވާ ކަމަށްވެސް ހުކުމުގެ ބަޔާނުގައި ވެއެވެ. ރައީސް އަމަލު ކުރެއްވި ގޮތުން ގާނޫނު އަސާސީ ނެގެހެއްޓެވުމަށް ރައީސް ގެ މައްޗަށް އޮތް ޒިންމާ އާ ދުރަށް ވަޑައިގެންފައިވާ ކަމަށާއި އެއާއެކު ރައްޔިތުންގެ އިތުބާރަށް ޚިޔާނާތްތެރިވެވަޑައިގެންފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

މާޝަލް ލޯ އިއުލާނު ކުރައްވަމުން ރައީސް ޔޫން ވިދާޅުވެފައިވަނީ ދެކުނު ކޮރެއާގެ ދައުލަތާ ދެކޮޅު ފަރާތްތަކާއި އުތުރު ކޮރެޔާގެ ބާރުތަކުން ސަރުކާރުގެ ތެރެއަށް ވަދެފައިވާ ކަމަށެވެ. ނަމަވެސް، ގާނޫނު ހަދާ މަޖިލިސް އަށް ހުރަސް އެޅުމަށް ފޮނުވި އިސް ސިފައިންނާއި ފުލުހުން ކޯޓުގައި ހެކިބަސް ދެމުން ބުނެފައިވަނީ ރައީސް އެމީހުންނަށް އަމުރުކުރެއްވީ އިދިކޮޅު ސިޔާސީ ފަރާތްތައް ހައްޔަރުކޮށް، މާޝަލް ލޯ ނިމުމަކަށް ގެނައުމަށް މަޖިލީހުގައި ވޯޓު ނެގުން ހުއްޓުވުމަށް ކަމަށެވެ.

ދެކުނު ކޮރެއާގެ ގާނޫނު ހަދާ މަޖިލިސް - ނެޝަނަލް އެސެމްބްލީން ޑިސެމްބަރު 14 ވަނަ ދުވަހު ވަނީ ރައީސް ޔޫން އިތުބާރު ނެތް ކަމަށް ފާސް ކޮށްފައެވެ. ނަމަވެސް އޭނާ ރަސްމީކޮށް މަޤާމުން ވަކިކުރުމަށް ދުސްތޫރީ ކޯޓުގެ ރުހުން ބޭނުންވެއެވެ. މިހާރު މި ހުއްދަ ލިބުމާއެކު، ރައީސް ޔޫން ވަނީ ރަސްމީކޮށް މަޤާމުން ވަކިވެފައެވެ.

ޔޫން ވިދާޅުވީ ކޯޓުގެ ނިންމުން ގަބޫލު ކުރައްވާނެ ކަމަށެވެ.

ރައީސް ކަމުގެ މަގާމު ގެއްލުމުގެ އިތުރުންވެސް ސީރިއަސް ޖިނާއީ ތަހުގީގުތަކާ އޭނާ އަށް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެއެވެ. އެ ގޮތުން މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕެވުމާއި، ގައުމަށް ޣައްދާރުވުމުގެ ކުށުގެ ތުހުމަތު ހިމެނެއެވެ.

ރައީސް މަގާމުން ވަކި ވުމާއެކު އައު އިންތިޚާބެއް 60 ދުވަހުގެ ތެރޭގައި ބާއްވާން ޖެހޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި

ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި

13 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު