Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫންގެ ޝަރީއަތް

ދެކުނު ކޮރެއާގެ ދުސްތޫރީ ކޯޓުން ރައީސް ޔޫން މަގާމުން ވަކިކޮށްފި

4 އެޕްރީލު 2025 | ހުކުރު 08:27

ހުކުރު ދުވަހުގެ ހެނދުނު ކޯޓުގައި ހުކުމް ކިޔަވަމުން ދަނިކޮށް އެކްޓިން އުއްތަމަ ފަނޑިޔާރު މޫން ހިއުންގް-ބޭ ވަނީ ޔޫން މާޝަލް ލޯ އިއުލާން ކުރި ކޮންމެ ސަބަބެއް ދޮގުކޮށް، ޑިސެމްބަރު މަހު ވެރިރަށު މަގުތަކަށް ސިފައިން ނެރެ، ރައީސް އޭނާގެ ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކޮށްފައިވާ ކަމަށެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 4 އެޕްރީލު 2025 | ހުކުރު 08:27
ދެކުނު ކޮރެއާގެ ރައީސް ކަމުން އަޒުލްކުރެވުނު ޔޫން ސުކް-ޔެއޯލް ސޯލްގެ ކޮންސްޓިޓިއުޝަނަލް ކޯޓުގައި ބޭއްވި ޝަރީއަތުގައި ބައިވެރިވެވަޑައިގަންނަވަނީ

ދެކުނު ކޮރެއާގެ ރައީސް ކަމުން އަޒުލްކުރެވުނު ޔޫން ސުކް-ޔެއޯލް ސޯލްގެ ކޮންސްޓިޓިއުޝަނަލް ކޯޓުގައި ބޭއްވި ޝަރީއަތުގައި ބައިވެރިވެވަޑައިގަންނަވަނީ

މިދިޔަ އަހަރުގެ ފަހުކޮޅު މާޝަލް ލޯ އިއުލާން ކުރެއްވި މައްސަލައާއި ގުޅިގެން ދެކުނު ކޮރެއާގެ ދުސްތޫރީ ކޯޓުގެ އިއްތިފާގުން ރައީސް ޔޫން ސުކް ޔެއޯލް މަގާމުން ދުރުކުރުމަށް ވޯޓު ދީފި އެވެ.

ހުކުރު ދުވަހުގެ ހެނދުނު ކޯޓުގައި ހުކުމް ކިޔަވަމުން ދަނިކޮށް އެކްޓިން އުއްތަމަ ފަނޑިޔާރު މޫން ހިއުންގް-ބޭ ވަނީ ޔޫން މާޝަލް ލޯ އިއުލާން ކުރި ކޮންމެ ސަބަބެއް ދޮގުކޮށް، ޑިސެމްބަރު މަހު ވެރިރަށު މަގުތަކަށް ސިފައިން ނެރެ، ރައީސް އޭނާގެ ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކޮށްފައިވާ ކަމަށެވެ.

މޫން ވިދާޅުވީ ދައުވާ ލިބޭ މީހާ ދުސްތޫރީ މުއައްސަސާތަކުގެ ބާރު ރޫޅާލުމަށް އަސްކަރިއްޔާ އާއި ފުލުހުންގެ ބާރުތައް އެއްކޮށް، ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަނެފައިވާ ކަމަށެވެ. އަދި އެކަން ކުރުމުގައި ގާނޫނު އަސާސީ ދަމަހައްޓަން ދުސްތޫރީ ވާޖިބު ދޫކޮށް ކޮރެއާގެ ރައްޔިތުންގެ އިތުބާރަށް ވަރަށް ބޮޑަށް ޚިޔާނާތްތެރިވި ކަމަށް މޫން ވިދާޅުވި އެވެ.

މޫން އިތުރަށް ވިދާޅުވީ، މިފަދަ ގާނޫނާ ހިލާފު އަދި ގާނޫނުއަސާސީއާ ހިލާފު އަމަލުތަކަކީ ގާނޫނުއަސާސީގެ ދަށުން ތަހައްމަލު ނުކުރެވޭނެ އަމަލެއް ކަމަށެވެ. މި އަމަލުތަކުގެ ނޭދެވޭ ނަތީޖާތަކާއި ރިޕްލް އިފެކްޓްސް ބޮޑު ކަމަށާއި އަދި މަގާމުން ވަކިކުރުމުން ދުސްތޫރީ ހަމަޖެހުން އަލުން ގެނައުމުގެ ފައިދާ ވެރިކަމުގައި ހުންނަވާ ރައީސަކު ވަކިކުރުމާ ގުޅިގެން ކުރާ ގައުމީ ހަރަދަށް ވުރެ ބޮޑުވާނެ ކަމަށެވެ.

އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ކޯޓުގެ ހުކުމަކީ "ރައްޔިތުންގެ ކާމިޔާބީ" އެއް ކަމަށް ސިފަކުރިއިރު، ޔޫންގެ ވެރިކަން ކުރާ ޕީޕަލް ޕަވަރ ޕާޓީން ބުނީ ކޯޓުގެ ހުކުމް ބަލައިގަންނަ ކަމަށެވެ.

މިއަދަކީ ގާނޫނު އަސާސީ ދިފާއުކޮށް، ޑިމޮކްރަސީ ނައްތާލަން މަސައްކަތްކުރި ބާރުތަކުން ޑިމޮކްރަސީ ރައްކާތެރިކުރި ތާރީހީ ދުވަހެއް ކަމަށް އިދިކޮޅު ޕާޓީގެ އިސް ތަރުޖަމާނު ޗޯ ސެންގްރޭ ވިދާޅުވި އެވެ.

ޔޫން ވަނީ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ހަވީރު ކުރު މުއްދަތަކަށް މާޝަލް ލޯ އިއުލާންކޮށް، އެންޓިސްޓޭޓް އަދި އުތުރު ކޮރެއާގެ ބާރުތައް ސަރުކާރަށް ވަދެފައިވާ ކަމަށް ބުނެފަ އެވެ.

ނަމަވެސް ދެކުނު ކޮރެއާގެ ގައުމީ މަޖިލިސް ހުއްޓުވަން ފޮނުވި އަސްކަރީ އަދި ފުލުހުންގެ އިސް އޮފިޝަލުން ކޯޓުގައި ހެކިބަސް ދީފައި ވަނީ ވާދަވެރި ސިޔާސީ ބޭފުޅުން ހިފެހެއްޓުމަށާއި ޔޫންގެ އަސްކަރީ ވެރިކަމުގެ އަމުރު އުވާލުމަށް މަޖިލީހުން ވޯޓު ނުދެވޭނެ ގޮތަށް ހެދުމަށެވެ.

ދެކުނު ކޮރެއާގެ ގައުމީ މަޖިލީހުން ޑިސެމްބަރު 14 ވަނަ ދުވަހު ޔޫން މަގާމުން ދުރުކުރުމަށް ވޯޓު ދިން ނަމަވެސް ޔޫން ރަސްމީކޮށް ވަކިކުރުމަށް ދުސްތޫރީ ކޯޓުގެ ރުހުން ހޯދަންޖެހެއެވެ. ރިޔާސީ އިންތިހާބެއް ބޭއްވުމަށް ސަރުކާރަށް މިހާރު ލިބިފައިވަނީ 60 ދުވަހެވެ. އެކްޓިން ރައީސް ހާން ޑަކް-ސޫ އޭގެ ކުރިން އޭނާގެ މަގާމުގައި ދެމިހުންނާނެ އެވެ.

ކޯޓުގޭގެ ބޭރުގައި އެ ހުކުމާ ގުޅިގެން ޔޫންއަށް ފާޑުކިޔާ މީހުން ވަނީ އުފާފާޅުކޮށްފައެވެ. އަދި ޔޫން އަށް ތާއިދުކުރާ އުމުރުން ދުވަސްވީ ގިނަބަޔަކުވެސް ކޯޓު ކައިރީގައި އަޑު އުފުލަމުންދިޔައެވެ. އަދި ޔޫންގެ ދިފާއުގައި އެ ފަރާތްތަކުން ގޮވާލަމުން ދިޔައީ މިއީ ފޭރިގެންފައިވާ އިންތިހާބެއް ކަމަށާއި، ކޮރަޕްޝަން ހިމެނޭ ކަމަށެވެ.

މުޒާހަރާތައް ކުރިއަށްދިޔަ އިރު ގިނަ އަދަދެއްގެ ފުލުހުން ދިޔައީ ހިނގާފާނެ ހަމަނުޖެހުމަކަށް ތައްޔާރުވަމުންނެވެ. އެގޮތުން އެތައް ސަތޭކަ ސިފައިން އެކަމަށް ތައްޔާރުވެ ތިއްބެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

27 ޖެނުއަރީ 2017
ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު

12 ޖެނުއަރީ 2017
ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
08 ޖެނުއަރީ 2017

ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި

08 ޖެނުއަރީ 2017
ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް