Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދެކުނު ކޮރެއާ

ޕައިލެޓަށް ކޯޑިނޭޓްސް އޮޅިގެން ތަމްރީނު ގައި އުޅުނު ކޮރެއާގެ އަސްކަރީ ބޯޓުތަކުން އާންމުން އުޅޭ ތަނަކަށް ބޮން އަޅާ 15 މީހުންނަށް އަނިޔާވެއްޖެ

މި ހާދިސާއާ ގުޅިގެން ދެކުނު ކޮރެއާގެ އެއަރ ފޯސްއިން މާފަށް އެދި، ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލު ދޭނެ ކަމަށް ވަނީ އިއުލާނު ކޮށްފައި.

ރާއްޖެ އެމްވީ | 6 މާރިޗު 2025 | ބުރާސްފަތި 09:51
ދެކުނު ކޮރެއާގެ ވައިގެ ސިފައިން ބުނީ އެގައުމުގެ ކޭއެފް-16 ފަޔަރ ޖެޓް ދެ ބޯޓުން  އަސްކަރީ ތަމްރީނެއްގެ ތެރޭގައި ރޭންޖުން ބޭރުން 8 ބޮން އަޅާފައިވާ ކަމަށެވެ .

ދެކުނު ކޮރެއާގެ ވައިގެ ސިފައިން ބުނީ އެގައުމުގެ ކޭއެފް-16 ފަޔަރ ޖެޓް ދެ ބޯޓުން އަސްކަރީ ތަމްރީނެއްގެ ތެރޭގައި ރޭންޖުން ބޭރުން 8 ބޮން އަޅާފައިވާ ކަމަށެވެ . | ރޮއިޓާސް

އަސްކަރީ ތަމްރީންތަކެއްގައި އުދުހެމުން ދިޔަ ދެކުނު ކޮރެއާގެ ބޯޓުތަކުން އެ ގައުމުގެ އާންމުން ދިރިއުޅޭ ސަރަހައްދަކަށް ބޮން އެޅުމުގެ ސަބަބުން 15 މީހުންނަށް އަނިޔާވެއްޖެއެވެ.

ދެކުނު ކޮރެއާގެ އުތުރު ސަރަހައްދުގައި ހުންނަ ޕޮޗިއޮން ސިޓީއަށް ދިމާވި ނުރައްކާތެރި ހާދިސާއެއްގައި އަނިޔާވި މީހުންގެ ތެރެއިން ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެފައިވެއެވެ.

ދެކުނު ކޮރެއާގެ އެއަރ ފޯސްގެ ކޭއެފް-16 އިގެ ދެ ފައިޓަރ ޖެޓް މަތިންދާ ބޯޓުން ޖުމްލަ 8 ބޮން އާންމުން ދިރިއުޅޭ ސަރަހައްދަކަށް އެޅީ ބްރާސްފަތި ދުވަހު ހެނދުނުގެ ވަގުތެއްގައެވެ.

އެތަނުން އެއް ބޯޓުން މި ބޮންތައް އެ ސަރަހައްދަށް އަޅަން ދިމާވީ ޕައިލެޓަށް ކޯޑިނޭޓްސް ޖެހުމުގައި ކުށެއް ހެދުމުގެ ސަބަބުން ކަަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މިލިޓަރީން މައުލޫމާތު ދީފައިވާ ގޮތުގައި، ދެވަނަ ޖެޓުން ބޮން އެޅި ސަބަބު އަދިވެސް ގެންދަނީ ތަހުގީގު ކުރަމުންނެވެ. މި ހާދިސާއާ ގުޅިގެން ހުރިހާ ލައިވް-ފަޔަރ ތަމްރީނުތައް މެދުކަނޑާލާފައިވާ ކަމަށް އެއަރ ފޯސްއިން ބުނެއެވެ.

ހާދިސާގައި ބައެއް އިމާރާތްތަކަށް ވެސް ވަނީ ގެއްލުން ލިބިފައެވެ.

މި ހާދިސާއާ ގުޅިގެން ދެކުނު ކޮރެއާގެ އެއަރ ފޯސްއިން މާފަށް އެދި، ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލު ދޭނެ ކަމަށް އިއުލާން ކޮށްފައިވެއެވެ.

ޕޮޗިއޮން ސިޓީގެ އޮތޯރިޓީތަކުން ބީބީސީއަށް މައުލޫމާތު ދީފައިވާ ގޮތުގައި، އެ ސަރަހައްދުގެ ރައްޔިތުން ވަނީ ރައްކާތެރި ތަނަކަށް ބަދަލުކުރެވިފައެވެ. ނަމަވެސް، ފަހުން ޔޮންހަޕް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހާދިސާ ހިނގި ސަރަހައްދުން ނުގޮވާ އޮތް ބޮމެއް ފެނިފައެއް ނުވެއެވެ.

ދިފާއީ މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި ތަމްރީނުަތައް ކުރިއަށް ގެންދިޔައީ އެމެރިކާގެ ސިފައިންނާ ގުޅިގެން ކުރިއަށް ގެންދާ ތަމްރީނުތަކުގެ ތެރެއިން ކަމަށެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

ޑިމޮކްރަސީ ހިމާޔަތް ކުރުމަށް އޮބާމާގެ ވަދާއީ ޚިތާބުގައި ގޮވާލައްވައިފި

11 ޖެނުއަރީ 2017
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު