Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ފަލަސްތީން ރައްޔިތުން އެމީހުންގެ ވަޒަނުން ނެރުމަށް ޓްރަމްޕް ގެންގުޅުއްވާ ޕްލޭނަށް މިސުރުން ދެކޮޅު ހަދައިފި

މިސްރުގެ ޚާރިޖީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުގައި ދެމިތިބުމަށް ހުއްޓުމެއްނެތި މިސްރުން ތާއީދުކޮށް އެހީތެރިކަން ދޭނެ ކަމުގައެވެ. 

ރާއްޖެ އެމްވީ | 27 ޖެނުއަރީ 2025 | ހޯމަ 13:13
ހަނގުރާމައިގައި އިސްރާއީލުގެ އަމުރަށް ގެދޮރުން ނުކުމެ ދާން ޖެހުނު ފަލަސްތީނުގެ އެތައް ހާސް މީހުން އެނބުރި އެމީހުން ދިިރިއުޅޭ ސަރަހައްދަށް ދިއުމުގެ ދަތުރުމަތީގައި

ހަނގުރާމައިގައި އިސްރާއީލުގެ އަމުރަށް ގެދޮރުން ނުކުމެ ދާން ޖެހުނު ފަލަސްތީނުގެ އެތައް ހާސް މީހުން އެނބުރި އެމީހުން ދިިރިއުޅޭ ސަރަހައްދަށް ދިއުމުގެ ދަތުރުމަތީގައި

ޣައްޒާ ސްޓްރިޕް ގެ އާބާދީ މިޞްރާއި ޖޯޑަން އަށް ބަދަލުކޮށް ޣައްޒާ "ސާފުކޮށްލުމަށް" ޓްރަމްޕް އާދީއްތަ ދުވަހު ފާޅު ކުރެއްވި ޕްލޭނަށް މިޞްރުން ދެކޮޅު ހަދައިފިއެވެ. 

މިސްރުގެ ޚާރިޖީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުގައި ދެމިތިބުމަށް ހުއްޓުމެއްނެތި މިސްރުން ތާއީދުކޮށް އެހީތެރިކަން ދޭނެ ކަމުގައެވެ. 

އެ ބަޔާނުގައި ފަލަސްތީނުގެ ބިން އެމީހުންގެ އަތުން އަތުލައިގަތުން ނުވަތަ ބިމުން ބައެއް ގަދަކަމުން އެހެން ގައުމަކަށް އެއްކުރުން ނުވަތަ ބިމުގެ އާބާދީ ހިތްވަރުދީގެން ވިޔަސް ނުވަތަ އެނޫން ގޮތަކުން ވިޔަސް އެއީ ވަގުތީ ގޮތުން ކަމުގައި ވިޔަސް ނުވަތަ ދާއިމީ ގޮތުން ކަމުގައި ވިޔަސް އެހެން ތަނަކަށް ބަދަލު ކޮށް ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ބިމުން ބާލައި އެމީހުންގެ ހައްގުތަކަށް އަރައިގަތުމަށް މިސްރުން ދެކޮޅު ހަދާ ކަމުގައެވެ. 

15 މަސްދުވަހުގެ ހަނގުރާމައަކަށްފަހު، ޓްރަމްޕް ވިދާޅުވީ ޣައްޒާ ވެފައިވަނީ "ފުނފުނޑުވެވައިވާ ސަރަޙައްދަކަށް" ކަމަށާއި އޭނާ ބޭނުންފުޅު ވަނީ މިސްރުންނާއި އުރުދުން އިން ޣައްޒާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން ބަލައިގަތުން ކަމުގައެވެ. 

އޭނާ ވިދާޅުވީ "ވަގުތީ ގޮތުން ނުވަތަ ދިގު މުއްދަތަކަށް" ޣައްޒާގެ ރައްޔިތުން ބަދަލު ކުރެވިދާނެ ކަމަށެވެ. 

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިސްރާއީލް-ހަމާސް ހަނގުރާމަ ފެށުނީއްސުރެ، ޣައްޒާގެ ފަލަސްޠީނުގެ ރައްޔިތުން އަވައްޓެރި މިޞްރަށް އަދި ހުޅަނގު އައްސޭރީގެ ރައްޔިތުން ޖޯޑަނަށް ބަދަލުކުރުމުގެ ޕްލޭންތަކާމެދު މިސްރުން އިންޒާރުދީފައެވެ. 

އާދީއްތަ ދުވަހު އަރަބި ލީގުން ނެރުނު ބަޔާނެއްގައިވެސް ޓްރަޕްގެ ޕްލޭނަށް ދެކޮޅު ހަދާ ކަމަށް ބުނެފައިވެއެވެ. އެ ބަޔާނުގައި ބުނެފައިވަނީ "ބާރުގެ ބޭނުން ކޮށްގެން މީހުން އެމީހުންގެ ބިމުން ބަދަލުކުރުމާއި އެމީހުންގެ ބިމުން ނެރުމަކީ ނަސްލު ނައްތާލުން ނޫނީ ނުކިޔޭނެ" ކަމަށެވެ. 

"ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ބިމުން ނެރުމަށް ކުރެވޭ މަސައްކަތްތައް، .... ކުރީގައިވެސް ނާކާމިޔާބު ވެފައިވާކަން ސާބިތުވެފައިވޭ" ސަރަޙައްދީ ބްލޮކުގެ އެ ބަޔާނުގައި ބުނެފައިވެއެވެ.

ފަލަސްތީނުގެ ރައްޔިތުން ހުސްކުރުމާ ބެހޭ ގޮތުން އާދިއްތަ ދުވަހު ޓްރަމްޕް ވާހަކަފުޅު ދައްކަވާނެ ކަމަށް ވިދާޅުވި މިޞްރުގެ ރައީސް އަބްދުލް ފައްތާޙް އަލް-ސީސީ ވަނީ ފަލަސްތީނު ރައްޔިތުން އެމީހުންގެ ބިމުން ނެރުމަކީ "ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމުގެ މަޤްޞަދު ނައްތާލުމަށް" ކުރާ މަސައްކަތެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ.

އަލް-ސީސީ އެކަން ސިފަ ކުރައްވާފައި ވަނީ މިޞްރުގެ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ "ރަތް ރޮނގެއް" ގެ ގޮތުގައެވެ.

އާދީއްތަ ދުވަހު މިޞްރުގެ ޚާރިޖީ ވުޒާރާ އިން ގޮވާލާފައިވަނީ "ދެ ދައުލަތުގެ ޙައްލު" ތަންފީޒުކުރުމަށެވެ.

ޣައްޒާފަލަސްތީނުމިޞްރުޖޯޑަންޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު