Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ސުލްޙަވެރިކަން ޤާއިމު ކުރެވޭނެ ހަމައެކަނި މަގަކީ ދެ ދައުލަތުގެ ޙައްލު: އަލް ސީސީ

މިޞްރުގެ ރައީސް އަލް ސީސީ ވަނީ ޣައްޒާ ހަނގުރާމަ ނިންމުމާއި، މެދު އިރުމަތީގެ ސުލްޙަ އަށް ޓްރަމްޕް ކުރައްވާ މަސައްކަތް ފާހަގަ ކުރައްވާފައި. އެގޮތުން، މެދު އިރުމައްޗަށް ސުލްޙަ ގެނެވޭނެ ހަމައެކަނި ފަރާތަކީ ޓްރަމްޕް ކަމުގައި އަލް ސީސީ ވަނީ ވިދާޅުވެފައި.

ޣައްޒާގެ ސުލްޙަ ސަމިޓްގައި މިސްރުގެ ރައީސް ވިދާޅުވީ ޣައްޒާ އަލުން އިމާރާތްކުރުމުގެ ކޮންފަރެންސެއް މިސްރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 އޮކްޓޯބަރު 2025 | އަންގާރަ 06:09
އެމެރިކާގެ ރައީސް ޓްރަމްޕް އާއި، މިޞްރުގެ ރައީސް އަލް ސީސީ ބައްދަލު ކުރައްވަނީ

އެމެރިކާގެ ރައީސް ޓްރަމްޕް އާއި، މިޞްރުގެ ރައީސް އަލް ސީސީ ބައްދަލު ކުރައްވަނީ

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާއިރު، ސުލްޙަވެރިކަން ޤާއިމު ކުރެވޭނެ ހަމައެކަނި މަގަކީ ދެ ދައުލަތުގެ ޙައްލު ކަމަށް، މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލް ސީސީ ވިދާޅުވެއްޖެ އެވެ.

ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމުގައި މެދުވެރިއެއްގެ ދައުރު ވެސް މިޞްރުން އަދާ ކޮށްފައިވާއިރު، އަލް ސީސީ މިހެން ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

މިޞްރުގައި ކުރިއަށް ދިޔަ ސުލްޙައިގެ ސަމިޓުގެ ތެރެއިން އަލް ސީސީ ވިދާޅުވެފައި ވަނީ، ފަލަސްޠީނާއި އިސްރާއީލްގެ އުންމީދުތައް ޙާސިލުކޮށް، ސުލްޙަވެރިކަމާ އެކު ދިރިއުޅެވޭނެ ހަމަ އެކަނި ގޮތަކީ ދެ ދައުލަތުގެ ޙައްލެއް ހޯދުން ކަމަށެވެ.

ޓްރަމްޕް އާއި އަލް ސީސީ ޗެއާ ކުރެއްވި ހަނގުރާމަ ހުއްޓާލުމާއި، ރަހީނުން މިނިވަން ކުރުމާ އެކު، ސުލްޙަ ޤާއިމު ކުރުމުގެ ސަމިޓަށް ފަހު، ޣައްޒާ އަލުން އާރާސްތު ކުރުން ނުވަތަ އިމާރާތް ކުރުމުގެ ކޮންފަރެންސް އެއް ވެސް މިޞްރުގައި އޮންނާނެ ކަމަށް އަލް ސީސީ ވަނީ ވިދާޅުވެފަ އެވެ.

އަލް ސީސީ ވިދާޅުވީ އެމެރިކާ އާއި، އެހެން ޤައުމު ތަކާ ގުޅިގެން ޣައްޒާ އަލުން އާރާސްތު ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސް ތަކުގައި ހިނގާނެ ކަމަށެވެ. އަދި ހަމަ އެހެންމެ، އަވަސް މުއްދަތެއްގެ ތެރޭގައި ޣައްޒާ އިމާރާތް ކުރުމުގެ ކޮންފަރެންސް ނުވަތަ ބައްދަލުވުން ބޭއްވުމަށް ރޭވިފައިވާ ކަމަށް އަލް ސީސީ ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ޓްރަމްޕް ވިދާޅުވެފައި ވަނީ ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމުގައި އަލް ސީސީ ވަރަށް މުހިންމު ދައުރެއް އަދާ ކޮށްފައިވާ ކަމަށެވެ. އެކަމުގެ އަގު ވަރަށް ބޮޑަށ ވަޒަން ކުރާކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެކަމަށްޓަކައި އަލް ސީސީ އަށް ފަށްފަށުން ޝުކުރު އަދާ ކުރާ ކަމަށެވެ.

ހަމަ އެހެންމެ، އަލް ސީސީ އަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ޓްރަމްޕް ވިދާޅުވެފައި ވަނީ، މިޞްރުގައި ކުށް މަދު ކުރުމަށާއި، ކުށުގެ އިންސައްތަ ދަށް މިންވަރެއްގައި ބެހެއްޓުމަށް އަލް ސީސީ ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަަމަށާއި، އޭނާ އަކީ ބާރުގަދަ ލީޑަރެއް ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މިޞްރުގެ ރައީސް އަލް ސީސީ ވަނީ ޣައްޒާ ހަނގުރާމަ ނިންމުމާއި، މެދު އިރުމަތީގެ ސުލްޙަ އަށް ޓްރަމްޕް ކުރައްވާ މަސައްކަތް ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން، މެދު އިރުމައްޗަށް ސުލްޙަ ގެނެވޭނެ ހަމައެކަނި ފަރާތަކީ ޓްރަމްޕް ކަމުގައި އަލް ސީސީ ވަނީ ވިދާޅުވެފަ އެވެ. އަދި އެ ހަނގުރާމަ ނިންމޭނެ ހަމައެކަނި ރައީސް އަކީ ޓްރަމްޕްކަން ޔަގީންވާ ކަމަށާއި، ސަރަހައްދުގައި ސުލްޙަ ޤާއިމު ކުރެވޭނީ ޓްރަމްޕް އަށް ކަމަށް އަލް ސީސީ ވަނީ ވިދާޅުވެފަ އެވެ.

މިޞްރުގެ ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ސަމިޓުގެ ހަވާސާގައި އަލް ސީސީ އެހެން ޤައުމު ތަކުގެ ވެރިންނާ ވެސް ބައްދަލު ކުރެއްވި ކަމަށެވެ. އެގޮތުން ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އަދި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާންއާ ވެސް އަލް ސީސީ ވަނީ ބައްދަލު ކުރައްވައިފަ އެވެ.

އެމެރިކާގެ ރައީސް ޓްރަމްޕްގެ ފަރާތުން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ހުށަހެޅީ 20 ނުކުތާގެ މައްޗަށް އެކުލެވިގެންވާ ޕްލޭން އެކެވެ. އެ ޕްލޭންއާ ގުޅޭ ގޮތުން ހަމާސް އާއި އިސްރާއީލް އިން މަޝްވަރާ ކޮށްފައި ވަނީ މިޞްރު މެދުވެރި ވެގެންނެވެ. މިޞްރުގެ ޝަރަމް އަލް ޝައިޚްގައި ކުރިއަށް ގެންދިޔަ މަޝްވަރާ ތަކުގައި ޤަތަރު އަދި ތުރުކީ އިން ވެސް ވަނީ މެދުވެރިންގެ ދަައުރު އަދާ ކޮށްފަ އެވެ.

މަސްދަރު: އެޖެންސީސް

އަލް-ސިސީޑޮނަލްޑް ޓްރަމްޕްޣައްޒާ ހަނގުރާމަމިޞްރު

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު