Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ރަހީނުން މިނިވަން ކުރުމުގެ މަޝްވަރާ އަށް ޓްރަމްޕްގެ މަންދޫބުން މިޞްރަށް

5 އޮކްޓޯބަރު 2025 | އާދީއްތަ 07:05

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ އިސް އޮފިޝަލަކާ ހަވާލާދީ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، މިޞްރަށް ވަޑައިގެންނެވި ޓްރަމްްޕްގެ ދެ މަމްދޫބުންނަކީ ސްޓީވް ވިކިޓޮފް އަދި ޓްރަމްޕްގެ ދަނބި ދަރިކަލުން ޖެރެޑް ކުންޝާ އެވެ. މި ދަތުރަކީ ޓްރަމްޕްގެ ޕްލޭނާ ގުޅޭ ގޮތުން އިތުރު މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ކުރައްވާ ދަތުރެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޓްރަމްޕްގެ ދެ މަންދޫބުން ބަންދުގައިވާ މީހުން ދޫކޮށްލުމާ ގުޅޭ މަޝްވަރާތަކަށް މިސްރަށް ދަތުރުކޮށްފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 އޮކްޓޯބަރު 2025 | އާދީއްތަ 07:05
ފަލަސްތީނުގެ އަންހެނަކު ޚާން ޔޫނިސްގައި ގެދޮރު ގެއްލިފައިވާ މީހުންގެ ކޭމްޕަކަށް ބަލަހައްޓައިގެން

ފަލަސްތީނުގެ އަންހެނަކު ޚާން ޔޫނިސްގައި ގެދޮރު ގެއްލިފައިވާ މީހުންގެ ކޭމްޕަކަށް ބަލަހައްޓައިގެން | ރޮއިޓާސް

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން ހަނގުރާމައިގައި، ހަމާސް ޖަމާއަަތުން ރަހީނު ކޮށްފައިވާ އިސްރާއީލްގެ ރައްޔިތުން މިނިވަން ކުރުމުގެ މަޝްވަރާ އަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދެ މަމްދޫބުން މިޞްރަށް ވަޑައިގެންފި އެވެ.

ޓްރަމްޕްގެ ފަރާތުން ހުށަހަޅާފައިވާ ހަނގުރާމަ ހުއްޓާލުމުގެ ޕްލޭން ހަމާސް އިން ޤަބޫލު ކޮށްފައި ވަނިކޮށް، ޓްރަމްޕްގެ މަމްދޫބުން މިޞްރަށް ވަޑައިގެންނެވީ ހަމާސްގެ ބަންދުގައި ތިބި އިސްރާއީލްގެ ރަހީނުން މިނިވަން ކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ އިސް އޮފިޝަލަކާ ހަވާލާދީ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، މިޞްރަށް ވަޑައިގެންނެވި ޓްރަމްްޕްގެ ދެ މަމްދޫބުންނަކީ ސްޓީވް ވިކިޓޮފް އަދި ޓްރަމްޕްގެ ދަނބި ދަރިކަލުން ޖެރެޑް ކުންޝާ އެވެ. މި ދަތުރަކީ ޓްރަމްޕްގެ ޕްލޭނާ ގުޅޭ ގޮތުން އިތުރު މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ކުރައްވާ ދަތުރެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މިޞްރުގެ ސަރުކާރާ ގުޅުން ހުރި މީޑިއާ ތަކުގައި ބުނެފައިވާ ގޮތުގައި، އިސްރާއީލް އާއި ހަމާސްއާ ދެމެދު އާދީއްތަ ދުވަހާއި ހޯމަ ދުވަހު ނުސީދާ ގޮތެއްގައި މަޝްވަރާތައް ކުރިއަށް ގެންދާނެ އެވެ. އެ މަޝްވަރާތަކުގައި ވެސް، ބަންދު ކޮށްފައިވާ މީހުން މިނިވަން ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

ހުކުރު ދުވަހު ހަމާސް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އެމެރިކާގެ ރައީސް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އެ ޖަމާއަތުން ބަަލައި ގަންނަ ކަމަށެވެ. އަދި އެ ޕްލޭންގައި ބުނެފައިވާ ގޮތަށް ރަހީނުންގެ ތެރެއިން ދިރި ތިބި މީހުން އަދި މަރުވެފައިވާ އެންމެން ހަވާލު ކުރުމަށް އެއްބަސްވާ ކަމަށް ވަނީ ބުނެފަ އެވެ.

ޓްރަމްޕްގެ ޕްލޭން އަށް ހަމާސް އާއި އިސްރާއީލް އިން ވެސް އެއްބަސްވެފައިވީ ނަމަވެސް، އަދި ވެސް އިސްރާއީލްގެ ސިފައިން އަންނަނީ ޣައްޒާގައި ހަރަކާތްތެރި ވަމުންނެވެ. އަދި އިސްރާއީލް އިން އަންނަނީ ޣައްޒާގެ އެކި ކަންކޮޅު ތަކަށް ހަމަލާ ދީ، މީހުން ޝަހީދު ކުރަމުންނެވެ.

ޣައްޒާގެ މުސްތަގުބަލާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ފަލަސްތީނުގެ ޖަމާޢަތްތަކުގެ ބައްދަލުވުމެއް މިސްރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ހަމާސްގެ އޮފިޝަލެއް ބުނެފައި ވެއެވެ. ޓްރަމްޕްގެ ހުށަހެޅުމުގައި ހިމެނެނީ ހަނގުރާމަ ހުއްޓާލުމަށާއި، 72 ގަޑިއިރުގެ ތެރޭގައި ރަހީނުން ދޫކޮށްލުމަށާއި، ޣައްޒާ އިން އިސްރާއީލުގެ ސިފައިން މަޑުމަޑުން ފައިބައި، ހަމާސްގެ ހަތިޔާރުތައް ނައްތާލުމަށެވެ.

މަސްދަރު: އޭއެފްޕީ

އިޒްރޭލު-ހަމާސްޑޮނަލްޑް ޓްރަމްޕްމިޞްރުޣައްޒާހަނގުރާމަ ހުއްޓުމުގެ އެއްބަސްވުން

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

23 ޖުލައި 2026

މިސްރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި

23 ޖުލައި 2026
މިސްރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި
20 ޖުލައި 2026

އިސްރާއީލުގެ ހައްދުފަހަނަ އެޅި ލީޑަރުން ފާޅުގައި ވައުދުވަމުންދަނީ އަލުން ސަރުކާރަށް އަތުވެއްޖެނަމަ ޣައްޒާ ގައި ޔަހޫދީން ވަޒަންވެރިކޮށްދޭނެ ކަމަށް

20 ޖުލައި 2026
އިސްރާއީލުގެ ހައްދުފަހަނަ އެޅި ލީޑަރުން ފާޅުގައި ވައުދުވަމުންދަނީ އަލުން ސަރުކާރަށް އަތުވެއްޖެނަމަ ޣައްޒާ ގައި ޔަހޫދީން ވަޒަންވެރިކޮށްދޭނެ ކަމަށް
20 ޖުލައި 2026

ޚަލީލް އަލް-ޙައްޔާ ހަމާސްގެ ލީޑަރަކަށް އިންތިޚާބުކޮށްފި

20 ޖުލައި 2026
ޚަލީލް އަލް-ޙައްޔާ ހަމާސްގެ ލީޑަރަކަށް އިންތިޚާބުކޮށްފި
19 ޖުލައި 2026

ނިއުޔޯކުގެ މޭޔަރު: ނިއުޔޯކަށް ކުރައްވާ ދަތުރުފުޅުގައި ނަތަންޔާހޫ ހައްޔަރުކުރެވިދާނެ ގޮތެއް މިދަނީ ބަލަމުން

19 ޖުލައި 2026
ނިއުޔޯކުގެ މޭޔަރު: ނިއުޔޯކަށް ކުރައްވާ ދަތުރުފުޅުގައި ނަތަންޔާހޫ ހައްޔަރުކުރެވިދާނެ ގޮތެއް މިދަނީ ބަލަމުން
17 ޖުލައި 2026

އެމެރިކާގެ އިންތިޚާބީ ނިޒާމު އޮތީ ކޮރަޕްޓުވެފައި، ވޯޓުލާ މީހުންގެ ތެރޭގައި އެމެރިކާ ރައްޔިތުން ނޫން މީހުންނާއި މަރުވެފައި ތިބި ވެސް އެބަ ތިބި: ޓްރަމްޕް

17 ޖުލައި 2026
އެމެރިކާގެ އިންތިޚާބީ ނިޒާމު އޮތީ ކޮރަޕްޓުވެފައި، ވޯޓުލާ މީހުންގެ ތެރޭގައި އެމެރިކާ ރައްޔިތުން ނޫން މީހުންނާއި މަރުވެފައި ތިބި ވެސް އެބަ ތިބި: ޓްރަމްޕް
17 ޖުލައި 2026

އިސްރާއީލާ ގުޅުން ވަރުގަދަކުރުމުގެ ގޮތުން ގުދުސްގައި އެމްބަސީއެއް ހުޅުވަން ކޮލަމްބިއާގެ އިންތިޚާބީ ރައީސް ނިންމަވައިފި

17 ޖުލައި 2026
އިސްރާއީލާ ގުޅުން ވަރުގަދަކުރުމުގެ ގޮތުން ގުދުސްގައި އެމްބަސީއެއް ހުޅުވަން ކޮލަމްބިއާގެ އިންތިޚާބީ ރައީސް ނިންމަވައިފި
15 ޖުލައި 2026

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، މެދުއިރުމަތި "ނުރައްކާތެރި ފުން ވަޅުގަނޑަކަށް" ވައްޓާލަމުންދާ ކަމަށް ޗައިނާ އިން ބުނެފި

15 ޖުލައި 2026
އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، މެދުއިރުމަތި "ނުރައްކާތެރި ފުން ވަޅުގަނޑަކަށް" ވައްޓާލަމުންދާ ކަމަށް ޗައިނާ އިން ބުނެފި
12 ޖުލައި 2026

ޣައްޒާ އަށް އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކެއްގައި 5 މީހުން ޝަހީދު ވެއްޖެ

12 ޖުލައި 2026
ޣައްޒާ އަށް އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކެއްގައި 5 މީހުން ޝަހީދު ވެއްޖެ
09 ޖުލައި 2026

ފީފާގެ ރެފްރީންގެ އިސްވެރިޔާ ކޮލީނާގެ ބަސް: ރެފްރީންގެ ނިންމުން ރަނގަޅު، އިންސާފުވެރިކަމާ މެދު ސުވާލު އުފެއްދުން ބަލައި ނުގަނެވޭނެ!

09 ޖުލައި 2026
ފީފާގެ ރެފްރީންގެ އިސްވެރިޔާ ކޮލީނާގެ ބަސް: ރެފްރީންގެ ނިންމުން ރަނގަޅު، އިންސާފުވެރިކަމާ މެދު ސުވާލު އުފެއްދުން ބަލައި ނުގަނެވޭނެ!
09 ޖުލައި 2026

ޣައްޒާގައި ވޯލްޑް ކަޕް މެޗުތައް ދެއްކުމުގެ އިންތިޒާމުގައި އުޅުނު ފަރާތްވެސް އިސްރާއީލުން ޝަހީދު ކޮށްލައިފި

09 ޖުލައި 2026
ޣައްޒާގައި ވޯލްޑް ކަޕް މެޗުތައް ދެއްކުމުގެ އިންތިޒާމުގައި އުޅުނު ފަރާތްވެސް އިސްރާއީލުން ޝަހީދު ކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް