Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝިދާތާ ޝަރީފް

ކިތަންމެ ވަރަކަށް ބިރު ދެއްކިއަސް މަސީހް އެގޮނޑިން ބާލުވާނެ: ޝިދާތާ

ހުވަދު އަތޮޅުން ސަރުކާރަށް ނޫނެކޭ ބުނެފި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 14 ޖުލައި 2017 | ހުކުރު 21:33
އަދާލަތު ޕާޓީގެ ކައުންސިލް މެމްބަރު ޝިދާތާ ޝަރީފް

އަދާލަތު ޕާޓީގެ ކައުންސިލް މެމްބަރު ޝިދާތާ ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ސަރުކާރުން ކިތަންމެ ބިރެއް ދެއްކިޔަސް މަޖިލީހުގެ ރައީސްގެ ގޮނޑީގައި އަބްދުﷲ މަސީހް ދެން ނީންވަނާނެ ކަމަށް އަދާލަތު ޕާޓީގެ ކައުންސިލް މެމްބަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ގދ. ތިނަދޫގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިދާތާ ވިދާޅުވީ މިސަރުކާރުން މިހާރު ގެންގުޅެނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިފާ ހައްޔަރުކޮށްގެން ހިސޯރުކޮށްގެން ކަމަށާއި އެވަރުންވެސް ގިނަ މެމްބަރުން މިނިވަން ވެއްޖެ ކަމަށެވެ.

ރައީސް ޔާމިންއަށް ކުރިން ތާއީދު ކުރެއްވި ގިނަ މެމްބަރުން މިއަދު އެމަނިކުފާނަށް ނޫނެކޭ ބުނަމުންދާއިރު ރައްޔިތުން މިއަދު އެމެމްބަރުންނަށް އާނއެކޭ ބުނަމުންދާ ކަމީ ސަރުކާރުން ދައްކާހާ ބިރަކަށް މެމްބަރުން ބޯނުލެނބޭނެ އެއް ހަޤީޤަތް ކަމަށް ޝިދާތާ ވިދާޅުވިއެވެ.

އެހެންކަމުން މަޖިލީހުގެ ރައީސް މަސީހްގެ ގޮނޑި ދިފާއު ކުރުމަށް ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރި ކަމުގައިވީ ނަމަވެސް ދެން އެގޮނޑީގެ ރައީސްގެ މަޤާމުގައި އަބްދުﷲ މަސީހް ނީންނަވާނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.

ޝިދާތާ ވިދާޅުވީ ރައްޔިތުންނަށް ކިރިޔާވެސް އިހްލާސްތެރި ކަމެއް އިން ނަމަ މަސީހް މިހާރުވެސް އިސްތިއުފާ ދެއްވާފައި ވަޑައިގަންނަވާނެ ކަމަށެވެ.

"ހުވަދު އަތޮޅުން ސަރުކާރަށް ނޫނެކޭ ބުނުމަކީ އިސްތިއުފާ ދީފައި ގެއަށް ވަޑައިގަންނަވަން ޖެހޭ ވަރު ކަމެއް. ސުޕްރީމް ކޯޓުން މިފަދަ ހުކުމެއް ނެރެން ކެރުނީ ކީއްވެތޯ މިއީ މިއަދު ރައްޔިތުން ކުރަމުންދާ ސުވާލު. އެއީ ރައްޔިތުންގެ ލާރިން މުސާރަ ދީފައި ތިބޭ ބައެއް. ރައްޔިތުންނަށް ލިބޭ ހައްގުތައް ކަށަވަރުކޮށް ނުދެވޭ ކަމެއްވާނަމަ އެފަރާތްތަކުން ވަނީ އިސްތިއުފާދެއްވާފައި ވަޑައިގަންނަވަންޖެހޭނެ," ޝިދާތާ ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކަންތައް ހިނގަމުންދާ ގޮތަށް ފާޑު ކިޔުއްވާ ވާހަކަދައްކަވަމުން ޝިދާތާ ވިދާޅުވީ އުފާވެރި ދުވަސްތައް ދާދި ކައިރީގައި އެބައޮތް ކަމަށާއި ދުސްތޫރީ ނިޒާމު ހަލާކުކޮށްލާ ރައްޔިތުންނަށް އަނިޔާވެރިވާ މީހުން ޤާނޫނުގެ ކުރިމައްޗަށް ގެނެސް ހައްގު އަބަދު ދީފައި ނޫނީ ހުއްޓައެއް ނުލާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

ސިފައިންނަށް ވޯޓު ލުމުގެ ޙައްޤު ގެއްލުވާލުމަކީ ބިރުދެއްކުމުގެ ފެށުން: މާރިއާ

02 މާރިޗު 2017
ސިފައިންނަށް ވޯޓު ލުމުގެ ޙައްޤު ގެއްލުވާލުމަކީ ބިރުދެއްކުމުގެ ފެށުން: މާރިއާ
23 ފެބުރުއަރީ 2017

ބިރު ދައްކައިގެން ޕީޕީއެމަށް މެމްބަރުން ހޯދާ މީހުން އިންސާފްގެ ކުރިމައްޗަށް ގެންނާނަން: ޝަމީމް

23 ފެބުރުއަރީ 2017
 ބިރު ދައްކައިގެން ޕީޕީއެމަށް މެމްބަރުން ހޯދާ މީހުން އިންސާފްގެ ކުރިމައްޗަށް ގެންނާނަން: ޝަމީމް
22 ފެބުރުއަރީ 2017

ބިރުދައްކާއިގެން ޕީޕީއެމްއަށް މެމްބަރުން ވައްދާ މައްސަލަ އީސީއަށް

22 ފެބުރުއަރީ 2017
ބިރުދައްކާއިގެން ޕީޕީއެމްއަށް މެމްބަރުން ވައްދާ މައްސަލަ އީސީއަށް
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
13 ފެބުރުއަރީ 2017

ރައީސް ނަޝީދު މިނިވަންކުރަންޖެހޭތީ ރައީސް ޔާމީން އުޅުއްވަނީ ބިރުން: މެމްބަރު ނާޒިމް

13 ފެބުރުއަރީ 2017
ރައީސް ނަޝީދު މިނިވަންކުރަންޖެހޭތީ ރައީސް ޔާމީން އުޅުއްވަނީ ބިރުން: މެމްބަރު ނާޒިމް
12 ފެބުރުއަރީ 2017

ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން

12 ފެބުރުއަރީ 2017
ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
17 ޖެނުއަރީ 2017

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

17 ޖެނުއަރީ 2017
ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު