Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔޫއެންއެޗްއާރްސީގެ 53 ވަނަ ބައްދަލުވުން

އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ 53 ވަނަ ބައްދަލުވުމުގައި ރާއްޖެއިން މުހިންމު ދައުރެއް އަދާކޮށްފި

ތަފާތު ތީމެޓިކް އޭރިއާތަކަށް 32 ނޭޝަނަލް ސްޓޭޓްމަންޓެއް ރާއްޖެއިން ދީފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 15 ޖުލައި 2023 | ހޮނިހިރު 19:10
އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ 53 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ހަރަކާތްތެރިވި ޓީމު

އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ 53 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ހަރަކާތްތެރިވި ޓީމު

ސްވިޓްޒަލެންޑުގެ ޖެނީވާގައި ބޭއްވި އދގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 53 ވަނަ ބައްދަލުވުން ނިމިފައިވާއިރު މި ބައްދަލުވުމުގައި ރާއްޖެއިން މުހިންމު ދައުރެއް އަދާކޮށްފިއެވެ.

މުހިންމު ނިންމުންތަކެއް ނިމިގެންދިޔަ މި ބައްދަލުވުމުގައި އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުން ވަނީ 31 ރެޒޮލިއުޝަނެއް ފާސްކޮށްފައެވެ.

14 ރެޒޮލިއުޝަނެއް ދިވެހިރާއްޖެއިން ވަނީ ކޯ-ސްޕޮންސަރ ވެސް ކޮށްފައެވެ. މީގެތެރޭގައި އިންސާނީ ޙައްޤުތަކާ ގުޅޭގޮތުން ބައިނަލްއަޤުވާމީ ފެންވަރުގައި ގުޅުން ބަދަހިކުރުމާ ގުޅޭ ރެޒޮލިއުޝަނަކާއި، އިންސާނީ ޙައްޤުތަކުގެ މަންފާ ފުރިހަމައަށް ލިބިގަތުމަށްޓަކައި ތަރައްޤީގެ ދައުރާ ގުޅޭ ރެޒޮލިއުޝަނަކާއި، ކޮރަޕްޝަނުގެ ސަބަބުން އިންސާނީ ޙައްޤުތަކަށް ކުރާ ނޭދެވޭ އަސަރާ ގުޅޭ ރެޒޮލިއުޝަނަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކާ ބެހޭ ސްޕެޝަލް ރެޕަޓުއާގެ މެންޑޭޓުގެ މުއްދަތު އިތުރުކުރުމާ ގުޅޭ ރެޒޮލިއުޝަނެއް ހިމެނެއެވެ.

މީގެ އިތުރުން ގާޒީންނާއި ވަކީލުންގެ މިނިވަންކަމާ ބެހޭ ސްޕެޝަލް ރެޕަޓުއާގެ މެންޑޭޓާ ގުޅޭ ރެޒޮލިއުޝަން އެކުލަވާލުމުގެ މަސައްކަތްކުރި ތަފާތު ސަރަހައްދުތަކުގެ ޤައުމުތަކަށް އެކުލެވޭ މައި ގްރޫޕުގައި ވެސް ދިވެހިރާއްޖެއިން ވަނީ ބައިވެރިވެފައެވެ.

ކީރިތި ޤުރުއާނުގެ ޙުރުމަތް ކެނޑުމަށްޓަކައި ދާދި ފަހުން ހިންގުނު ޙަރަކާތްތައް އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށްޓަކައި އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އެދުމުގެ މަތިން 11 ޖުލައި 2023 ވަނަ ދުވަހު ކުއްލި ބަހުސެއް ވަނީ ބާއްވާފައެވެ.

ނިމިގެންދިޔަ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ވަނީ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގައި އިއްވުނު 34 ޖޮއިންޓް ސްޓޭޓްމަންޓެއް ކޯ-ސްޕޮންސަރ ކޮށްފައެވެ. މީގެ ތެރޭގައި އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ބަޔާންތަކާއި އެހެނިހެން ބަޔާންތައް ވެސް ހިމެނެއެވެ. ހަމައެއާއެކު، ދިވެހިރާއްޖެއިން ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް)ގެ ފަރާތުން ބަޔާނެއް އިއްވާފައެވެ. މިބަޔާން އިއްވާފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުގެ ސަބަބުން ކާބޯތަކެތީގެ ޙައްޤު ފުރިހަމައަށް ކަށަވަރުކުރުމަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ކޮންމެ އަހަރަކު ބާއްވާ ޕެނަލް ޑިސްކަޝަންގައެވެ.

އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ 53ވަނަ ބައްދަލުވުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ އެމްބެސެޑަރ އެކްސްޓްރާ އޯޑިނަރީ އެންޑް ޕްލެނިޕޮޓެންޝަރީ އަދި ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާގެ އޮފީސްތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އާސިމް އަޙްމަދެވެ. އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގައި އޭޝިއާ ޕެސިފިކް ގްރޫޕް ތަމްސީލުކުރާ ނައިބު ރައީސްގެ ހައިސިއްޔަތުން ޑރ. އާސިމް ވަނީ އެމަޖިލީހުގެ އެކި ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓަވާފައެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު