Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޞާލިޙްގެ ކެމްޕެއިން

މ.އަތޮޅުގެ ރައްޔިތުންގެ ހިތްތައް ރައީސް ހުޅުވާދެއްވައިފި، އިރާދަކުރެއްވިއްޔާ މި އަތޮޅުން 60% ވޯޓު ހޯދާނަން - އިމްރާން

މ.އަތޮޅަށް ބަލާލުމުން ރައީސް އަށް އޮތް ތާއީދު ފެންނަ ކަމަށް އިމްރާން ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 15 ޖުލައި 2023 | ހޮނިހިރު 19:17
އުފާވެރި އަމާން ރާއްޖެ ޖަލްސާގައި އިމްރާން ދެއްކެވި ވާހަކަފުޅުގެ ތެރެއިން

އުފާވެރި އަމާން ރާއްޖެ ޖަލްސާގައި އިމްރާން ދެއްކެވި ވާހަކަފުޅުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ މ.އަތޮޅުގެ ރައްޔިތުންގެ ހިތްތައް ހުޅުވާދެއްވާފައި ކަމަށާއި، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެ ދާއިރާއިން 60% ވޯޓު ހޯއްދަވާނެ ކަމަށް އެމަނިކުފާނުގެ ކޯލިޝަން ޕާޓްނަރ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު މ.އަތޮޅުގެ ދަރިއެއްގެ ހައިސިއްޔަތުން އެ އަތޮޅަށް ޒިޔާރަތްކުރާ އިރު ވަރަށް އުފާވާ ކަމަށް ވިދާޅުވިއެވެ. މީގެ ކުރިން މ.ކޮޅުފުށިން 2008 ވަނަ އަހަރު ކުރީގެ ރައީސް ނަޝީދު އަށް ލިބިވަޑައިގަތީ 19 ވޯޓު ކަމަށާއި، 2018އިގައި ކޯލިޝަން އެންމެން އެކުވެގެން ލިބުނީ 117 ވޯޓުކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިއަދު އެ މަންޒަރު ބަދަލުވެފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ. އެ އަތޮޅަށް ބަލާލުމުން އެހެން ރަށްތަކުން ވެސް އެ ބަދަލު ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. މުލަކުގެ ރައްޔިތުންގެ އަޢުލަބިއްޔަތު ރައީސް ހޯއްދަވާފައިވާ ކަމަށާ ރައީސް އާއި ވާދަކުރެވޭ ފަދަ ބޭފުޅެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވައުދު ފުއްދޭ ފެންވަރުގެ އެހެން ބޭފުޅެއް ނެތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކެމްޕެއިން ޓީމުން ކޮންމެ ދުވަހަކު ވިސްނާނީ ރައީސުލްޖުމްހޫރިއްޔާ ދެވަނަ ދައުރަކަށް ހޮވަންވީ ސަބަބަކާއި މެދު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައީސް ހޮވަންވީ ސަބަބު އެހެން މީހުންނަށް ބުނެދޭނެ ގޮތް އެ ޓީމުން ވިސްނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އިމްރާން ވަނީ ދެވަނަ ދައުރަކަށް ރައީސް ހޮވަންވީ ސަބަބުތަކަށް އަލިއަޅުވާލައްވާފައެވެ. އެމަނިކުފާނަކީ އޯގާތެރި، ވިސްނުންތެރި އަދި ކެތްތެރި ބޭފުޅެއް ކަމަށް އިމްރާން ވިދާޅުވިއެވެ. އެގޮތުން މުލަކަށް ރައީސް ވަޑައިގެންނެވި އިރު އާންމު ބައެއް ބޭފުޅުންގެ އުދާސްތަކާއި ޝަކުވާތައް ލިޔެފައިވާ މެސެޖުތަކާއި އެކު ނުކުމެ އެ ޝުއޫރުތައް ހާމަކުރަން ތިބި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެކަން ވެސް ބަަލައިގަތީ މަރުޚަބާއެއްގެ ގޮތުގައި ކަަމަށް އިމްރާން ވިދާޅުވިއެވެ. އިމްރާން ވިދާޅުވީ ކެތްތެރިކަމާއި އެކު އެ ބޭފުޅުންގެ އަޑު އައްސަވާ އެކަން ހައްލުކުރަން ވާހަކަދެއްކުމަށް ރައީސް އިރުޝާދު ދެއްވާފައިވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ދެވަނަ ދައުރަކަށް ހޮވަންވީ އެ ސަބަބާއި ހުރެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު