Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޞާލިހު ދެވަނަ ދައުރަށް އިންތިޚާބުކުރުން

ރައީސް ޞާލިހު ކުރިޔަށް އޮތް ދައުރަށް އިންތިޚާބު ކުރަން ޖެހޭ، ނޫނީ މަޝްރޫއުތައް ހުއްޓޭނެ: ތޮއްޔިބު

ދަރިންގެ މުސްތަގުބަލަށްޓަކައި ރައީސް ސާލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 15 ޖުލައި 2023 | ހޮނިހިރު 08:36
އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރު ތޮއްޔިބު މުހައްމަދު

އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރު ތޮއްޔިބު މުހައްމަދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ކުރިއަށް އޮތް ދައުރަށް އިންތިޚާބުކުރަން ޖެހޭ ކަމަށާއި، އެ ދައުރު ގެއްލިއްޖެނަމަ މިހާރު ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތައް ހުއްޓޭނެ ކަމަށް އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ތޮއްޔިބު ވިދާޅުވީ ކޮވިޑް-19އާއި ގުޅިގެން ރާއްޖެއިން އެޅި ހަރުދަނާ ފިޔަވަޅުތަކާއި، މިއަދު ރާއްޖެ ދެކޭ ތަރައްގީއަކީ ރައީސް ޞާލިހުގެ ލިޑަރޝިޕާއެކު ރައްޔިތުންނަށް ލިބޭ ކުރިއެރުން ކަމަށެވެ. ރިޔާސީ އިންތިޚާބު ކައިރިވަމުން އަންނައިރު، މިއަދު އެންމެ ބޮޑު ޕާޓީއަކުން ނުކުންނަ އެންމެ ހަރުދަނާ ލީޑަރަކީ ރައީސް ޞާލިހު ކަމަށް އޭނާ ވިދާޅުވިއެވެ.

ތޮއްޔިބު ވިދާޅުވީ ރައީސް ސާލިހަށް ދެވަނަ ދައުރެއް ވަރަށް މުހިންމު ކަމަށާއި، މިހާރު ރާއްޖޭގެ ތަރައްގީއަށް ހިންގާ ގިނަ މަޝްރޫއުތަކަކީ ދުރުމުސްތަގުބަލަށް ވިސްނައިގެން ކުރިއަށް ގެންދާ މަޝްރޫއުތަކެއް ކަމަށެވެ. ނަމަވެސް ދެވަނަ ދައުރުގައި ރައީސް ސާލިހަށް ކާމިޔާބު ނުކުރެވިއްޖެނަމަ އެ މަޝްރޫއުތައް ހުއްޓިގެންދާނެ ކަމަށް ތޮއްޔިބު ވިދާޅުވިއެވެ. އަދި ވިދާޅުވީ ދަރިންގެ ކުރިމަގާއި މުސްތަގުބަލަށްޓަކައި ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ތޮއްޔިބު ވިދާޅުވީ ދެވަނަ ދައުރެއް ރައީސް ސާލިހަށް ލިބިއްޖެނަމަ، ރާއްޖެ ނުދެކޭފަދަ ވަރުގަދަ ރާއްޖެއެއް އުފެދިގެންދާނެ ކަމަށެވެ.

އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީ ރޫޅާލާނެ ކަމަށް ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި ތޮއްޔިބު ވިދާޅުވީ އެމްޑީޕީއަކީ ވަކި މީހެއްގެ އެއްޗެއްނޫން ކަމަށާއި، އެއީ ރައްޔިތުންތަކެއްގެ ފިކުރެއް ކަމަށެވެ. އެމްޑީޕީއަކީ ރާއްޖޭގެ ރައްޔިތުންނަށް ރަނގަޅު ވިސްނުންތައް ވިސްނައިދޭ ޕާޓީ ކަމަށާއި، ގައުމާއި، ރައްޔިތުންނަށްޓަކައި މަސައްކަތް ކުރާ ޕާޓީއެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަބަދުވެސް އެމްޑީޕީން މަސައްކަތް ކުރަނީ ކުރިމަގަށް ބަލައި، ކުރިމަގުގައި ގައުމު ރަނގަޅު ގޮތުގައި ބައްޓަން ކުރުމަށް ކަމަށް ތޮއްޔިބު ވިދާޅުވިއެވެ. އަދި ވިދާޅުވީ ޕާޓީގައި އުޅޭ މީހަކު ހިތްހަމަ ނުޖެހުނު ނަމަވެސް ޕާޓީ ރޫޅާނުލެވޭނެ ކަމަށާއި، އެމްޑީޕީއަކީ ހަރުދަނާ ޕާޓީއެއް ކަމަށެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު