Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުރައިދޫ ބަނދަރު ހެދުމުގެ މަޝްރޫއު

ކޮންމެ 18 މަހަކުން މިދަނީ ބަނދަރެއް ނިންމަމުން، މުރައިދޫ ބަނދަރު ވެސް ސެޕްޓެންބަރުގައި ނިމޭނެ: އެމްޓީސީސީ

15 ޖުލައި 2023 | ހޮނިހިރު 03:37

މުޅި ބަނދަރުގެ ބްރޭކްވޯޓަރ އެއްކޮށް ހަދާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 15 ޖުލައި 2023 | ހޮނިހިރު 03:37
މުރައިދޫ ބަނދަރުގެ މަސައްކަތްތައް ކުރިއަށްދަނީ

މުރައިދޫ ބަނދަރުގެ މަސައްކަތްތައް ކުރިއަށްދަނީ

ކޮންމެ 18 މަހަކުން ބަނދަރެއް ނިންމަމުންދާ ކަމަށާއި، ހއ.މުރައިދޫ ބަނދަރުގެ މަސައްކަތް ވެސް ކުރިއަށް އޮތް ދެމަސް ތެރޭގައި ނިންމާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.

މުރައިދޫ ބަނދަރުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މުރައިދޫ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ. މި މަޝްރޫއަކީ ގާތްގަނޑަކަށް 37 މިލިއަން ފުރިޔާގެ މަޝްރޫއެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ މުޅި ބަނދަރުގެ ބްރޭކްވޯޓަރ އެއްކޮށް ހަދާނެ ކަމަށެވެ.

މުރައިދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ތެރޭގައި 29،841 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުން ކުުރުމާއި، 3،546 ކިއުބިކް މީޓަރުގެ ފުޅާމިނުގައި ބަނދަރަށް ވަންނަ ނެރު ފުން ކުރުމާއި، 212 މީޓަރުގެ އެއްގަމު ތޮށި ޖެހުން ހިމެނެއެވެ. މީގެ އިތުރުން ބަނދަރުގެ 50 މީޓަރުގައި ގްރޮއިން ޖަހާއި 107 މީޓަރު އެގްޒިސްޓިންގ ބްރޭކްވޯޓާ ރިފްރޮފައިލް ކުރުމުގެ އިތުރުން އެއްގަމު ތޮށިން ބޭރު ތޮށްޓަށް އަރަން ބްރިޖެއް ހެދުމާއި، ރޭމްޕް ހެދުމާއި، ޕޭވްމަންޓް ހެދުމާއި، މަގުބައްތި ހަރުކުރުމާއި އަދި ނެވިގޭޝަން ލައިޓް ހަރުކުރުމަށްވަނީ ހަމަޖެހިފައެވެ.

މިމަޝްރޫއު އަވަހަށް ނިންމުމަށް މަސައްކަތް ކުރާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ ސެޕްޓެންބަރު މަހުގެތެރޭގައި މި މަސައްކަތް ނިންމާ ރައްޔިތުންނާއި ހަވާލުކުރާނެ ކަމަށެވެ. އަދި މިހާރު އެމްޓީސީސީއަކީ ކޮންމެ 18 މަހަކުން ބަނދަރެއް ނިންމާ ރައްޔިތުންނާއި ހަވާލުކުރުމުގެ ގާބިލްކަން ލިބިފައިވާ ކުންފުންޏެއް ކަމަށާއި، އެގޮތަށް މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ މޫސުންތަން ނުދިނުމާއި، ބައެއް އާލަތްތައް ލިބުމުގައި ދަތިތައް ކުރިމަތިވާ ކަމަށެވެ. ނަމަވެސް އެ މަޝްރޫއެއް ނިންމުމަށް އަމާޒުހިފައިވާ ތާރީހުތަކަށް ނިންމަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އާއްމު ރައްޔިތުންނާއި ކައުންސިލްގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށެވެ. އަދި މުރައިދޫއަކީ އެގޮތަށް ފާހަގަކޮށްލެވޭ އެއްރަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

22 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!
16 ފެބުރުއަރީ 2017

މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ

16 ފެބުރުއަރީ 2017
މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް