Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޚިދުމަތްތައް ހޯދުމުގައި ކޮރަޕްޝަން ހިންގުން

"ރައްޓެހިންނަށް" ގުޅައިގެން މަސައްކަތް އަވަސްކޮށްދޭން ބުނުމުގެ ހުތުރު ސަގާފަތް ނިމުމަކަށް

ވަންގަވްގެ ދަށުން ޚިދުމަތް ދޭނީ ޚިދުމަތަށް އެދޭ ތަރުތީބުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 12 ޖުލައި 2023 | ބުދަ 13:49
ވަންގަވްއާއެކު ޚިދުމަތަށް އެދުން ފަސޭހަ

ވަންގަވްއާއެކު ޚިދުމަތަށް އެދުން ފަސޭހަ

އައިޑީ ކާޑު ހައްދަންވީތަ؟ އެވީ އައިޑީކާޑު ޔުނިޓުގައި ރައްޓެއްސަކު ހުރިތޯ ބަލަން! ވިޔަފާރިއެއް ރަޖިސްޓްރީ ކުރަނީތަ؟ އެ ވީ އިކޮނޮމިކް މިނިސްޓްރީގައި ގާތް މީހަކު ހުރިތޯ ބަލަން! ގޯތީގެ މަސައްކަތަކަށް ހުއްދަ ހޯދަންވީތަ؟ އެވީ ހައުސިން މިނިސްޓްރީގައި ދަންނަ މީހަކު ހުރިތޯ ބަލަން! މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ސަރުކާރުގެ ކޮންމެ ޚިދުމަތަކަށް އެދެމުން ވެސް ތިމާގެ ގާތް މީހަކު އެތާ ހުރިތޯ ބެލުން ވެފައި އޮންނަނީ އާއްމު ކަމަކަށެވެ.

ނުވިތާކަަށް، އެ ތަނެއްގައި ދަންނަ މީހަކު ނެތިއްޔާ، ވުޒާރާއެއްގައި ނޫނީ އެ ޚިދުމަތެއް ދޭ ވުޒާރާއެއްގައި އުޅޭ މީހަކު ދެކެފަރިތަ މީހަކު ހުއްޓަސް އެ މީހަކަށްވެސް މި ބީދައިން ގުޅާނެއެވެ. އެއީ އެ ޚިދުމަތެއް ހޯދަން ނޫނީ އަވަސްކޮށްދޭން އެދުމަށެވެ. އަދި އެ ހިސާބުން ނިމުނީކީ ނޫނެވެ. މިހެން ޚިދުމަތެއް އަވަސްކޮށްދޭން އެދުމުން އެކަމަށް ނޫނެކޭ ބުނެފިނަމަ ދެން އެ މީހަކުހާ ކަމުނުދާ މީހަކުވެސް ނުހުންނަނީއެވެ. ގާތް ތިމާގެ މީހުންނާއި ރަހުމަތްތެރިން ބުނާ މި ކަހަލަ ކަންކަން ކުރާ މީހާއަކީ އެންމެ ހެޔޮ، އެންމެންނަށް ކަމުދާ މީހަކަށް އޮންނަނީ ވެފައެވެ.

ވާނީވެސް އެހެންތާއެވެ! ޒަމާނުއްސުރެ ދިވެހިން ދެކެމުން އައި ސިސްޓަމަކީ ޚިދުމަތް ހޯދަން މާސިންގާ ދިގު ކިއޫގައި ޖެހެން ޖެހުމުގެ ސިސްޓަމެވެ. ކޮންމެ ޚިދުމަތަކަށް އެދުމަށް އައިޑީކާޑު ކޮޕީއާއި ދެންވެސް އެ އެދޭ ޚިދުމަތަަކަށް ބޭނުންވަންޏާ ބޭނުންވާހާ ލިޔެކިޔުމެއް ފޮޓޯކޮޕީ ނެގުމާއި ޕްރިންޓްކުރުމަކީ ވެސް ކުޑަ ކަމެއް ނޫނެވެ. އަދި ފަސޭހަ ކަމެއްވެސް ނޫނެވެ. ދެ އިދާރާއާ ގުޅުންހުރި ޚިދުމަތަކަށް އެދޭނަމަ އެއް އިދާރާއިން ހޯދަން އެދޭ ލިޔުމެއް ލިބޭއިރު އޮންނަނީ މުޅި ދުވަސް ގޮސްފައެވެ. އަނެއް އިދާރާއަށް ދާން އަނެއްކާވެސް އަނެއް ދުވަހު ރަސްމީ ގަޑިއަށް އިންތިޒާރުކުރަންވީއެވެ. އެއްވުޒާރާއިން އަނެއް ވުޒާރާއިން ދުވެ، ގަނަތެޅުމުގެ އާދައަކީ ވަރުބަލިކުރުވަނިވި، އެހާމެ މާޔޫސްކުރުވަނިވި އާދައެކެވެ. އެހެނަސް އޭރު އެ ނޫން ގޮތެއް ނެތެވެ.

ދެން އޮތީ ދެ ތިން ދުވަސް، ވުޒާރާ ނޫނީ އިދާރާގެ އެތެރޭގައި ހޭދަކޮށްގެން، އެއް ކައުންޓަރުން އަނެއް ކައުންޓަރުން ދުވެގެން، މައްސަލައެއް ނޫނީ ޚިދުމަތަކަށް އެދި ހުށަހެޅި ހިސާބުން ވާ ގޮތުގެ ވާހަކައެވެ. އެހިސާބުން އެދުނު ޚިދުމަތް ކުރިއަށްދޭތޯ ބެލުމަށްވެސް ގިނަ ފަހަރު ޖެހެނީ އެ ވުޒާރާއަށް ގުޅާށެވެ. ނޫނީ ޚިދުމަތަށް އެދުމަށް ހުށަހެޅި ލިޔުން ރިޖެކްޓް ވެއްޖެނަމަ އެ ޖެހުނީ އަނެއް ކަންތަކާއެވެ. އަނެއްކާވެސް އެއްކަލަ ކޮޕީތަކާއި ޕްރިންޓް ބޮނޑިވަރުތައް ހިފައިގެން، އަލުންބަލުން ހުރިހާ މަސައްކަތެއް ފަށަންވީއެވެ. ޚިދުމަތަކަށް އެދުމަކީ މިހާވެސް ތަކުލީފު ބޮޑުކަމެކެވެ.

ޒަމާނަށް އައި ބަދަލާާއެކު ދިވެހިން ސްމާޓް ދިރިއުޅުމަކަށް އާދަވެ, ކަންކަން ބަވަނަވެގެން އައިއިރުވެސް ވުޒާރާތައް އޮތީ އެތައް ހިސާބެއް ފަހަތުގައެވެ. އޮންލައިން ސިސްޓަމާއި، ޑިޖިޓަލް ދުނިޔެއެއްގައި ގިނަ ތަންތަން މަޑު ޖެހިފައިވަނީ ކަރުދާސް ފައިލްގެ އުނދަގުލުގައެވެ. މިއީ ޚިދުމަތް ދޭ މީހާއަށްވެސް ދިމާވާ ގޮންޖެހުމެކެވެ. އަދި އެއްކުރާ މައުލޫމާތުތައް ބެލެހެއްޓުމަކީވެސް ވަގުތާއި ހަކަތަ ހޭދަވާ، ބުރަ، ބޮޑު ނިޒާމެއްގެ ތެރޭގައި ފިތި ބާރުވެފައި އޮތް ކަމެކެވެ.

އެކަމަކު މި ކަހަލަ ކިތަންމެ ކަމަކަށް، ސަރުކާރުން ތައާރަފްކުރި ވަންގަވްއާއެކު ހައްލު ލިބޭނެކަމަށް ސަރުކާރުން ބުނެއެވެ. ފުރަތަމަ ކަމަކީ ވަންގަވް ސިސްޓަމްގެ ތެރެއިން ޚިދުމަތަށް އެދޭ މީހާއަށް މައުލޫމާތު ފުރިހަމަ ނުވެގެން އަލުން ފޯރމް ނޫނީ ހުށަހެޅުން ހުށަހެޅުމުގެ ބަދަލުގައި، އެ ނުބައިވި މައުލޫމާތު އެކަނި ރަނގަޅުކުރުމުގެ ފުރުސަތު ލިބުމެވެ. މިއީ ވަގުތު ސަލާމަތްވާނެ ކަމެއް ކަން ވަންގަވްގެ ޓީމުން ފާހަގަކުރެއެވެ.

ދެވަނަ ކަމަކީ ކައުންޓަރުތަކަށް ބޯދިއްކޮށްގެން، ކިއު ނަމްބަރު ނަގައިގެން ހޭދަކުރަމުން އައި ދިގު ވަގުތުތައް މާޒީކޮށްލުމެވެ. އެއީ ރަސްމީ ބަންދު ގަޑިތަކުގައިވެސް ޚިދުމަތް ލިބުމުގެ ފުރުސަތު ވަންގަވްއާއެކު ފަހިވުމުންނެވެ. ކޮންމެ ތަނަކުން ކޮންމެ ވަގުތަކުވެސް ޚިދުމަތަށް އެދުމުގެ ފުރުސަތު މިހާރު އެބައޮތެވެ. އެހެންވީމައި ޚިދުމަތަށް ނޭދެވިގެން މީހަކަށް ގުޅާކަށް ނުޖެހޭނެއެވެ. ދެން އޮތީ ޚިދުމަތަށް އެދި ހުށަހެޅުމުން ވާނެ ފަސޭހައެވެ. ޚިދުމަތަށް އެދުން ފަސޭހަވުމުގެ އިތުރުން، މިހާރު ޚިދުމަތަށް އެދުމުން އެކަން ކޮށްދޭނެ ނުވަތަ ޚިދުމަތް ލިބޭނެ ތާރީޚު އެބަ އެނގެއެވެ. އެކަންވެސް ފަސޭހަވީއެވެ. އަނެއްކާ މައްސަލައެއް ދިމާވެއްޖެނަމަ، އެކަންވެސް އެނގޭނެއެވެ. އެދުނު ޚިދުމަތް ޕްރޮސެސްވަމުންދާ ގޮތް ފެންނަން ހުންނާނެއެވެ.

މިއާއެކު ޚިދުމަތުގެ ސްޕީޑު އަވަސްވެ އެއްކަލަ ދަންނަ މީހަކު ނެތިގެން ޚިދުމަތް އަވަސްނުވާނެ ކަމަށް ގަބޫލުކުރާ ގަބޫލުކުރުމާ މަޑުމަޑުން ނަމަވެސް ފެޔަށް ޖެހެވޭނެއެވެ. ދަންނަ މީހަކު ނެތަސް އޮންލައިންކޮށް ޚިދުމަތަށް އެދެވޭނެއެވެ. ޚިދުމަތަށް އެދުމުން، ތިމާއަށްވުރެ ފަހުން ޚިދުމަތަށް އެދި ހުށަހަޅާ މީހާއަކީ ކިތަންމެ ނުފޫޒުގަދަ މީހަކަށް ވިއަސް، މި ސިސްޓަމްގެ ތެރެއިން އެ ޚިދުމަތް އަވަސްކޮށެއް ނުދެވޭނެއެވެ. އެކަން ކޮށްފިނަމަ، އެނގޭނެއެވެ. އެކަން ދެނެގަނެވޭނެއެވެ. މިއީ އިދާރާތަކުން ދޭ ޚިދުމަތްތައް ހަމަހަމަކަމާއެކު ދިނުމަށް ލިބޭ ފުރުސަތެކެވެ. އަދި އިދާރާތަކުގައި ހުންނަ އެންމެ އާދައިގެން ކަންކަމަށް ފާރަވެރިވެވޭނެ ނިޒާމެކެވެ.

ސިސްޓަމުން ބޭރުން މައްސަލަ ހުށަހެޅުމުގެ ފުރުސަތު ކުރިއަށް އޮތްތަނުގައި ލިބިގެނެއް ނުދާނެއެވެ. އެހެންކަމުން ނުފޫޒު ފޯރުވައިގެން، ބާރު އޮތީތީ އެހެންމީހުންނަށްވުރެ ކުރިން، ނުހައްގުން ކަންކަން ހާސިލްކުރުމަކީ ދެން ކުރެވޭނެ ކަމެއް ނޫނެވެ. އެފަދަ ކަމެއް ކޮށްފިނަމަ "ވަގު" ހިފޭނެ ނިޒާމަކަށް ވަންގަވްގެ ނިޒާމް ވެގެން އެބަދެއެވެ. އެހެންކަމުން ޚިދުމަތް އަވަސްކޮށްދޭން ދަންނަ މީހުންނަށް "ދެންނެވުން" ނިމުމަކަށް އައީއެވެ. ދެން ސިއްރުން އެހެން މީހުންނަށް ނޭނގޭނެހެން ހިންގި އަމަލުތައް ހުއްޓުނީއެވެ. ޚިދުމަތް ލިބޭނީ ޚިދުމަތަށް އެދޭ ތަރުތީބުންނެވެ. އެންމެން ހަމަހަމައެވެ. ޑިމޮކްރަސީއެއްގައި އެދޭފަދަ ހަގީގީ ދެ ފުށް ފެންނަ ނިޒާމެއް ގާއިމްކުރެވޭނީ މި ނިޒާމު އެކަށީގެންވާގޮތަށް ހިނގައި، ބޭނުން ހިފަން ފެށުމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެނޑިޑޭޓްގެ މަސައްކަތް ފެއްޓުން މުހިންމު!

ކެނޑިޑޭޓްގެ މަސައްކަތް ފެއްޓުން މުހިންމު!

07 ޑިސެމްބަރު 2017
މާލީ ވަޒީރަށް ދައުލަތުގެ މާލިއްޔަތު މަސައްކަތްކުރާ ގޮތް އެނގިލައްވާތޯ؟

މާލީ ވަޒީރަށް ދައުލަތުގެ މާލިއްޔަތު މަސައްކަތްކުރާ ގޮތް އެނގިލައްވާތޯ؟

19 ނޮވެމްބަރު 2017
ބަޖެޓާއިމެދު ބަސްބުނުމުގެ ހައްގު 60،000 އެއްހާ ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައި!

ބަޖެޓާއިމެދު ބަސްބުނުމުގެ ހައްގު 60،000 އެއްހާ ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައި!

19 ނޮވެމްބަރު 2017
ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ފެށުމަށް ހުއްދަ ދިނުމުގައި ސުވާލު އުފެދޭ ކަންތަކެއް!

ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ފެށުމަށް ހުއްދަ ދިނުމުގައި ސުވާލު އުފެދޭ ކަންތަކެއް!

26 އޮކްޓޯބަރު 2017
ހަނީފުގެ މަރު: " ހަނީފް މޫދަށް ގެނބުމުގެ ކުރިން އަންހެނުންގެ ސަލާމަތަށް މަސައްކަތް ކުރި"

ހަނީފުގެ މަރު: " ހަނީފް މޫދަށް ގެނބުމުގެ ކުރިން އަންހެނުންގެ ސަލާމަތަށް މަސައްކަތް ކުރި"

23 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު