Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާބާދީ ދުވަހުގެ ޖަލްސާ

ގަދަ މީހާ ގަދަވެ، ބަލި މީހާ ބަލިވާ ހަމަ މިހާރު ނެތި ހިނގައްޖެ - އަސްލަމް

11 ޖުލައި 2023 | އަންގާރަ 07:25

ބޯހިމެނުމާއި ގުޅޭ މައުލޫމާތުތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ނާއިބު ރައީސް ފައިސަލް ނަސީމާއި ޔޫއެންއެފްޕީއޭގެ ކަންޓްރީ ޑިރެކްޓަރ ކުންލީ އަޑެއެނީ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 11 ޖުލައި 2023 | އަންގާރަ 07:25
ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް

ގަދަމީހާ ގަދަވެ، ބަލި މީހާ ބަލިވާ ހަމަ މިހާރު ނެތި ގޮސްފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އާބާދީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިހާރު ގެންގުޅޭ ސިޔާސަތަކީ އެންމެން ހަމަހަމަކުރުމުގެ ސިޔާސަތުކަމަށެވެ. މިއަދުގެ ދުނިޔެއަކީ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަންކަން ކުރާ ދުނިޔެ އެއް ކަމަށާއި ބޯހިމެނުން ފަދަ ކަންކަން މުހިންމު ވަނީ އެ ސަބަބާއި ހުރެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިހާތަނަށް ދުނިޔެ އޮތީ ފިރިހެނުން ޑޮމިނޭޓް ކުރާ ނުވަތަ ލީޑްކުރަމުން އައި ތަނެއް ކަމަށާއި އެކަން ބަދަލުކުރަމުންދާ ކަމަށެވެ. މީގެ އިތުރުން ޖިންސީ ހަމަހަމަކަމުގެ ވާހަކަ ދައްކާއިރު ގިނައިން ދައްކަނީ އަންހެނުންގެ ހައްގުތަކުގެ ވާހަކަ ކަމަށާއި ސަބަބަކީ މިހާތަނަށް އައި އިރު އަންހެނުންނާއި ފިރިހެނުންނާއި ދެމެދު ގެންގުޅެމުން އައި ފަރަގުކަމަށް އަސްލަމް ވިދާޅުވިއެވެ. މިއީ ހަމައެކަނި ފިރިހެނުންގެ ދުނިޔެ އެއް ނޫން ކަމަށާއި މިހާރު ބަލައިގަންނަ ހަމައަކީ އެއީ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ 1800ގެ އަހަރުތަކުގައި ދުނިޔޭގެ އާބާދީއަކީ 1 ބިލިއަން ކަމަށާއި އޭރު އިންސާނުން ދުނިޔެ އަށް ބޮޑު އިންގިލާބެއް ގެނައި ކަމަށެވެ. އެއީ އިންޑަންސްޓްރިއަލް ރެވެލިއުޝަން ކަމަށާއި އެ ހިސާބުން އުފެއްދުންތެރިކަމާއި ސިއްޙީ ފަރުވާ ފަދަ ކަންކަން ވަރަށް ބޮޑަށް ފުޅާވެގެން ދިޔަކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެކަން އެންމެ ބޮޑަށް ފެނުނީ 1950ގެ އަހަރުތަކުގައި ކަމަށް އަސްލަމް ވިދާޅުވިއެވެ.

މިއަދު ދުނިޔޭގައި 8 ބިލިއަން މީހުން ތިބި އިރު، 117 ބިލިއަން މީހުން މިހާތަނަށް އުފަންވެފައިވާ ކަމަށް ދިރާސާ ކުރާ މީހުން ބުނާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ ފެނާއި، ބިމާއި ވައި ފަދަ ކަންކަމަކީ މިންތަކެއް ކަނޑައެޅިފައިވާ އެއްޗެހިތަކެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. އާބާދީގެ ދުވަހާއި މެދު ވާހަކަ ދައްކަން ޖެހެނީ ގުދުރަތީ ވަސީލަތްތައް ބޭނުން ކުރާ އިރު އިންސާނުން ދިރި ދިބުމަށް ދެމެހެއްޓެނެވި ގޮތެއްގައި މަސައްކަތް ކުރަން ޖެހޭކަން ޤަބޫލުކުރެވުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

ތިމާވެއްޓަށް މިހާރު އަންނަ ބަދަލުތަކަކީ އިންސާނުންނަށް އޮތް ނުރައްކަލެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިހާރު މުއްސަނދިންނާއި ފަގީރުންގެ މެދުގައި ހުރި ފަރަގު ބޮޑު ވެފައިވާ ކަމަށާއި މިއަދު ސާފު ބޯފެން ފޮދެއް ނުލިބޭ އެތައް ބަޔަކު ތިބި ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަންގާރަ ދުވަހު ވަނީ ބޯހިމެނުން 2023ގެ ނަތީޖާ އާއްމުކޮށްފައެވެ. ބޯހިމެނުމާއި ގުޅޭ މައުލޫމާތުތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ނާއިބު ރައީސް ފައިސަލް ނަސީމާއި ޔޫއެންއެފްޕީއޭގެ ކަންޓްރީ ޑިރެކްޓަރު ކުންލީ އަޑެއެނީއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް