Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިސަރުކާރުން ކޯލިޝަން ދެމެހެއްޓުން

މިސަރުކާރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ބޭނުންފުޅުވެވަޑައިގަންނަވާ ގޮތަށް މަޖިލީސް ވެސް ހިންގަވަމުން ގެންދަވާ: ރައީސް ސާލިހު

10 ޖުލައި 2023 | ހޯމަ 04:24

ކުރިއާ ހިލާފަށް މިއަދު ސިފައިން ވަދެ މަޖިލިސް ނުހުއްޓުވާ

އަމްނާ އިމާދު
އަމްނާ އިމާދު | 10 ޖުލައި 2023 | ހޯމަ 04:24
އާދިއްތަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ރައީސް ސާލިޙު ވާހަކަފުޅު ދައްކަވަނީ

އާދިއްތަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ރައީސް ސާލިޙު ވާހަކަފުޅު ދައްކަވަނީ

މި ސަރުކާރުގައި ސިޔާސީ ލީޑަރުން މިނިވަންކަމާއެކު ހަރަކާތްތެރިވެ، ރައްޔިތުން މަޖިލިސް ވެސް އެމަޖިލީހުގެ ރައީސް ބޭނުންފުޅުވެވަޑައިގަންނަވާ ގޮތަކަށް ހިންގަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ރައީސް ސާލިހު ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ގޮތް ނިންމާއިރު 2008 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް ރާއްޖޭގައި ކަންކަން ހިނގާފައިވާ ގޮތާއި މެދު ރަނގަޅަށް ވިސްނަން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ސާލިހު ވިދާޅުވީ 2008 ގައި އެމްޑީޕީ ސަރުކާރެއް އިންތިޚާބު ކުރީ ކޯލިޝަނަކާއެކު ކަމަށެވެ. ނަމަވެސް ކޯލިޝަން ދެމިގެންދިޔައީ އެންމެ 21 ދުވަހަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ސާލިހު ވިދާޅުވީ އޭރުގެ ސަރުކާރުގެ އުމުރު ހަމަނުވަނީސް ވެރިކަން ބަދަލުވި ގޮތާއި، ރާއްޖެއަށް ސިޔާސީ ގޮތުން އައި ހަލޮބޮލިކަމާއި ހަމަނުޖެހުމާމެދު ރައްޔިތުން ވިސްނަން ޖެހޭ ކަމަށެވެ.

2013ން 2018ށް ރައްޔިތުން އިންތިޚާބުކުރި ސަރުކާރަށް އިޝާރާތް ކުރައްވައި ރައީސް ސާލިހު ވިދާޅުވީ އެއީ ވެސް ކޯލިޝަން ސަރުކާރެއް ކަމަށެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކޯލިޝަން ރޫޅި، ރާއްޖެއަށް ކުރިމަތިލާން ޖެހުނީ ބިރުވެރިކަމާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ސާލިހު ވިދާޅުވީ ސިޔާސީ ބޭފުޅުންނާއި، ނޫސްވެރިންނާއި، ފަނޑިޔާރުންނާއި، ފަނޑިޔާރުގެއަށް އަދި ރައްޔިތުން މަޖިލިސް މެންބަރުން އެދުވަހު އުޅެންޖެހުނު ގޮތާމެދު ވިސްނާ ފިކުރު ކުރަންޖެހޭ ކަމަށެވެ.

މީގެ އިތުރުން ރައީސް ސާލިހު ވިދާޅުވީ މިސަރުކާރުގައި ސިޔާސީ ލީޑަރުން މިނިވަންކަމާއެކު ހަރަކާތްތެރިވާ ކަމަށާއި، ރައްޔިތުން މަޖިލީހުގެ ރައީސް ބޭނުންފުޅުވެވަޑައިގަންނަވާ ގޮތަށް މިއަދު މަޖިލީސް ވެސް ހިންގަވަމުން ގެންދަވާ ކަމަށެވެ. އަދި ކުރިއާ ޚިލާފަށް މިއަދު ސިފައިން ވަދެ މަޖިލިސް ނުހުއްޓުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ މި ފަސް އަހަރުގެ ސަރުކާރު ވެސް ރައްޔިތުން އިންތިޚާބު ކުރީ ކޯލިޝަނުން ކަމަށާއި، އެހެން ދައުރުތަކާއި ޚިލާފަށް ރައްޔިތުން ނިންމި ގޮތަށް މިއަދު ވެސް މި ކޯލިޝަން ދެމި އެބައޮތް ކަމަށެވެ. އަދި ވިދާޅުވީ މިއަދު ލިބޭ ހަމަޖެހުމާއި އަމާންކަމުގެ އެންމެ ބޮޑު ސިއްރަކީ ކޯލިޝަން މިގޮތަށް ދެމެހެއްޓުން ކަމަށެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

3

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

4

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް