Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ބައްސާމް ހުންނާކަށް ރައްޔިތުން ބޭނުމެއް ނުވޭ، އޭނާ ފެއިލް ވެއްޖެ: ސޮބާ

9 ޖުލައި 2023 | އާދީއްތަ 14:49

ފުޓުބޯޅައިގެ ކަންކަން ގޯސްވެފައިވާ ބޮޑު މަންޒަރު ފެނުނީ މި މަހު އިންޑިއާގެ ބެންގަލޫރުގައި ނިމުނު ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތާ ހަމައިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ޖުލައި 2023 | އާދީއްތަ 14:49
ޤައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި މިހާރު ކޯޗިންގައި މަސައްކަތް ކުރަމުން އަންނަ ސޮބާ

ޤައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި މިހާރު ކޯޗިންގައި މަސައްކަތް ކުރަމުން އަންނަ ސޮބާ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްކަމުގައި ބައްސާމް އަދީލް ޖަލީލް ހުންނަން ރައްޔިތުން ބޭނުންނުވާ ކަމަށް، ތަޖުރިބާކާރު ކޯޗު ސޮބާހު މުޙައްމަދު (ސޮބާ) ބުނެފި އެވެ.

ސޮބާ މިހެން ބުނީ "ސޭވް އެފްއޭއެމް"ގެ ނަމުގައި ފެށި ޙަރަކާތުގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. ޤައުމީ ޓީމަށް ވެސް ކުޅެފައިވާ މިހާރު ކޯޗިންގައި މަސައްކަތް ކުރަމުން އަންނަ ކޯޗު ބުނީ، ތަކުރާރުކޮށް ބައްސާމް ވަނީ ފެއިލްވެފައި ކަމަށެވެ. ސޮބާ ބުނީ ބައްސާމް އާއި އޭނާގެ ދަށުން މަސައްކަތް ކުރަން ތިބި މީހުންނަށް ވެސް ފުޓުބޯޅައިގެ ކަންކަން ނުކުރެވުނު ކަމަށެވެ. ސޮބާ ބުނީ ފުޓުބޯޅައިގެ ކަންކަން ގޯސްވަމުންދާކަން އިނގޭތާ ވެސް ވަރަށް ދުވަސްވެފައިވާ ކަމަށާއި، އަބަދު ދުރުދުރުން ތިބެގެން ނުވާނެ ކަމަށެވެ. ޚާއްސަކޮށް ބައިވަރު ކަންކަން ގޯސްވަމުން ދާ ކަމަށާއި، އެފްއޭއެމް ކުރީގައި ހިންގިއިރު ވެސް އެ މައްސަލަތައް އޮތް ކަމަށެވެ.

ނަމަވެސް ފުޓުބޯޅައިގެ ކަންކަން ގޯސްވެފައިވާ ބޮޑު މަންޒަރު ފެނުނީ މި މަހު އިންޑިއާގެ ބެންގަލޫރުގައި ނިމުނު ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތާ ހަމައިން ކަމަށް ސޮބާ ވަނީ ބުނެފަ އެވެ. ކުޅުންތެރިޔެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ސޮބާ ބުނީ، ކެރިއަރު ހުއްޓާލުމަށްފަހު ކޯޗިންގެ ތެރެއަށް އައި ފަހުން، ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެ މަންޒަރުތައް ފެންނަމުންދާ ކަމަށެވެ.

މީގެ އިތުރުން ސޮބާ ބުނީ، ފުޓުބޯޅައިގެ ކަންކަން ގޯސްވެގެން ކިތަންމެ ވަރަަކަށް އެވާހަކަ ދެއްކި ނަމަވެސް، ބައްސާމް އޭނާގެ އަތް ދަށަށް ކުލަބުތައް ލައިގެން އުޅޭ ނަމަ، ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން އެކަންކަން ރަނގަޅު ކުރެވޭނީ ރާއްޖޭގެ ކުލަބުތައް ހަރުދަނާވެގެންކަން ފާހަގަކޮށް ސޮބާ ބުނީ، ސަރުކާރުން އިސްނަގައިގެން ނަމަވެސް ކުލަބުތަކާއެކު މަޝްވަރާ ކުރަން ޖެހޭ ކަމަށެވެ.

ފުޓުބޯޅައިގެ ކަންކަން ރަނގަޅު ކުރުމަށް "ސޭވް އެފްއޭއެމް"ގެ ނަމުގައި ފެށި ހަރަކާތުގައި އިސްކޮށް ހުންނެވީ ޤައުމީ ޓީމުގެ ކުރީގެ މެނޭޖަރު އިބްރާޙީމް އާމިރު (ސަލްސާ އާމިރު) އެވެ. މީގެ އިތުރުން އެފްއޭއެމްގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ ހާމިދު ޢަބްދުލް ޣަފޫރު، އެފްއޭއެމްގެ ކުރީގެ ހިންގާ ސެކްރެޓަރީ ޙުސެއިން ރަޝީދު އަދި ފުޓުބޯޅައިގެ އެކި ފެންވަރުގައި މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރުން މި ހަރަކާތުގައި ހިމެނެ އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

02 މެއި 2017

ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ

02 މެއި 2017
ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ
11 އެޕްރީލު 2017

ކުރިއަށް އޮތީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު، ފަރިތަކުރުންތަކުގައި ލެވަންޑޯވްސްކީ ބައިވެރި ނުވޭ!

11 އެޕްރީލު 2017
ކުރިއަށް އޮތީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު، ފަރިތަކުރުންތަކުގައި ލެވަންޑޯވްސްކީ ބައިވެރި ނުވޭ!
09 އެޕްރީލު 2017

ކްލަބް މޯލްޑިވްސް ކަޕް އޮފް ސީޒަނުގައި ބާއްވަން ހުށަހަޅާނަން: ބައްސާމް

09 އެޕްރީލު 2017
ކްލަބް މޯލްޑިވްސް ކަޕް އޮފް ސީޒަނުގައި ބާއްވަން ހުށަހަޅާނަން: ބައްސާމް
04 އެޕްރީލު 2017

އަތޮޅު މުބާރާތުގެ ގަދަ ހަތަރަކަށް ސްޕޮންސަރުން ހަމަޖެހޭނެ: ބައްސާމް

04 އެޕްރީލު 2017
އަތޮޅު މުބާރާތުގެ ގަދަ ހަތަރަކަށް ސްޕޮންސަރުން ހަމަޖެހޭނެ: ބައްސާމް
03 އެޕްރީލު 2017

ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމެއް، އެހެނަސް ޖެހިލުމެއް ނުވޭ: ސެކުލޮސްކީ

03 އެޕްރީލު 2017
ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމެއް، އެހެނަސް ޖެހިލުމެއް ނުވޭ: ސެކުލޮސްކީ
13 މާރިޗު 2017

މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ

13 މާރިޗު 2017
މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ
26 ފެބުރުއަރީ 2017

ކްލަބްތަކާ އެކު ކުންފުނިތަކުން ސޮއިކުރާނީ އަންނަ ހަފްތާގައި: ބައްސާމް

26 ފެބުރުއަރީ 2017
ކްލަބްތަކާ އެކު ކުންފުނިތަކުން ސޮއިކުރާނީ އަންނަ ހަފްތާގައި: ބައްސާމް
11 ފެބުރުއަރީ 2017

ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް

11 ފެބުރުއަރީ 2017
ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް
23 ޖެނުއަރީ 2017

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް