Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ދައުލަތުން ފޯރުކޮށްދޭންޖެހޭ އެތައް ކަމެއް ލަސްވެގެންދިޔައީ މަޖިލިސް ނުހިނގާތީ: ޝަރީފް

8 ޖުލައި 2023 | ހޮނިހިރު 07:58

މިކަންކަން ހައްލުވާނީ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުމުން ދޭން އޮންނަ ފަސް އަހަރުގެ އަދަބު، ކޯޓުތައް މެދުވެރިކޮށް ދީގެންކަމަށް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 8 ޖުލައި 2023 | ހޮނިހިރު 07:58
މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް

މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް

ދައުލަތުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެތައް ކަމެއް ލަސްވެގެންދިޔައީ ރައްޔިތުންގެ މަޖިލިސް ނުހިނގާތީ ކަމަށް، އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ"ގެ ސިޔާސީ ވެށި ޕްރޮގްރާމުގައި މަޖިލީހުގެ ހާލަތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ޝަރީފު ވިދާޅުވީ، ޖަލްސާތައް ބޭއްވިނަމަވެސް މަޖިލީހުގައި ހުރި މުހިންމު މަސައްކަތްތައް އެއްފަރާތް ކުރުމަށްފަހު، ތަޅުމަށް ހުށަހަޅާ ގަރާރަކަށް ނުވަތަ މައްސަލައަކަށް އިސްކަންދޭކަން އެ ޖަލްސާތައް ބަލާ ކޮންމެ މީހަކަށްވެސް އެނގޭނެ ކަމަށެވެ. މީގެ ސަބަބުން އެއްވެސް ނަތީޖާއެއް ނުކުންނަ ކަމަށާއި، މިއީ ރައްޔިތުންގެ ކުރިމަތީގައި ސަރުކާރުގެ އަގު ވައްޓާލުމުގެ މަގުސަދުގައި ކުރާ ކަމެއް ކަން އޭނާ ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ޝަރީފު ވިދާޅުވީ ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި މި ކަންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އެމްޑީޕީގެ އިސްވެރިއެއްގެ މަގާމުގައި ހުންނެވުމުން، ޕާޓީއަށް ނިސްބަތްވާ ގިނަ މެމްބަރުންނަށް ފިޔަވަޅު އަޅުއްވަން ކެރިވަޑައިނުގަތީ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން، މެމްބަރުން އެއް އިންޗި ދޫކުރައްވައިފިނަމަ އެއް ފޫޓަށް ދަންމަވައި ވާންކުރައްވަމުން ނަޝީދު ގެންދެވިކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގައި ސަރުކާރާމެދު ރައްޔިތުންގެ އިތުބާރު ގެއްލުވާލުމަށް ކުރި މަސައްކަތުގެ ސަބަބުން ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާކަން ޝަރީފު ފާހަގަކުރެއްވިއެވެ. އެގޮތުން، ގައުމު ބަނގުރޫޓުވެއްޖެ ކަމަށް އިއުލާން ކުރަންޖެހޭ ކަމަށް މަޖިލީހުގެ ރައީސް ނަޝީދު ވަކާލާތު ކުރެއްވި ކަމަށާއި، އޭގެ ސަބަބުން ސަރުކާރަށް އެކި ގޮތްގޮތުން މާލީ އެހީތެރިކަން ފޯރުކޮށްދޭން ތިބި ބޭރުގެ ފަރާތްތައް ވެސް ކަންބޮޑުވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮވިޑުގެ ތެރޭގައި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި ބޭނުންވާ ހުއްދަތައް ލަސްކުރުމަށް ނަޝީދު މަސައްކަތް ކުރެއްވިކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ މިކަން ހައްލު ކުރެވޭނީ އެހެން ފަރާތްތައްވެސް މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުމުން ދޭން އޮންނަ ފަސް އަހަރުގެ އަދަބު ކޯޓުތައް މެދުވެރިކޮށް ދީގެން ކަމަށެވެ. އެ ފިޔަވަޅު އަޅަން ނުކެރޭނަމަ މަޖިލީހުގެ ތެރެއިން ދިމާވާ ދަތިތައް ހައްލު ނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
12 ފެބުރުއަރީ 2017

މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

12 ފެބުރުއަރީ 2017
މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ
11 ފެބުރުއަރީ 2017

މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު

11 ފެބުރުއަރީ 2017
މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް